އަފްޣާނިސްތާނާއި އިރާގުން އިތުރު ސިފައިން ބޭލުމަށް ޓްރަމްޕު ނިންމަނީ

ދިގުދެމިގެންދާ ހަނގުރާމަތަކުގައި ބައިވެރިވުމާއި، ބޭރުގައުމުތަކުގައި އެމެރިކާގެ ސިފައިން ތިބޭތިބުމަށް އެމެރިކާގެ ރައީސް ފާޑުވިދާޅުވަމުން ގެންދަވާތާ އެތަކެއް ދުވަސް ވެއްޖެއެވެ.  އެމެރިކާގެ މިލިޓަރީން އުއްމީދުކުރަނީ ޖަނަވަރީ 20 ވަނަދުވަހު ކޮމާންޑަރ އިން ޗީފު ވައިޓު ހައުސްއިން ނުކުމެ ވަޑައިގަތުމުގެ ކުރިން އަފްޣާނިސްތާނާއި އިރާގުން އިތުރު ސިފައިން ބޭލުމަށް ރައީސް ޑޮނަލްޑު ޓްރަމްޕު އަމުރުކުރައްވާނެކަމަށެވެ.  ސީ.އެން.އެން ރިޕޯޓުތައް ބުނާގޮތުން، މިހަފްތާގެ ތެރޭގައި ޓްރަމްޕުގެ އަމުރު ނެރޭނެކަމަށް ބެލެވޭއިރު، ޕެންޓަގަނުން ވަނީ މިހާރު ”އިންޒާރުގެ އަމުރު“ ގެ ނަމުގައި ނޯޓިސްއެއް ނެރެފައެވެ.  […]

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ވާގޮތުން، މިމުބާރާތް ކުރިޔަށް ގެންދާނީ ދެ ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ މުޖައްވިދުކޮށް ކިޔެވުމުގެ ބަޔާއި ޙަދަރުކޮށް (ކުރު ރާގު) ކިޔެވުމުގެ ބައެވެ. އަދި މި މުބާރާތް ކުރިޔަށް ގެންދެވޭނީ އެހެން މުބާރާތްތަކާއި ޚިލާފަށް ބަލައިގެން ކިޔެވުމަށް ޚާއްސަ ކޮށްގެން ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. މިމުބާރާތުގެ އޮޑިޝަން މިދިޔަ […]

މާޗު 6ގައި ކައުންސިލް އިންތިޚާބު ބާއްވަނީ

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން 2021ވަނަ އަހަރަށް ލަސްކުރި ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު 2021ވަނަ އަހަރުގެ މާޗުމަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ރޭގެ ”ފަލަ ސުރުހީ“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައެޅުން ހާއްސަ ޤާނޫނުން ލާޒިމްކުރަނީ، ކޮވިޑާއި ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު […]

ޝާހިދު އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސަކަށް ވުމަކީ ތުރުކީގެ ޚާރިޖީ ސިޔާސަތަށް އޮތް ނުރައްކަލެއް.

ދިވެހިރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައޫދީ އަރަބިއްޔާއާއި އިންޑިއާއިން ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސަކަމަށް 2021 ވަނައަހަރު ގެނައުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.  މީޑިއާތަކުން  ރިޕޯޓުކޮށްފައިވާ ގޮތުގައި ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާގެ ސްޓޭޓު މިނިސްޓަރު ޢަބްދުލް ބިން އަހްމަދު އަލް ޖުބައިރު ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސެއް ހޮވުމަށް ބާއްވާ އިންތިޚާބުގައި  ދިވެހިރާއްޖެއަށް ތާއީދުކުރާނެ ކަމަށެވެ. […]

އިންޑިއާގައި އަނެއްކާވެސް ކުޑަ ކުއްޖަކު ރޭޕްކޮށް މަރާލައިފި

އިންޑިއާގައި އަނެއްކާވެސް ކުޑަ އަންހެން ކުއްޖަކު ރޭޕް ކޮށްލުމަށްފަހު އެކުއްޖާ މަރާލާފައި ޖަންގަލީގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ. މިފަހަރު ރޭޕްކޮށް މަރާލައިފައި އޮއްވައި ފެނުނީ އުމުރުން ފަސްއަހަރުގެ ތުއްތު ކުއްޖެކެވެ. އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އިންޑިއާގެ އޮޑިއްސާ ސްޓޭޓްގައި އަންހެން ކުއްޖަކު ގެއްލިގެން އާއިލާ އިން އެކުއްޖާ ހޯދުމުގެ މަސައްކަތް ފެށީ ބުރާސްފަތި ދުވަހު ފެށިކަމަށެވެ. އަދި އެކުއްޖާ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ ހުކުރު ދުވަހު ކަމަށެވެ. އަންހެން […]

ސުކޫކު އިޝޫކުރުމަށް ދަރުމަވަންތަ ބޭނުންކުރުމަކީ ޖަރީމާއެއްކަމަށް ޑރ ޖަމީލް ވިދާޅުވެއްޖެ

ސުކޫކު އިޝޫކުރުމަށް ދަރުމަވަންތަ ބޭނުންކުރުމަކީ ޖަރީމާއެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ ޖަމީލް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ އެންމެ ފުރަތަމަ ނައިބ ރައީސް ޑރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ އެސެޓް ބޭސްޑް ފައިނޭންޝަން އިންސްޓްރޫމެންޓެއް އިޝޫ ކުރަން އުޅޭތީ، މިހާރު ސޮވެރިން ގެރެންޓީވެސް ގަބޫލު ނުކުރާ ހިސާބަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދިޔައީތޯ ސުވާލު އުފައްދަވައިފަ އެވެ. ޖަމީލް ވިދާޅުވީ ”ދަރުމަވަންތަ ވިއްކަނީ“ ރާއްޖެ ހަގީގަތުގައިވެސް ބޭންކްރަޕްޓު ވީމާ ކަމަށެވެ. އަދި އެކަން އޮޅުވާ […]

މޮޑާނާގެ ވެކްސިން 95އިންސައްތަ ކާމިޔާބު ކަމަށް ބުނެފި

އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ކޮވިޑް-19 އިން ދިފާޢުވާ ވެކްސިން، 95 އިންސައްތަ ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެފި އެވެ. މޮޑާނާގެ ވެކްސިން ކާމިޔާބު ކަމަށް ހާމަކުރި އިރު، އެމެރިކާގެ އެހެން ކުންފުންޏެއް ކަމަށްވާ ފައިޒާ ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ 90 އިންސައްތަ ކާމިޔާބު ކަމަށް ވަނީ ބުނެފަ އެވެ.. މޮޑާނާ އިން ބުނީ މިއީ މުހިންމު ދުވަހެއް ކަމަށާއި ވެކްސިނަށް ހުއްދަ ހޯދުމަށް ކުރިއަށް އޮތް ހަފުތާތަކުގައި ހުށަހަޅާނެ ކަމަށެވެ. މޮޑާނާގެ […]

ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަޞްދަރަކީ އިސްލާމްދީން ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެ

މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ މިއަދު މުނާސަބު ކުރަމުން މިދާ، ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން އެމަނިކުފާނު ކުރެއްވެވި ޓްވީޓެއްގައެވެ. މިޓްވީޓްގައި ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ. އިސްލާމްދީނުގެ ނޫރު އަބަދަށް މެ މި ފަސްގަނޑުގައި ދެމެހެއްޓުމަށް އެދި މިޓްވީޓުގައި ދުޢާ ކުރައްވާފައިވެސް ވެއެވެ. ”މި ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ […]

ރައީސް ޞާލިޙްގެ ހޯރަފުށީ ދަތުރުފުޅު މާދަމާ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހއ ހޯރަފުއްޓަށް މާދަމާ ދަތުރުފުޅެއް ކުރައްވަން ހަމަޖައްސަވައިފިއެވެ. މިދަތުރު ފުޅަކީ މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓު ހުޅުވައި ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅު ފުރަތަމަ ކުރައްވަން ހަމަޖެހިފައިއޮތީ މިއަދު ކަމަށް ވިޔަސް މިދަތުރުފުޅު މިވަނީ މާދަމައަށް ފަސްކުރައްވައިފައެވެ.   ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސްގެ ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. މިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހޫދު ވިދާޅުވީ މޫސުމާ ބެހޭ އިދާރާ […]

ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ، އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއް ކަމަށްވެސް ދެކިގެން: ރައީސް އިބްރާހީމް

ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ، އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއް ކަމަށްވެސް ދެކިގެން ކަމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ކަޅުވަކަރު މިސްކިތާއި މިސްކިތް ވަށައިގެން އޮންނަ ޕާރކް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން ސަލާމަތްވުމަށްޓަކައި، މި އަންނަ އަހަރުގެ ތެރޭގައި އިޤްތިޞާދީ ދާއިރާތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ރާއްޖޭގައި ޘަޤާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެ ގޮތަކާމެދު ވިސްނުން ބެހެއްޓުމަކީ މުހިންމު […]