ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

Loading

Facebook
Twitter
WhatsApp

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ވާގޮތުން، މިމުބާރާތް ކުރިޔަށް ގެންދާނީ ދެ ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ މުޖައްވިދުކޮށް ކިޔެވުމުގެ ބަޔާއި ޙަދަރުކޮށް (ކުރު ރާގު) ކިޔެވުމުގެ ބައެވެ. އަދި މި މުބާރާތް ކުރިޔަށް ގެންދެވޭނީ އެހެން މުބާރާތްތަކާއި ޚިލާފަށް ބަލައިގެން ކިޔެވުމަށް ޚާއްސަ ކޮށްގެން ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

މިމުބާރާތުގެ އޮޑިޝަން މިދިޔަ ހޯމަ ދުވަހު ފަށާފައިވާއިރު، އޮޑިޝަން ކުރިޔަށް ދާނީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އާއި ހަމައަށެވެ. އަދި މުބާރާތުގެ ފައިނަލް ބުރު ކުރިޔަށް ދާނީ އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ވަނީ ހުޅުވާލެވިފައެވެ.

ރެޖިސްޓްރޭޝަން ލިންކް:

https://portal.nchq.gov.mv/

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް