އަފްޣާނިސްތާނާއި އިރާގުން އިތުރު ސިފައިން ބޭލުމަށް ޓްރަމްޕު ނިންމަނީ

Loading

Facebook
Twitter
WhatsApp

ދިގުދެމިގެންދާ ހަނގުރާމަތަކުގައި ބައިވެރިވުމާއި، ބޭރުގައުމުތަކުގައި އެމެރިކާގެ ސިފައިން ތިބޭތިބުމަށް އެމެރިކާގެ ރައީސް ފާޑުވިދާޅުވަމުން ގެންދަވާތާ އެތަކެއް ދުވަސް ވެއްޖެއެވެ. 

އެމެރިކާގެ މިލިޓަރީން އުއްމީދުކުރަނީ ޖަނަވަރީ 20 ވަނަދުވަހު ކޮމާންޑަރ އިން ޗީފު ވައިޓު ހައުސްއިން ނުކުމެ ވަޑައިގަތުމުގެ ކުރިން އަފްޣާނިސްތާނާއި އިރާގުން އިތުރު ސިފައިން ބޭލުމަށް ރައީސް ޑޮނަލްޑު ޓްރަމްޕު އަމުރުކުރައްވާނެކަމަށެވެ. 

ސީ.އެން.އެން ރިޕޯޓުތައް ބުނާގޮތުން، މިހަފްތާގެ ތެރޭގައި ޓްރަމްޕުގެ އަމުރު ނެރޭނެކަމަށް ބެލެވޭއިރު، ޕެންޓަގަނުން ވަނީ މިހާރު ”އިންޒާރުގެ އަމުރު“ ގެ ނަމުގައި ނޯޓިސްއެއް ނެރެފައެވެ. 

ނެރެންއުޅޭ އަމުރުގައި ބުނާނެކަމަށް ބެލެވެނީ ޖަނަވަރީ 15 ގެ ކުރިން އަފްޣާނިސްތާނާއި އިރާގުގައި ތިބި ސިފައިންގެ ޢަދަދު 2500 އަށް ތިރި ކުރުމަށެވެ. މިވަގުތު އަފްޣާނިސްތާނުގައި 4500 ސިފައިން ތިބިއިރު، އިރާގުގައި 3000 ސިފައިން އެބަތިއްބެވެ. 

މިގޮތަށް މިކަން ތަންފީޒު ވެއްޖެނަމަ، ޓްރަމްޕުގެ މި ނިންމުން ވެގެންދާނީ ޑިފެންސް ސެކެއްޓަރީ މާކް އެސްޕާ މަގާމުން ދުރުކުރިތާ ހަފްތާއެއްގެ ފަހުން ނިންމާ ނިންމުމަކަށެވެ. މާކް އެސްޕާ އަކީ މިދެގައުމުގައި ބައެއް ކަންކަން ހާސިލު ނުވަނީސް، މިދެގައުމުން ސިފައިން ބޭލުމާއި ދެކޮޅު ބޭފުޅެކެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް