ޓެކްސީއެއްގެ ތެރެއިން ބަނގުރާފުޅިތަކެއް އަތުލައިގަނެފި!

ހުޅުމާލޭގައި ޕާކްކޮށްފައި އޮތް ޓެކްސީއެއްގެ ތެރެއިން ގިނައަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުން އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ރޭ ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ރޭ ހިންގި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލެ 102 ފްޕެޓް ސަރަހައްދުގައެވެ. ފުލުހުންވަނީ ގިނައިރުތަކެއް ވަންދެން އެސަރަހައްދު ބަންދުކޮށް އެތަން ބަލާ ފާސް ކޮށްފައެވެ. މި އޮޕަރޭޝަންގެ ތެރެއިން އެސަރަހައްދުގައި އޮތް ޓެކްސީއަކުން ގިނަ އަދަދެއްގެ ބިޔަރު ދަޅާއި ބަނގުރާ ފުލުހުންވަނީ ހޯދައިފައެވެ. މިތަކެތި ހޯދުމަށް […]

މޫދުގައި މަރުވެފައި އޮށްވާ ފެނުނު ޒުވާނާއޮތީ މަރާލާފައި ކަމަށް ތުހުމަތުކޮށް ތަޙުޤީޤު ފަށައިފި!

އިއްޔެ ހެނދުނު އައިޖީއެމްއެޗާއި ދިމާލުން މޫދުގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާއޮތީ މަރާލައިފާ ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަޙުޤީޤު ކުރަން ފަށައިފިއެވެ. އިއްޔެ ހެނދުނު 10:40 ހާއިރު މަރުވެފައި އޮއްވާ ފެނިފައިވަނީ ގދ.ވާދޫ އަށް ނިސްބަތްވާ 31 އަހަރުގެ ޒުވާނެއް ކަމަށްވާ ސިދުރަތުﷲ އަޙްމަދެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އެސަރަހައްދުގައި އުޅުނު ޑައިވަރުންތަކަކަށް ކަމަށް ޢާއިލާގެ ފަރާތުން ބައެއް ނޫސްތަކަށް މަޢުލޫމާތު ދީފައިވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އޭނާ މަރުވެފައި އޮތް އިރު އޭނާގެ […]

މެލޭޝިއާގެ އިނދިކޮޅު ލީޑަރު ވިދާޅުވަނީ އިމަޖެންސީ ބާރުތަކެއް ހޯދަން އުޅުމަކީ ސަރުކާރު ފެއިލްވެފައިވާ ކަމުގެ ނިޝާނެއް ކަމަށް،

 އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ތުހުމަތު ކުރައްވާ ގޮތުގައި ޕެރިކަޓަން ނޭޝެނަލް ފެޑެރަލް ސަރުކާރަކީ ނާގާބިލު ސަރުކާރެކެވެ.  ކޮވިޑު-19 އާއި ކުރިމަތިލުމަށް އިމަޖެންސީ ބާރުތަކެއް ހޯދަން މަސައްކަތް ކުރާކަމަށް ގިނަބަޔަކު ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.  އަންވަރު ވިދާޅުވާ ގޮތުން އޭޝިއާގެ އެހެން ހުރިހާ ގައުމަކުން ބަލަމުންދަނީ މި ބަލިމަޑުކަން މެނޭޖުކޮށް އިގުތިސާދު އަލުން ހުޅުވާލެވޭތޯއެވެ. އެހެންނަމަވެސް މެލޭޝިއާ ދަތުރުކުރަމުންދަނީ އަނެއް މިސްރާބަށެވެ.  ”ކުއްލި ނުރައްކަލުގެ ހާލަތު އާންމުކޮށް އިއުލާންކުރަނީ ގައުމީ ސަލާމަތަށް ނުރައްކާ ވާ ހާލަތްތަކުގައެވެ. އެހެންނަމަވެސް، […]

މެލޭޝިއާގެ ބޮޑުވަޒީރު އިމަޖެންސީ ބާރުތަކެއް ހޯއްދަވަނީ

ކޮވިޑު-19 ގެ ބަލިމަޑުކަން އާދަޔާ ޚިލާފަށް އިތުރު ވަމުން ދިއުމާއި، ސިޔާސީ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި، ކުއްލި ނުރައްކަލުގެ ހާލަތު މެލޭޝިއާގައި ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޚަބަރު ލިބެއެވެ. އިނދިކޮޅުން ދަނީ ކޮވިޑު-19 ހުއްޓުވުމަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ބޭނުންކުރަން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަމުންނެވެ.  ބޮޑުވަޒީރު ތަން ސްރީ މުހުޔިއްދީން ޔާސީން މިކަމަށް ތާއީދު ހޯދުމުގެ ގޮތުން ހުކުރުދުވަހުގެ ހަވީރު މެލޭޝިއާގެ ރަސްގެ ފާނާއި ބައްދަލުކުރުމަށް ވަފުދެއް ފޮނުއްވާފައިވާ ކަމުގައި ޚަބަރު ލިބެއެވެ.  ރަސްގެފާނާއެކު […]

ކުރީގެ ރައީސް ޔާމީންގެ ޚިޔާނާތުގެ ޑުރާމާ ޝަރިޢަތް

ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިވަނީ މިދާކަށްދުވަހު ޙުކުމްކޮށްފައެވެ. އިސްލާމިކް ބޭންކުގައި ކުރީގެ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނިކޮށް، މިދިޔަ އަހަރުގެ މާޗު މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ވަނީ ދޫކޮށްލައިފަ އެވެ. އެއީ ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރައާތު ފުރިހަމަ ނުކޮށް، އެ އަމުރު ނެރެފައިވާތީ ކަމަށްވާތީއެވެ. […]

ކޯވިޑް19: އިއްޔެ އިތުރު 42 މީހަކު ބައްޔަށް ފައްސިވެއްޖެ!

   ރާއްޖެއިން ކޯވިޑް19 އަށް އިތުރު 42 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 05 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 37 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.     އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 27 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 15 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.     އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11,358 އަށް އަރައިފައެވެ. އޭގެ ތެރޭގައި، […]

ޙާލަތު ގޯސްވެ ގްރީސްގައި ކާފިއު އިޢްލާނު ކޮށްފި

ކޮވިޑް-19 ފެތުރުން ހަލުވިވެ ޙާލަތު ގޯސްވުމާއި ގުޅިގެން ގްރީސްގައި ކާފިއު އިޢްލާނު ކޮށްފިއެވެ. ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކާފިއު ހިންގަން ނިންމާފައިވަނީ ގްރީސްގެ އެންމެ ނުރައްކާ ބޮޑުވެފައިވާ ސަރަޙައްދުތަކުގައި އެކަންޏެވެ. މި ސަރަޙައްދުތަކުގައި ކާފިއު ހިންގަން ނިންމާފައިވަނީ ރޭގަނޑުގެ ވަގުތުތަކުގައި އެކަންޏެވެ. ގްރީސްގައި ކާފިއުއާއި އެކު ފުރަބަންދުގެ ފިޔަވަޅުތައް ޤާއިމްކޮށްފައިވާކަން އިއުލާނުކުރައްވަމުން އެޤައުމުގެ ބޮޑުވަޒީރު، ކީރިއާކޯސް މިޓްސޮތާކިސް ވިދާޅުވެފައި ވަނީ، ނުރައްކާ އެންމެ ބޮޑު ސަރަޙައްދުތަކުގައި ހަރުކަށި […]

ހިޔާ ފްލެޓްތަށް މަރޗް މަހު ހަވާލުކުރަން މަސައްކަތް ކުރަނީ

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް އަންނަ މަރޗް މަހު ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވެފައިވަނީ 25 ބުރީގެ ޓަވަރުތަކުގައި މިހާރު ކުރަނީ ތަޅުން އެޅުމުގެ މަސައްކަތްކަމަށެވެ. އަދި އެއީ، ކުރަން ހުރި އެންމެ ފަހުގެ މަސައްކަތް ކަމަށާއި ކަރަންޓާއި ފެން ވައިރުކޮށް ފެބްރުއަރީގެ ނިޔަލަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތާ އެކު ޕާކިން އާއި ލޭންޑް ސްކޭޕިންގެ މަސައްކަތް […]

މިނިސްޓަރ ނަސީމުގެ ޤާބިލު ކަމާއިމެދު ކުރީގެ މިނިސްޓަރ ދުންޔާ ސުވާލު އުފައްދަވައިފި

އިއްޔެ ހެލްތު މިނިސްޓަރގެ މަޤާމަށް އައްޔަނު ކުރެވުނު އަޙްމަދު ނަސީމުގެ ޤާބިލު ކަމާއިމެދު ކުރީގެ ފޮރިން މިންސްޓަރ، ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން ސުވާލު އުފައްދަވައިފިއެވެ. ހެލްތް މިނިސްޓަރ ނަސީމުގެ ޤާބިލުކަމާއި މެދު ދުންޔާ ސުވާލު އުފައްދަވައި ފައިވަނީ އެކަމަނާ ކުރެއްވެވި ޓުވީޓެއްގައެވެ. މިކަމާއި ގުޅޭގޮތުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ މި ޙާލަތުގައި ކުއްލި ގޮތަކަށް ހެލްތު މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށް މިނިސްޓަރ ނަސީމަކީ އެކަށީގެންވާ ބޭފުޅެއްކަމާއި މެދު ސުވާލު އުފެދޭ […]

ހެލްތު މިނިސްޓަރަކަށް އަޙްމަދު ނަސީމު ހަމަޖައްސަވައިފި

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ކަމުގައި ހުންނެވި އަޙްމަދު ނަސީމު ހެލްތު މިނިސްޓަރަކަށް ހަމަޖައްސަވައިފިއެވެ. ހެލްތް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ އަމީން އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނަސީމް، އެ މަގާމަށް ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި ނަސީމަށް އެ މަޤާމުގެ ފަތްކޮޅު އިއްޔެގެ ވަގުތެއްގައި އަރުވާފައިވާ ކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވިއެވެ. ހެލްތް މިނިސްޓަރު ކަމުން އަމީން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ […]