ހިޔާ ފްލެޓްތަށް މަރޗް މަހު ހަވާލުކުރަން މަސައްކަތް ކުރަނީ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް އަންނަ މަރޗް މަހު ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވެފައިވަނީ 25 ބުރީގެ ޓަވަރުތަކުގައި މިހާރު ކުރަނީ ތަޅުން އެޅުމުގެ މަސައްކަތްކަމަށެވެ. އަދި އެއީ، ކުރަން ހުރި އެންމެ ފަހުގެ މަސައްކަތް ކަމަށާއި ކަރަންޓާއި ފެން ވައިރުކޮށް ފެބްރުއަރީގެ ނިޔަލަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތާ އެކު ޕާކިން އާއި ލޭންޑް ސްކޭޕިންގެ މަސައްކަތް ކުރިއަށް ދާކަމަށްވެސް ސުހައިލް ވިދާޅުވިއެވެ.
މި ސަރުކާރުން ކުރިން ނިންމީ ފިނިޝިން މަސައްކަތްތައް ވެސް ނިންމައި ފްލެޓްތައް ހަވާލުކުރާށެވެ. އެކަމަކު، އެކަމަށް ވަގުތު ނަގާނެކަމަށް ބަލައި، އަދި ފްލެޓްތަކުގެ ކުލި ވެސް ބޮޑުވާނެތީ ފަހުން ވިސްނުން ބަދަލުކޮށް ކުރީގެ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ފިނިޝިން ނުނިންމައި ފްލެޓްތައް ހަވާލުކުރުމަށް މިހާރުވަނީ ނިންމަވައިފައެވެ.
ސުހެއިލް ވިދާޅުވި ގޮތުގައި ފިނިޝިން ނިންމުމަށް ފްލެޓް ލިބޭ މީހުންނަށް މުއްދަތެއް ދޭނެ އެވެ. އެ މުއްދަތުގައި، ކުލި ނުނެގުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރުން ބުނެފައި ވަނީ ދެ ކޮޓަރީގެ އެ ފްލެޓްތަކުގެ މަހު ކުލި 7،000ރ. އަށް ވުރެން ބޮޑު ނުވާނެ ކަމަށެވެ.
ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯ ޙާއްސަކޮށްފައި ވަނީ ވިޔަފާރިތަކަށެވެ. އަންނަ މަހުގެ ތެރޭގައި، އެތަންތަނަށް ކުރިމަތިލާން އިއުލާން ކުރާނެ ކަމަށްވެސް ސުހެއިލް ވިދާޅުވި އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް