ޓެކްސީއެއްގެ ތެރެއިން ބަނގުރާފުޅިތަކެއް އަތުލައިގަނެފި!

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ޕާކްކޮށްފައި އޮތް ޓެކްސީއެއްގެ ތެރެއިން ގިނައަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުން އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ރޭ ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ރޭ ހިންގި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލެ 102 ފްޕެޓް ސަރަހައްދުގައެވެ. ފުލުހުންވަނީ ގިނައިރުތަކެއް ވަންދެން އެސަރަހައްދު ބަންދުކޮށް އެތަން ބަލާ ފާސް ކޮށްފައެވެ. މި އޮޕަރޭޝަންގެ ތެރެއިން އެސަރަހައްދުގައި އޮތް ޓެކްސީއަކުން ގިނަ އަދަދެއްގެ ބިޔަރު ދަޅާއި ބަނގުރާ ފުލުހުންވަނީ ހޯދައިފައެވެ. މިތަކެތި ހޯދުމަށް ފަހުގައިވެސް އެސަރަހައްދުގައި ފުލުހުންވަނީ ގިނައިރުތަކެއް ވަންދެން ހަރަކާތްތެރިވެފައެވެ.

ފަހަކަށް އައިސް ފުލުހުންގެ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަންނަމުންނެވެ. މިގޮތުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. އޭގެ ފަހުން ހުޅުމާލޭގައި އޮތް ދޯންޏަކުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ޑީއީޑީ އިން އަތުލައިގަނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް