މެލޭޝިއާގެ އިނދިކޮޅު ލީޑަރު ވިދާޅުވަނީ އިމަޖެންސީ ބާރުތަކެއް ހޯދަން އުޅުމަކީ ސަރުކާރު ފެއިލްވެފައިވާ ކަމުގެ ނިޝާނެއް ކަމަށް،

Loading

Facebook
Twitter
WhatsApp

 އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ތުހުމަތު ކުރައްވާ ގޮތުގައި ޕެރިކަޓަން ނޭޝެނަލް ފެޑެރަލް ސަރުކާރަކީ ނާގާބިލު ސަރުކާރެކެވެ.  ކޮވިޑު-19 އާއި ކުރިމަތިލުމަށް އިމަޖެންސީ ބާރުތަކެއް ހޯދަން މަސައްކަތް ކުރާކަމަށް ގިނަބަޔަކު ދެކޭކަމަށް އޭނާ ވިދާޅުވިއެވެ. 

އަންވަރު ވިދާޅުވާ ގޮތުން އޭޝިއާގެ އެހެން ހުރިހާ ގައުމަކުން ބަލަމުންދަނީ މި ބަލިމަޑުކަން މެނޭޖުކޮށް އިގުތިސާދު އަލުން ހުޅުވާލެވޭތޯއެވެ. އެހެންނަމަވެސް މެލޭޝިއާ ދަތުރުކުރަމުންދަނީ އަނެއް މިސްރާބަށެވެ. 

”ކުއްލި ނުރައްކަލުގެ ހާލަތު އާންމުކޮށް އިއުލާންކުރަނީ ގައުމީ ސަލާމަތަށް ނުރައްކާ ވާ ހާލަތްތަކުގައެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރަކީ އޭގެ ޒާތުގައި ގައުމަށް އޮތް ނުރައްކަލަކަށް ވެފައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ ޚުދުމުޚުތާރުކަމާއި ހަންފެތުރުން ރީތިގޮތުގައި ކުރިއަށް ގެންދިއުމަށް“ ކަމަށް އަންވަރު ވިދާޅުވިއެވެ. 

Loading

One Response

  1. އަންވަރު ނޫނީ މެލޭސިއާގައި ފިރހން ކުޅި ކުޅެފައިވާކަމަށް ޝައްކުކުރެެވޭ މީހަކު ނެތީބާއޭ ހިތައްއަރަނީ؟ އެއީ އަންވަރުގެ ސަޕޯޓަރުން ގިނަވެ ވެރިކަން ހަމަ ޔަގީންވާހިސާނުން އެއޮންނަ މެލޭސިއާގެ ސަރުކާރަކުން އަންވަރު ފިރިހންކޅި ކުޅެފިޔޭކިޔައިގެން ތެޅިގަންނާތީ މިހެންމިހެން މިބުނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް