މެލޭޝިއާގެ ބޮޑުވަޒީރު އިމަޖެންސީ ބާރުތަކެއް ހޯއްދަވަނީ

Loading

Facebook
Twitter
WhatsApp

ކޮވިޑު-19 ގެ ބަލިމަޑުކަން އާދަޔާ ޚިލާފަށް އިތުރު ވަމުން ދިއުމާއި، ސިޔާސީ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި، ކުއްލި ނުރައްކަލުގެ ހާލަތު މެލޭޝިއާގައި ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޚަބަރު ލިބެއެވެ. އިނދިކޮޅުން ދަނީ ކޮވިޑު-19 ހުއްޓުވުމަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ބޭނުންކުރަން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަމުންނެވެ. 

ބޮޑުވަޒީރު ތަން ސްރީ މުހުޔިއްދީން ޔާސީން މިކަމަށް ތާއީދު ހޯދުމުގެ ގޮތުން ހުކުރުދުވަހުގެ ހަވީރު މެލޭޝިއާގެ ރަސްގެ ފާނާއި ބައްދަލުކުރުމަށް ވަފުދެއް ފޮނުއްވާފައިވާ ކަމުގައި ޚަބަރު ލިބެއެވެ. 

ރަސްގެފާނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ބޮޑުވަޒީރު ފޮނުއްވި ވަފުދުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުން ޕާލިމެންޓު އުވާލުމާއި ބެހޭގޮތުން ބޮޑުވަޒީރުގެ ނިންމުން  ރަސްގެފާނަށް ހުށަހެޅުއްވި ކަމަށް ވެއެވެ. މި ޚާއްސަ ބައްދަލުވުން ނިމުނީ ހުކުރު ދުވަހު 1 ޖެހި އިރުއެވެ. 

މެލޭޝއާގެ އަވައްޓެރި ދެގައުމު ކަމަށްވާ ތައިލޭންޑާއި އިންޑޮނޭޝިއާގައިދަނީ ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހިރާތައް ބާއްވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް