އިންޑިއާގައި ބަލި ފެތުރުން އިތުރުވެ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ފަސްމިލިއަނަށް އަރާފައި ދަނޑިވަޅެއްގައި އިންޑިއާއިން ދިވެހިރާއްޖެއަށް ފެރީގެ ޚިދުމަތް ފަށަނީ.
އެމެރިކާއަށްފަހު ފަސްމިލިއަން މީހުންނަށް ކޮވިޑު-19 ޖެހުނު ދެވަނަ ގައުމަކަށް އިންޑިއާ ވަނީ ވެފައެވެ. އިންޑިއާގައި ކޮރޯނާވައިރަސް ޖެހުނުމީހުްގެ އަދަދު 5 މިލިއަނަށް އަރާފައިވާ ކަމަށާއި 24 ގަޑިއިރު ތެރޭ 90,123 ވޭދަނަ (ކޭސް) ފެނިފައިވާ ކަމަށް މިދިޔަ ބުދަ ދުވަހު އިންޑިއާގެ ފެޑެރަލް މިނިސްޓްރީ އޮފް ހެލްތުން ރިޕޯޓު ކޮށްފިއެވެ. . ޗައިނާހެން މީހުން ކޮންޓްރޯލްކޮށް ކޮވިޑު-19ގެ ވައިރަހާއި ހަރުދަނާކަމާއެކު ހަނގުރާމަކުރާނެ ގާބިލުކަމެއް އިންޑިއާއަކު ނެތެވެ. މީގެ މާނައަކީ އިންޑިއާގެ އެތައް ބައެއްގެ ގައިގައި ވައިރަސް ހުރެދާނެއެވެ. […]
އަރަބިން އިޒުރޭލާ ގުޅުން ގާއިމުކުރުމާއި ދިމާކޮށް އިޒުރޭލުން ގާޒާއަށް ބޮން އެޅުމުން، އިޒްރޭލަށްދޭ ހަމަލާ އިތުރުކުރާނެ ކަމަށް ހަމާސްިއިން އިންޒާރު ދީފި
ޔޫ އޭ އީ އާއި ބަހުރައިނުން އިޒުރޭލާއި ސިޔާސީ ގުޅުން ގާއިމުކުރުމާއި ދިމާކޮށް ފަލަސްތީނުން އިޒުރޭލަށް ރޮކެޓުހަމަލާއެއް ފޮނުވުމާއި ގުޅިގެން އިޒުރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުންވަނީ ގާޒާއަށް ބޮންއަޅައިފިއެވެ. މިކަމާއި ގުޅިގެން ގާޒާގެ ސަރުކާރު ކަމަށްވާ ހަމާސްއިންވަނީ އިޒްރޭލަށްދޭ ހަމަލާ އިތުރުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އިޒުރޭލުންވަނީ ބަންދުކޮށްފައިވާ ގާޒާގައި ހުންނަ ހަމާސްގެ ތަންތަނަށް އަމާޒުކޮށް، އެތައް ފަހަރަކު ބޮންއަޅާފައެވެ. އިޒުރޭލުން ބުނެފައިވަނި މި ހަމަލާތަކަކި ފަލަސްތީނުން އިޒުރޭކލަށްދިން ހަމަލާގެ ބަދަލުގައި ދިން ރައްދެއްކަމުގައެވެ. އެގޮތުން ފަލަސްތީނުން ފޮނުވި […]
ކުރިއަރަމުން ދިއުމަށްޓަކައި ތަހްޒީބު މުޖުތަމާއެއްގެ ބޭނުން
މާޒީގެ ފިލާވަޅުތަކުން އެންމެ ހާމަކަންބޮޑު ގޮތެއްގައި އެނގޭ އެއް ޙަގީގަތަކީ އިންސާނާގެ ތަހްޒީބާއި އެބައިމީހުން ކުރިއަރަމުންދިއުމާއި ވަކިނުކުރެވޭނެ ކަމެވެ. އަދި ހަމައެފަދައިން ގައުމުތަށް ކުރިއަރަމުން ދިއުމާއި އެގައުމުތަކުގެ ރަށްވެހިންގެ ތަހްޒީބާއި ވެސް ވަކިނުކުރެވޭނެކަމެވެ. އިންސާނުން ނަށް ތަހްޒީބު މުޖުތަމާއެކޭ ބުނެވެނީ އެބައިމީހުން އުޅުމާއި ގުޅުންތަކުގައި އެކުލެވިފައިހުންނަ ރިވެތިސިފަތަކެއްގެ ސަބަބުންނެވެ. މިއީ ޢާއިލާއިންފެށިގެން ދޭދޭ ގައުމުތަކާހަމަޔަށްވެސް މިކަން އޮންނަން ޖެހޭގޮތެވެ. މިސިފަ އަށަގެނެވުމަށްޓަކައި އިސްނަގައިގެން މަސައްކަތް ކުރާ އެތައް ޖަމާޢަތްތަކެއް މިއަދުގެ ދުނިޔޭންވެސް ފެންނާން އެބަހުއްޓެވެ. އެފަރާތްތަކަށް ސާބަސް […]
ތާރީޚުގެ ސަފުހާތަކުގެ ތެރެއިން: ތުރުކީ އިން ފިލާވަޅެއް
ކުރީދުވަހުގެ ’ފަލަސްތީނުން ފިލާވަޅެއް’، މިލިޔުމުން ފެނިގެންދިޔައީ ގައުމެއްގެ ރައްޔިތުން ގައުމީ ކަންކަމުގައި ހޭލުންތެރި ނުވެ ތިބުމުންނާއި އަދި ސިޔާސީ ވެރިންގެ އަމިއްލަ އެދުމުގެ ސަބަބުން ގައުމުގެ ސިޔާދަތާ މިނިވަންކަން ގެއްލިދާ ގޮތުގެ މިސާލެކެވެ. މިއަދު، ބަލާލަން ގަސްދުކުރަނީ މިއާ އިދިކޮޅު މިސާލަކަށެވެ. ތަނުގެ ސިޔާދަތާ މިނިވަންކަން ގެއްލިދިޔުމުގެ ބިރު ހީވުމުން، ލަސްނުކޮށް އެ ބިރު ނެތިކޮށްލުމައްޓަކައި ތެދުވެ، އަތުރުކުރި އޮޅާލައި މަސައްކަތްކުރުމުން، ގައުމުގެ ސިޔާދަތާއި މިނިވަންކަން ސަލާމަތްކޮށް ރައްކާތެރިކުރެވޭ ގޮތުގެ މިސާލެކެވެ. އާދެ، 1918ގައި ފުރަތަމަ ބޮޑު […]
ބެލަރަސްގެ ރައީސް ހުޅަނގުގެ ބައެއް ޤައުމުތަކުން މީހުން އައުން މަނާކޮށްފި!
ބެލެރަސްގެ ރައީސް އެލެކްސެންޑަރ ލުކަޝެންކޯ، އެޤައުމުގެ ސިފައިން ހައި އެލާޓަށް ގެނެސް، ޕޮލޭންޑް އަދި ލިތުއާނިޔާ ފަދަ ތަންތަނުން އެޤައުމަށް މީހުން އައުން މަނާކޮށްފައެވެ. މި ނިންމުން ނިންމާފައިވަނީ، އެޤައުމުގައި 6 ހަފްތާވީއިރުވެސް ހުއްޓުމެއް ނެތި ކުރިޔަށްގެންދާ މުޒާހަރާތަކުގައި، ހުޅަނގުގެ ދައުރު ބޮޑުކަމަށް ރައީސް ލުކަޝެންކޯ ތުހުމަތު ކުރުމަށް ފަހުގައެވެ. އޭނާއަށްވަނީ ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާގެ ފާޑުކިޔުންވެސް އެތައް ފަހަރެެއްގެ މަތިން ކުރިމަތިވެފައެވެ. މިހަމަނުޖެހުންތައް ފެށިފައިވަނީ އޯގަސްޓް 9 ގައި އޮތް ރިޔާސީ […]
ރާއްޖެއަށް ބޭރުންއަންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުން-އެމްއޭސީއެލް
ކޯވިޑް19 ގެ ސަބަބުން ރާއްޖޭެގެ ބޯޑަރ ބަންދުކޮށްފައި އޮތުމަށްފަހު، ޖުލައި 15 ވަނަ ދުވަހު ބޯޑަރ އަލުން ހުޅުވާލާފައި ވާއިރު، އޮގަސްޓް މަހު ބޭރުން ރާއްޖެއައި މީހުންގެ އަދަދު ވަނީ %69 އިތުރުވެފައެވެ. އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ޖުލައި 15 އިން އޯގަސްޓް 15 އަށް ރާއްޖެ އައިސްފައިވަނީ 7607 މީހުންނެވެ. ނަމަވެސް މިދިޔަ މަހު 16 އިން މިމަހު 15 އަށް 12،883 މީހަކު ރާއްޖެ އައިސްފައިވެއެވެ. ހަމަ އެއާއިއެކު ރާއްޖެއިން ބޭރަށް ފުރައިގެން […]
މަރްޙޫމް ޙުސެއިން މުޙައްމަދުގެ ޒިކުރާގައި ތަޢުބީނުގެ ޖަލްސާއެއް ބާއްވައިފި
ދިވެހި ޤައުމަށް އަގުހުރި ޙިދްމަތް ތަކެއް ކޮށްދެއްވި ޙިދުމަތް ތެރިޔާ އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލްމަރްޙޫމް ޙުސެއިން މުޙައްމަދު ގެ ޒިކުރާގައި ތަޢުބީނުގެ ޖަލްސާއެއް ބާއްވައިފިއެވެ. މިޖަލްސާ އިންތިޒާމުކޮށް ބާއްވާފައިމިވަނީ އެމަނިކުފާނު އެޕާޓީއަކަށް ނިސްބަތްވި ޕާޓީ ޖުމްހޫރީ ޕާޓީއިންނެވެ. އަދި މިޖަލްސާ ބޭއްވީ ވަރޗުއަލްކޮށެވެ. ރޭބޭއްވުނު މިޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޖުމްހޫރީ […]
ދިއްދޫ ގޮނޑުދޮށުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ!
ހއ.ދިއްދޫގެ ގޮނދުދޮށަަށް މީހަކު މަރުވެގެން ލައްގާފައި އޮއްވާ ފެނިއްޖެއެވެ. މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 5:56 ހާއިރުއެވެ. މިމީހާ މަރުވެގެން ލައްގާފައި އޮއްވާ ފެނުނީ އެރަށު ދެކުނުފަރާތު ގޮނޑުދޮށުންނެވެ. މަޢުލޫމާތު ލިބޭގޮތުގައި މަރުވެފައި ވަނިކޮށް ފެނިފައިވަނީ އުމުރުން 59 އަހަރުގެ އަބޫބަކުރު ﷲޢަބްދު އެވެ. އޭނާއަކީ އެރަށުގައި މަޝްހޫރު ވިޔަފާރިވެރިއެކެވެ. އަދި ގިނަ ބަޔަކު އިޚްތިރާމް ކުރާ މީހެއް މެއެވެ. އޭނާއަކީ އާއްމުކޮށް އެގަޑިއަށް ކަސްރަތަށް މޫދަށް ދާމީހެއް ކަމަށް އެރަށު ބައެއް މީހުންގެ ފަރާތުން […]
ކޯވިޑް19: އިއްޔެ އިތުރު 67 މީހަކު ފައްސިވެއްޖެ!
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 67 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 5 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 62 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 44 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 23 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެ ފައްސިވީ މީހުންނާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 9494 އަށް އަރައިފައެވެ. އޭގެ […]
އައިމަގުން ނުދިޔައީވިއްޔާ އައިމަގު ރޯނެ!!
އަޅުގަނޑު ކުޑައިރު އަޅުގަނޑުގެ ރަށްވެސް ވަރަށް ކުޑައެވެ. މިދެންނެވީ އަޅުގަނޑާއެކު ރަށްވެސް ބޮޑުވެ މުސްކުޅިވި ވާހަކައެއް ނޫނެވެ. ދިރިޅެމުން ދިޔަ އާބާދީއާއި އަޅައި ބަލާއިރު މީހުން ނުތަކާވަރަށް ރަށްކުޑަކަމަށް ފެންނަވާހަކައެވެ. ތޮއްޖެހިފައިވާ މުޖުތަމައުގައި ކަންހިގާ ގޮތާއިމެދު ފިކުރުހިންގާ މައިންބަފައިން އެމީހުންގެ ދަރީން ގެއިންބޭރަށް ދިއުމުގެ މިންގަނޑުތަކެއް އެކުލަވާލައެވެ. އެގޮތުގެމަތިން އަނެއް އަވަށުގައި އުޅޭ ބޮޑުދައިތަ މަންމައަށް ޒިޔާރަތް ކުރާދުވަހު ވަގުތުއޮވެއްޖެނަމަ، ބޮޑުދައިތަ ގެއަށް ގޮއްސައި ބޮޑުދައިތައާއެކު އަލުންއެބުރި ގެޔަށް އައުމަށް ހުއްދަލިބެއެވެ. މިގޮތަށް ދިޔަދުވަހެކެވެ. އެނބުރި ގެޔަށް […]