އައިމަގުން ނުދިޔައީވިއްޔާ އައިމަގު ރޯނެ!!

Loading

Facebook
Twitter
WhatsApp

އަޅުގަނޑު ކުޑައިރު އަޅުގަނޑުގެ ރަށްވެސް ވަރަށް ކުޑައެވެ. މިދެންނެވީ އަޅުގަނޑާއެކު ރަށްވެސް ބޮޑުވެ މުސްކުޅިވި ވާހަކައެއް ނޫނެވެ. ދިރިޅެމުން ދިޔަ އާބާދީއާއި އަޅައި ބަލާއިރު މީހުން ނުތަކާވަރަށް ރަށްކުޑަކަމަށް ފެންނަވާހަކައެވެ.

ތޮއްޖެހިފައިވާ މުޖުތަމައުގައި ކަންހިގާ ގޮތާއިމެދު ފިކުރުހިންގާ މައިންބަފައިން އެމީހުންގެ ދަރީން ގެއިންބޭރަށް ދިއުމުގެ މިންގަނޑުތަކެއް އެކުލަވާލައެވެ. އެގޮތުގެމަތިން އަނެއް އަވަށުގައި އުޅޭ ބޮޑުދައިތަ މަންމައަށް ޒިޔާރަތް ކުރާދުވަހު ވަގުތުއޮވެއްޖެނަމަ، ބޮޑުދައިތަ ގެއަށް ގޮއްސައި ބޮޑުދައިތައާއެކު އަލުންއެބުރި ގެޔަށް އައުމަށް ހުއްދަލިބެއެވެ. މިގޮތަށް ދިޔަދުވަހެކެވެ. އެނބުރި ގެޔަށް އައިއިރު އަޅުގަނޑު ބޭނުންވީ ބޮޑުދައިތަ ގެޔަށް ދިޔަމަގުނޫން އެހެން މަގަކުންލާފައި ގެޔަށްދާށެވެ. އެކަމަކު ބޮޑުދައިތަ ބުންޏެވެ. ”އެނބުރި ދާއިރު އައިމަގުން ނުގޮއްސިއްޔާ އައިމަގު ރޯނެއޭ“

އައިމަގު އެހައި ގަދައަށް ރޮންޏާ ދެންޖެހޭނީ ހަމަ އައިމަގުން އެނބުރި ދާންތާއެވެ. މިތަސައްވުރާ ދިވެހިރާއްޖެއަށް އައިސް އައިއްސާދާ ސަރުކާރު ތަކާއި ހުރީކޮން ގުޅުމެއް ބާވައެވެ.؟ އެއްވެސް ގުޅުމެއް ނެއްކަހަަލައެވެ. އެކަމަކު ފެންނަނީ ހަމަ އެއްސަރުކާރު ހިނގި ފިޔަވަޅު މަތީ އަނެއްސަރުކާރުވެސް ހިގާތަނެވެ. މިސާލަކަށް ދަންނަވާނަމަ ރާއްޖެގެނެވޭ ވިޔަފާރިމުދާ ގެނެސް ބާލައްވަނީ ހަމަ ފުރަމާލޭ ބަނދަރަށެވެ. އެހެންބަދަރަކަށް ބާލައިފިނަމަ އަނެއްދުވަހު އާދަކާދައިގެމަތިން މުދާ ބައިލަމުންއައި މާލެބަނދަރު ރޯނެއެވެ. ރޯންފަށައިފިއްޔަކާ ހުއްޓައެއްވެސް ނުލެއްވޭނެއެވެ.

ސަބަބަކީ އެވިޔަފާރި ބަނދަރުގައި ވަކިހިއްޕައިގެން ތިބެނީ އެންމެ އަޑުގަދަ އެންމެ ރުއްގިނަ އެންމެ ނަސީބުގަދަ އެންމެ ފުރުސަތުތައް ފަހި، އެންމެ ވިޔަފާރިކުރާހިތްވާ އެންމެ ހަދިޔާގޮނަށްބޮޑު ވިޔަފާރިވެރިންނެވެ. ރާންފަށައިފިނަމަ އެންމެބާރަށް ރޯނީވެސް ހަމައެވެރިންނެވެ. އެކަން އެގޭނޫންތޯއެވެ. ކޮވިޑަށް ހައެއްކަމަސް ވާއިރު އަތުގައި މުކޮސްވެސް ނެތްކަމަށް އެތިބަ ރޮއި ހޭރި ނަގަނީއެވެ. މިފަހަކަށް އައިސް އަޑުންއަޑުނަގާ ރުއި ސަންސިޔާމުކަން ނޭގޭމީހަކަށް އެކަންއެނޭގުނީ އެމީހެއްގެ ޖާހިލުކަމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާ ރުއިވަރުން ރައިސުލް ޖުމްހުރިއްޔާ އަށްވެސް ގިސްލަގިސްލައި ކީރިތި ކުރެއްވުނެވެ. ހުއްޓާލައްވާނެ ބޮލިރަވައަކަށް ރައީސްއަށް ފެނިވަޑައިގަތީ ރައްޔިތުން ރައްޔިތުން އެއްރުފިޔާއިން ދެރުފިޔާއިން އެއްކޮށް ޚަޒާނާކުޅަ ވަކިލާރިދަޅެވެ. އެއީ ހަމަ އަޖައިބެއްކަހަލަ ވަކިލާރި ކަޓޫރާއެކެވެ. ހަމަތަޅުލާއިރަށް ގޮވައިލިއެވެ. މަށަށް މިފުރަބަންދުން ނުކުމެގެން ޝިޔަމްއަރިހަށް ދެވޭނީ ދަރަނި ބޮލޭ ނުގޮވައި ލޯނެއްގެ ހައިސިއްޔަތު ދިނީމައެވެ. ދެންރައީސަށް ޖެހިވަޑައިގަތީ ދެއްވާށެވެ. ޅަދަރިއަކު ކިރަށްރޯހެން ރޮންޏާ ދެންއަޅެ އެހެންގޮތެއް ފަހެ އެބައޮތް ހެއްޔެވެ.

ކުޅުދުއްފުށީ ބަނދަރަށް އަންނަންއޮތް އިންޑީޔާ ފެރީއަށްވެސް މިވީ ހަމަ މިކަހަލަ ގޮތެކެވެ. ސޫތުކުޅިން މާލެއަށް އެއީ ޒަމާނުންސުރެ އަންނަ އައުމެކެވެ. އެހެން އައިސް ގޮސްވާ މަގު ބަދަލުކޮށް ކުޅުދުއްފުށީގައި ޖައްސާ ކަމަށްވަންޏާ ކުރިން އައިމަގު ނައިސްގެން މުޅި އިންޑިޔާ ކަނޑުރޯންފަށައިފިއްޔާ ވަަރަށް ކަންބޮޑުވާނެއެވެ. އަޅާކަރުނަ ހާދަގިނަވާނެއެވެ. އޭގެ އޮއިވަރުގަދަވެ، ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖެ ގިރުވައިލުމުގެ ނުރައްކަލަށް ހުށަހެޅުމުގެ ބަދަލުގައި އެންމެ ބުއްދިވެރީ ކުރިން އައިމަގު ނުރޮއްވައި އެމަގުން އެތެރެވެ ބޭރުވާ ވިޔަފާރި ވެރިކަމެއް ގައުމުގައި ބޭއްވިއްޔާއެވެ. މި މަގޭ ޅަދުވަހުގެ ތަޖުރިބާއިން ބުނެލެވުނު ބަސްކޮޅެކެވެ.

އައިމަގުން ނުދިޔައީވިއްޔާ އައިމަގު ރޯނެއާ!

 

 

Loading

One Response

  1. އައިމަގުން ނުދިޔައީވިއްޔާ އައިމަގު ރޯނެއާ!
    މިހެންތަ މި ވެގެން އުޅެނީ؟ ތިބުނާ ޓަކޫރާގަނޑުން ނެގުންވެސް ނުހުއްޓުނު. އޮޑިޓަރުވެސް ކޮންމެ ފަހަރަކުވެސް ޓަކޫރާ ގަނޑަށް ވާގޮތް ބުނެދޭ، ނެގިވަރުވެސް އަންދާސާކޮށް ކިޔާދޭ. ނަމަވެސް ޓަކޫރާގަނޑާއި ޙަވާލުވެތިބި ބޮޑުންނަށް އޯކޭވެފާ ތިބެވެނީ. ދެން ޓަކުރާ ގަނޑާއި ޙަވާލުވާމީހުން ކުރީ ގައި ތިބިމީހުން ޓަކޫރާގަނޑަށް ހަދާލިގޮތް ހޯދާ ވާހަކަޔާއި އެ ޚިޔާނާތުބޮޑުވާހަކައިން ގައުމު ބިޒީކުރުވާއިފާ ކުރިން ޓަކޫރާ ފޫދުއްވާލި ވެރިންނަށްވުރެ މެކުހަށް ޖަހާލައިފާ. ބޮޑު ވަބާއެއްކަހަލަ ކަމެއް. ދީނަށްޓަކައި ރައްޔަތުންނަށްޓަކައި ގައުމަށްޓަކާއޭ ގޮވާ ޓަކުރާގަނޑު ލިބުމުން ހަމަ ސެއްލަ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް