ބޮޑު ބަޣާވާތެއްގެ ވާހަކަ ތާރީޚުގައި ލިޔަން ފަންސަޔާޅީސް ފޮޅުވަތް،–ޢިމާދުއްދީނުގެ ގަޑުބަޑުގެ ވާހަކަ.

އަލްއަމީރު ޢަބްދޫﷲ ޢިމާދުއްދީނުގެ ގަޑުބަޑުގެ ވާހަކަ ”ދިވެހި ތާރީޚަށް އައު އަލިކަމެއް“ މިނަންކިޔާފޮތުގެ. 415 ވަނަ ސަފްހާއިން. 417 ވަނަ ސަފްހާގައި ވެއެވެ. ކުރިންވެސް ދެންނެވިހެން މިއީ ބަޔަކު އަހައި އޮޅުންފިލުވައިގެން ހޯދާބަލާފައިވާ ކަމެކެވެ. 1965ގައި ސޮއިއެޅި މިނިވަން އެގްރީމެންޓްގެ ކުރިން ދައްކަންހެޔޮނުވި ވާހަކަތައް ދައްކާން ކަމަށް އުޅެ، އެކަންނުވެ މަތިގާވެފައިވާ މަސައްކަތެކެވެ. ފޮތުގެ ދެވަނަޗާޕު ނެރުއްވި އިރުވެސް އިތުރުތައުލީގެއް ނެތެވެ. އަކުރުން އަކުރަށް ކުރެއްވި ނަކަލެއްކަން އެގެއެވެ. ވީމާ ތާރީޚަށް މިކަމުން ކުރިއެރުމެއް، ލިބުނިއްޔާ ލިބުނެވެ. […]

ދޭސީއަކަސް ބިދޭސީއަކަސް ”ކެއްސަމުން ލޯގަނޑެއް ނުއުކޭނެ“

އިނގިރޭސިންގެ ޙިމާޔަތުގައި ދިވްހިރާއްޖެ އޮތްގޮތާއިމެދު ތަފާތު ޝުޢޫރުތައް ފާޅުކުރެވިފައި އެބަހުއްޓެވެ. އެދުވަސްވަރު ކޮޅުބުގައިހުންނެވި ގަވަރނަރ އެފަހަރަކު ވިޔަފާރީގެ ގޮތުން ގުޅިވަޑައިގަންނަވާ ބައެއްގެ މަސަލަޙަތު، އިނގިރޭސި ދައުލަތުގެ މަސްލަޙަތަށްވުރެ އިސްވެފައިވެސް ހުއްޓެވެ. އަދި އޭގެމައްޗަށް ބިނާކޮށް އިންސާފުގެ ސިއްކަޖެހިފައިވާލެއް މަދެއްނޫނެވެ. މިކަންއެގެނީ، ދިވެހިރަސްކަމުގައި އެދުވަސްވަރު ރިދަލިކުރެއްވި ރަސްރަސްކަލުންނާއި ބޮޑުވަޒީރާއި އަދި ވަޒީރުންގެ ކޯލިޝަން ރޫޅޭހިނދު އެދެމެދަށް ގަވަރނަރ ވަންނަލެއް ފަސޭހަކަން، ”ދިވެހިތާރީޚަށް އައު އަލިކަމެއް“ ދިރާސާކޮށްލުމުން ފެންނަން އޮތީތީއެވެ. މިފޮތަކީ ދިވެވިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ދެވަނަޗާޕު […]

ހަނދުއޮއްސޭ ގާނޫނު ގާނޫނަކަށްވާނަމަ !

އެޗް.ސީ.ޕީ ބެލްގެ މޮނޮގްރާފްގައި ލިއުއްވި ލިއުއްވުމެއްގެ ތަރުޖަމާ، ”ދިވެހިތާރީޚަށް އައު އަލިކަމެއް“ މިހެންކިޔާފޮތުގެ 159 ވަނަ ޞަފްހާގައި އެބައޮތެވެ. އަންހެނަކު ވެރިކަމުގައި ވަޑުވައިގެން ފިރިހެނުންތަކެއް ދައުލަތުގެ އެކިކަންކަމަށް ވެރިވެގެން އޭރު އުޅުނު ގޮތް ސަފްޙާ އަކަށްވުރެ ކުރެވެ. އެކަމަކު ލިބިދިން ފިލާވަޅު ބޮޑެވެ. ސިންގާސަނާގެ ހަރުއަޑަށްވުރެ ބާރަށް ބައެއްފަހަރު ފަނޑިޔާރުމަނިކުފާނު އަޑުލައްވާކަން ބަޔާންވެ އެނގެން އެބައޮތެވެ. އެކަމަކު ރަނިކަމާ އެބޭކަލަކަށް ދެއްވި ތިންފަޅުރަށް އޮތްވާހަކަ ހަމައެބަޔާނުގައި އޮތުމުން ތިންފަޅުރަށުގެ ގޮޔާއި ދެކޮޅަށް، ފަނޑީޔާރު ކަލޯއަށް ލެއްވޭނީވެސް ކޮން […]

ނުރައްކަލުން ފުރިގެންވީ ޙިމާޔާތް

ފުރަމާލޭ ގުޅީ އީސާކަލޭފާނާއި ތިނަދޫ ރަނަހަމައިދި ކަލޭފާނާއި ކުޅުދުއްފުށީ ބޮޑުމުޙައްމަދު ކަލޭފާނާއި ނައިފަރު އާދަމްޙާޖީ ކަލޭފާނުގެ މުދާ ވަނީ ސަރުކާރަށް ނަގައިފައެވެ. އެމީހުންނަކީ ދައުލަތުގެ މުދަލަކުން ވައްކަން ކުރިބައެއްނޫނެވެ. އަމިއްލަ މަސައްކަތުން ކުރިއަރައި، ދިރިއުޅުންހޯދި ބައެއްކަން ތާރިޚުން އެގެއެވެ. ނަމަވެސް އެއީ އޭރުގެ ސިޔާސީ މުޙައްނިކުން ވެސްމެއެވެ. ރަދުންގެ މަޖިލީހަށް މުޅިރާއްޖެ އަރާއިރު އެ އަށިމަތީ މިބޭބޭކަލުން ތިއްބަވައެވެ. ރަދުންނަށް ލަފާއަރުވާ ބޮޑުބާރަވެރިންގެތެރޭ ހިމެނިގެންނެވެ. އޭރު އޮތްގޮތުން މިއީ ވަޒީރުން (ކިލެގެ ބޭކަލުން) ނެއްނޫނެވެ. ނަމަވެސް ނަވާބުން […]

ތިޔަކިއުއްވަނީ ސަމާސާ މަސްކާއްޓޭތޯ؟

ފެންނާނެހެން ވައްކަމެއް ނުކުރާތި ހަތަރު ރުކުއަޅާ ދެކާށި ނުކާތި ފަތަވެރި ޖަހަން ދެރުއް ގެންނާތި…   ކާށިދޫ ކުރުހިންނަ ތަރާގަނޑު ލިޔުއްވައިގެން އުޅޭތާ ދެތިންއަހަރުވީއިރުވެސް ހާޖީކަލޭގެފާނަށް އެރިނުލިބޭތީ ވާނުވާ ބަލަން އެރަށަށް ފޮނުވިމީހާގެ ހިލަމެއްވެސްނުވިއެވެ. މިކަންބޮޑުވެ އެންމެފަހުން ހާޖީކަލޭފާނަށް ޖެހިވަޑައިގަތީ އެމީހާއަށް އަތުއަކުރެއް ފޮނުވާށެވެ. ހާޖީކަލޭފާނުގެ އަތުއަކުރު ފަންވަތް ކާށިދުވަށް ފޯރީ ހަފްތާއެއްގެ ފަހުންނެވެ. ވާނެހައެތި ވީފަހުންނެވެ. މުޅިކާށިދޫ ސިއްސުވާލި ބިރުވެރި މަރުގެ ތަޙުގީގަށް މާލޭގެ ދޮށީބޭކަލުންގެ ވަފުދު އެރަަށުގައި ޙަރަކާތްތެރި ވާންފެށީ ހަޔެއް ހަތަރަކަށް ކަމަށެވެ. […]

އައިމަގުން ނުދިޔައީވިއްޔާ އައިމަގު ރޯނެ!!

އަޅުގަނޑު ކުޑައިރު އަޅުގަނޑުގެ ރަށްވެސް ވަރަށް ކުޑައެވެ. މިދެންނެވީ އަޅުގަނޑާއެކު ރަށްވެސް ބޮޑުވެ މުސްކުޅިވި ވާހަކައެއް ނޫނެވެ. ދިރިޅެމުން ދިޔަ އާބާދީއާއި އަޅައި ބަލާއިރު މީހުން ނުތަކާވަރަށް ރަށްކުޑަކަމަށް ފެންނަވާހަކައެވެ. ތޮއްޖެހިފައިވާ މުޖުތަމައުގައި ކަންހިގާ ގޮތާއިމެދު ފިކުރުހިންގާ މައިންބަފައިން އެމީހުންގެ ދަރީން ގެއިންބޭރަށް ދިއުމުގެ މިންގަނޑުތަކެއް އެކުލަވާލައެވެ. އެގޮތުގެމަތިން އަނެއް އަވަށުގައި އުޅޭ ބޮޑުދައިތަ މަންމައަށް ޒިޔާރަތް ކުރާދުވަހު ވަގުތުއޮވެއްޖެނަމަ، ބޮޑުދައިތަ ގެއަށް ގޮއްސައި ބޮޑުދައިތައާއެކު އަލުންއެބުރި ގެޔަށް އައުމަށް ހުއްދަލިބެއެވެ. މިގޮތަށް ދިޔަދުވަހެކެވެ. އެނބުރި ގެޔަށް […]

އެހާ އެހާއެއް ނޫނެވެ. ހާދަ، ހާދައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަސްއަހަރުގެ ވާހަކަ ދައްކަމުން އައިސް އައުކޯލިޝަނެއް އުފެދުނުއިރު ރާއްޖޭގައި މިހާރުވެސް ނަގައި ކިޔަންތިއްބެވި ސިޔާސީ ބޭފުޅުންގެ ގިނަބަޔަކު ތިއްބެވީ ގައުމުން ބޭރުގައެވެ. ޑިމޮކްރެސީގެ ހަމަ ގެއްލިފައިވާ ވެރިކަމެއް ކުރެއްވުމުގައި ޔާމީންހުންނެވީ ދަމައި އެއްރޮއްޖަކަށް ފޫގަޅުއްވައިގެންނޭ ވިދާޅުވެ، ދިއްކުރެވުނު އިގިލިތައް ވަރަށް ގިނައެވެ. ތާހިރުވެރިކަމެއް ގައުމުގައި އަލުން ގާއިމްކުރުމަށްލީ ބާރާއެކު، ވެރިކަން އެއްއަތުން އަނެއްއަތަށް ފުރޮޅުނެވެ. ކުޅިވަރުގެ ދަނޑުތައް ފުރާލަދެއްވާނޭ ކަމުގެ ވަޢުދުވެސް ޝާމިލްވާގޮތަށް ކުރެއްވި ގިނަވަޢުދުތަކާއެކު ގައުމީ ސްޓޭޑިއަމްގައި، ފުރިބާރުވެފައިވާ ރައްޔިތުންގެ […]