ދޭސީއަކަސް ބިދޭސީއަކަސް "ކެއްސަމުން ލޯގަނޑެއް ނުއުކޭނެ"

Loading

Facebook
Twitter
WhatsApp

އިނގިރޭސިންގެ ޙިމާޔަތުގައި ދިވްހިރާއްޖެ އޮތްގޮތާއިމެދު ތަފާތު ޝުޢޫރުތައް ފާޅުކުރެވިފައި އެބަހުއްޓެވެ. އެދުވަސްވަރު ކޮޅުބުގައިހުންނެވި ގަވަރނަރ އެފަހަރަކު ވިޔަފާރީގެ ގޮތުން ގުޅިވަޑައިގަންނަވާ ބައެއްގެ މަސަލަޙަތު، އިނގިރޭސި ދައުލަތުގެ މަސްލަޙަތަށްވުރެ އިސްވެފައިވެސް ހުއްޓެވެ. އަދި އޭގެމައްޗަށް ބިނާކޮށް އިންސާފުގެ ސިއްކަޖެހިފައިވާލެއް މަދެއްނޫނެވެ.

މިކަންއެގެނީ، ދިވެހިރަސްކަމުގައި އެދުވަސްވަރު ރިދަލިކުރެއްވި ރަސްރަސްކަލުންނާއި ބޮޑުވަޒީރާއި އަދި ވަޒީރުންގެ ކޯލިޝަން ރޫޅޭހިނދު އެދެމެދަށް ގަވަރނަރ ވަންނަލެއް ފަސޭހަކަން، ”ދިވެހިތާރީޚަށް އައު އަލިކަމެއް“ ދިރާސާކޮށްލުމުން ފެންނަން އޮތީތީއެވެ. މިފޮތަކީ ދިވެވިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ދެވަނަޗާޕު ނެރުއްވި ފޮތެއްކަމުގައިވިޔަސް ފޮތުގެ ފުރަތަމަޗާޕުގެ ސިލްސިލާ ފެށިފައިވަނީ 1958ންނެވެ.

ނިމިފައިވަނީ 1966އަށެވެ. ތެދާއި އެންމެގާތަށް ދަންނަވާނަމަ މިއީ ލިޔުއްވި މުސައްނިފަކު ނެތް ކިތަންމެ ބޮލަސް ފޮތެއްގެ ދަރަޖަ ނުދެވޭ ދިރާސާ ރިޕޯޓެކެވެ. ނަމަވެސް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން މިރިޕޯޓް 1990ގައި ދެވަނަޗާޕު ޖަހައި ނެރެފައިވަނީ ފޮތެއްގެ ނަން ދެއްވައިގެންކަން އެގެން އޮތަތީ އެނިންމުމަށް އިޙުތިރާމު ކުރަމާތޯއެވެ. މިހަގީގަތުންވެސް އެގެނީ ލިޔުއްވުންތެރިން ތިއްބެވިނަމަވެސް މުޞައްނިފުންގެ މަދުކަމެވެ.

އާދޭހެވެ! ފޮތް އެކުލަވައިލުމަކީ ފުރޭފަތްފުއްތަކުގެ ގަނޑުތަކެއް އެކުލަވައިލުމެއްނޫނެވެ. އެމް.އެން.ޔޫ ގެ ފެކަލްޓީ އޮފް އާރޓްސްގެ ޑީން ކަމުގައި ހުންނަވައިގެން ޑރ. އާސިމް އަބްދުއްސައްތާރު އެފެކަލްޓީގެ ދަރިވަރުންނަށް ކިޔަވައިދެއްވާ އެއް މާއްދާއަކީ ”އެކަޑަމިކް ޑިސްކޯސް“ އެވެ. މިމާއްދާގެ މަބްދައީ ފިލާވަޅުތަކުން އެގޭ ހަމަތަކަށް ފެތޭގޮތަށް 892 ސަފްޙާގެ މި ބޯފޮތް ތަރުތީބު ކުރެވިފައި ނެތްކަމީ ކޮޅެއްނެތްހައި ދެރަކަމެކެވެ. އެހެންވުމަކީ ނާދިރު ކަމެކޭ ދެންނެވޭކަށްނެތެވެ. ރާއްޖޭގެ އޭރުއޮތް ތައުލީމުގެ ޙާލަތެވެ.

ދިރާސާފެށިގެން ނިމުނުއިރުވެސް ޘާނަވީ ފެންވަރަށް މުގައްރަރުކުރެވިގެން ކިޔަވައިދެވުނު ސްކޫލެއް ރާއްޖޭގައި ނެތް ޒަމާނެއްގެ ވާހަކައެވެ. ދެންއަދި 1990ގެ ވާހަކަ ދެއްކިއަސް އެޒަމާނަކީވެސް އޯލެވެލް އާއި އޭލެވެލްގެ އަތްގޮށިންދުރަށް ރާއްޖޭގެ ޢާންމު ތަޢުލީމު ފެތުރިފައިއޮތް ޒަމާނެއްނޫނެވެ. ނަމަވެސް ޔުނިވަރސިޓީގެ މަރުޖައުތަކަށް ބަލަން އަތުގައި މިއޮތީ ތަތްކޮލަކާ ވިހަކޮޅެއް ހަމައެކަންޏެވެ. ރާއްޖޭގެ ތަޢުލީމު ފުރެންދެ ނިޒާމެއްގައި ހަފުސް ކުރުމަށް އޭރު މަތިފަޑިމަތީއޮތް އިގިރޭސިން ކުރިމަސައްކަތުގެ ނަތީޖާ ވަރަށްފޮންޏެވެ. ދިވެހިރާތީޚުގެ މިބޯފޮތްވެސް އެކުލަވައިލުމުގެގައި މައިގަނޑަކަށް ބަލާފައިވަނީ އިގިރޭސި ލިއުންތަކުން ކުރެވިފައިވާ ތަރުޖަމާއެވެ.

ވިޔަފާރި މަސްލަޙަތު އޮވެގެން، ނޫނީ ސިޔާސީ މަސްލަޙާތެއް ޙިމާޔަތްކުރުމަށް އިގިރޭސި ގަވަރުނަރާއި އޭނާގެ އައުވާނުންކަމަށްވާ ވޯރާ ވިޔަފާއިވެރިންނާއި، އަދި އެއީ ތަރައްޤީ ކަމަށްދެއްވި ދައުލަތާއި މުޑިތުލައިގެންތިބި ދިވެހިންގެ ބަޔަކު އެމީހުންގެ ކޯޅުންތައް ބާރު އޮތްފަރާތުގެ މަދަދަކުން ރަމަތަކުރުމަށް ދަންނަވާ އާދޭސް ތަކަކީ، ދިވެހިރާއްޖޭގެ އެޒަމާނުގެ ތާރީޚުގެ މޫނުބަލާ ލޯގަނޑު ކަމަށް ހަދައިފިނަމަ އެލޯގަނޑުން ބަލާ މޫނު ފެންނާނީ ދެލިކޫރެއްހެން ދޮގެއްތޯއެވެ.

1990 ގައި މައުމޫނީ ޒަޢާމަތުގައި ޢަރަބި ދަސްކުފުޅުކުރެއްވި ބޭފުޅުން އެޗާޕު ދެވަނަ ފަހަރަށް ނެރުއްވި އިރުވެސް ދިވެހި ތާރީޚާއިމެދު އިގިރޭސިންނޫން ދެވަނަ ބަޔަކު އެހެންބަހަކުން ލިއުނުލިއުމެއް ބައްލަވައިލާކަށް ހަނދާނަކު ނެތެވެ. އިގިރޭސިން ތަކަށްވެސް އަދިހަމަ އެކަކަށްވެސް ”ކެއްސަމުން ލޯގަނޑެއް ނުއުކޭނެއެވެ.“

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް