ބޮޑު ބަޣާވާތެއްގެ ވާހަކަ ތާރީޚުގައި ލިޔަން ފަންސަޔާޅީސް ފޮޅުވަތް،–ޢިމާދުއްދީނުގެ ގަޑުބަޑުގެ ވާހަކަ.

53

އަލްއަމީރު ޢަބްދޫﷲ ޢިމާދުއްދީނުގެ ގަޑުބަޑުގެ ވާހަކަ “ދިވެހި ތާރީޚަށް އައު އަލިކަމެއް” މިނަންކިޔާފޮތުގެ. 415 ވަނަ ސަފްހާއިން. 417 ވަނަ ސަފްހާގައި ވެއެވެ. ކުރިންވެސް ދެންނެވިހެން މިއީ ބަޔަކު އަހައި އޮޅުންފިލުވައިގެން ހޯދާބަލާފައިވާ ކަމެކެވެ. 1965ގައި ސޮއިއެޅި މިނިވަން އެގްރީމެންޓްގެ ކުރިން ދައްކަންހެޔޮނުވި ވާހަކަތައް ދައްކާން ކަމަށް އުޅެ، އެކަންނުވެ މަތިގާވެފައިވާ މަސައްކަތެކެވެ. ފޮތުގެ ދެވަނަޗާޕު ނެރުއްވި އިރުވެސް އިތުރުތައުލީގެއް ނެތެވެ. އަކުރުން އަކުރަށް ކުރެއްވި ނަކަލެއްކަން އެގެއެވެ. ވީމާ ތާރީޚަށް މިކަމުން ކުރިއެރުމެއް، ލިބުނިއްޔާ ލިބުނެވެ. އެކަމާ އިންކާރުކުރާކަށް ނެތީމެވެ.

އެކަމަކު މި ބަޣާވާތެއް މިކުރީ 24 އަހަރު ހަމަ އެއްބޭފުޅަކު ރަސްކަމުގައި ވަޑުވައިގެން ގެންގުޅުނު ބަޔަކަށް އެބޭފުޅަކު ކަމުނުގޮސްގެން އާކޮށްލުމަށްކަން ވަރަށް ރީތިކޮށް އެގެއެވެ. ސަބަބަކީ މިއައީ ބަޣާވަތްކުރާށޭ ބަޣާވާތްކޮށްފައޭ ދާނީ މިހެން ބުނެބުނެ އެންމެފަހުވަގުތާއި ޖެހެންދެންވެސް ހިކިފަހުގައި ހަމައެކަނި ހުންނެވި މަނިއްޕުޅަކީ އަލްއަމީރު ޢަބްދުﷲ އިމާދުއްދީން ކަމަށްވާތީއެވެ. ޔޯލަކޯލައެއް ނޫނެވެ. ބަޣާވާތަށްފަހު ކަނޑިބަޑި ސިލޭހަ ހިއްޕެވި އަސްކަރުންގެ ސަފުތައް އިންސްޕެކްޓް ކުރައްވަމުން އަސްކަރީ ހިނގުމެއް ނުހިންގެވިޔަސް ފުރުއްވަން އާކޯއްޓޭ، ފާލަމަށް އަރައި ވަޑައިގަތްއިރު އެމަނިއްޕުޅު ހުންނެވީ ހިނިމޫނުފުޅަކާކަމަށް ތުންތުން މަތިން ދެކެވުނު ވާހަކަތައް ކިޔައިދިން މީހުން ކިޔައިދިނެވެ.

އެހެންނުވާންވީ ކީއްވެގެންތޯއެވެ. ބަޣާވާތުގައި ބައިވެރިވިކަމަށްބުނެ ބޮޑުފެންވަޅުގޭ ސީދީ ކަހަލަ އިއްޒަތްތެރިންގެ ބުރީހަން ނެގުނުއިރު، އަލްއަމީރު އަބްދުﷲ ޢިމާދުއްދީނުގެ ގައިކޮޅުގައި ފުއްއިނގިލި ކުރި ޖައްސައިލަންކެރުނު ހެތްވަކު އަސްކަރެއްގައި ނެތެވެ. އަދި ކިއެއްތަ އަސްކަރުންކުރެ ސަފަށް އެރިމީހަކު ވިއްޔާހުރީ “އަދަބަށްލަބައިބޯ” ކުރުނީސްވެގެންނެވެ.

އަމީރު ބަޣާވާތްކޮށްފައި ފުރާވަޑައިގަތްދުވަހު އަސްކަރުން ބެހިފައިވާގޮތް

 

މި މަންޒަރު ސިފަވާއިރު ބަޣާވާތްކުރި ބޮޑުބާޣީއަކު ދިވެހިރާއްޖެއިން ވަކިކޮށް އޮޅުދޫ ކަރައަށް ފޮނުވައިލާތީ އެކަން އުފާކޮށް ރަދުންގެ ހިތްވަރު ފުޅަށް ސާބާސްދޭން މާލޭ އަތިރި މައްޗަށްފައި އިނދޭ ފުރާއިން ނުކުމެއޮތްވާހަކަ ހުރުވަޅީގެ ތާރީޚު ކިޔާމީހުން ކިޔައެވެ. އެކަމަކު ހުރަވަޅީ ތާރީޚު ކިޔާމީހުންވެސް ނުކިޔާވާހަކައެއް އަލްމަޙްރޫމް އަޙްމަދު ޝަފީޤު (ޝަފީޤުގެ ޝަފީޤު) ކިޔައިދެއްވިއެވެ. އެއީ ސިލޯނުގަވަރުނަރު އަންގަވައިގެން ކުރެއްވި ބަޣާވާތަކަށްވީމާ ބަޣާބާތުގެ ވެރިޔާ ކޮޅުބައް ފޮނުވައި ލެއްވީވެސް ގަވަރުނަރު އެންގެވި ގޮތަށް ޝަމްޝުއްދީނު ރަދުންނެވެ. މަރުޙޫމް އަޙްމަދު ޝަފީޤަކީ ދެފަހަރަށް ފާދިއްޕޮޅު އަތޮޅުވެރިޔާކަމު އައިސް ނައިފަރުގައި ހުންނެވި ބޭފުޅެކެވެ. އޭނާގެ ފަހުއަތޮޅުވެރިކަމުގައި ނައިފަރު މަދްރަސަތުލް އިފްތިތާޙް ދަރިވަރުންނަށް ގުޅަމަތިހިފަން ދަސްކޮށްދެއްވިއެވެ.

 

 

 

1 ހިޔާލު

  1. ދިވެހިރާއްޖޭގައި އަބަދުވެސް ތާރީޚް ލިމުންގެންދަނީ ސަރުކާރުންނެވެ. އެމީހަކު ކުރާކަމެއްގައި އެމީހަކު ބޭނުންކުލައެއް ކޮންމެވެސް ސިފައެއްގައި ޖައްސާނެއެވެ. މިއަށްވުރެން ބޮޑު ތާރީޚީ ހަގީގަތެއް ނުފެންނާނެެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ