ދިއްދޫ ގޮނޑުދޮށުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ!

Loading

Facebook
Twitter
WhatsApp

ހއ.ދިއްދޫގެ ގޮނދުދޮށަަށް މީހަކު މަރުވެގެން ލައްގާފައި އޮއްވާ ފެނިއްޖެއެވެ. މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 5:56 ހާއިރުއެވެ.

މިމީހާ މަރުވެގެން ލައްގާފައި އޮއްވާ ފެނުނީ އެރަށު ދެކުނުފަރާތު ގޮނޑުދޮށުންނެވެ. މަޢުލޫމާތު ލިބޭގޮތުގައި މަރުވެފައި ވަނިކޮށް ފެނިފައިވަނީ އުމުރުން 59 އަހަރުގެ އަބޫބަކުރު ﷲޢަބްދު އެވެ. އޭނާއަކީ އެރަށުގައި މަޝްހޫރު ވިޔަފާރިވެރިއެކެވެ. އަދި ގިނަ ބަޔަކު އިޚްތިރާމް ކުރާ މީހެއް މެއެވެ.

އޭނާއަކީ އާއްމުކޮށް އެގަޑިއަށް ކަސްރަތަށް މޫދަށް ދާމީހެއް ކަމަށް އެރަށު ބައެއް މީހުންގެ ފަރާތުން މަޢުލޫމާތު ލިބެއެވެ. އަދި އެސަރަހައްދަށް ދިޔަ ފުލުހުން ބުނިގޮތުގައި ގޮނޑުދަށުގައި އޮތް އިރުވެސް އެއްވެސް ހަރަކާތެއް ނެތެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މަރުޙޫމް އަބޫބަކުރުގެ ކުއްލި މަރާއިއެކު ދިއްދޫގެ ގިނަ ރައްޔިތުންތަކެއް ތިބީ ކުއްލި ސިހުމެއްގެ ތެރޭގައެވެ. އެރަށުގެ ގިނަ ބަޔަކުވަނީ މަރުޙޫމްގެ އާއިލާއަށް ތައުޒިޔާ ކިޔާ، ސޯޝަލް މީޑިޔާގައި މެސެޖްތައް ހިއްސާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް