ބެލަރަސްގެ ރައީސް ހުޅަނގުގެ ބައެއް ޤައުމުތަކުން މީހުން އައުން މަނާކޮށްފި!

Loading

Facebook
Twitter
WhatsApp
    ބެލެރަސްގެ ރައީސް އެލެކްސެންޑަރ ލުކަޝެންކޯ، އެޤައުމުގެ ސިފައިން ހައި އެލާޓަށް ގެނެސް، ޕޮލޭންޑް އަދި ލިތުއާނިޔާ ފަދަ ތަންތަނުން އެޤައުމަށް މީހުން އައުން މަނާކޮށްފައެވެ. މި ނިންމުން ނިންމާފައިވަނީ، އެޤައުމުގައި 6 ހަފްތާވީއިރުވެސް ހުއްޓުމެއް ނެތި ކުރިޔަށްގެންދާ މުޒާހަރާތަކުގައި، ހުޅަނގުގެ ދައުރު ބޮޑުކަމަށް ރައީސް ލުކަޝެންކޯ ތުހުމަތު ކުރުމަށް ފަހުގައެވެ. އޭނާއަށްވަނީ ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާގެ ފާޑުކިޔުންވެސް އެތައް ފަހަރެެއްގެ މަތިން ކުރިމަތިވެފައެވެ.
     މިހަމަނުޖެހުންތައް ފެށިފައިވަނީ އޯގަސްޓް 9 ގައި އޮތް ރިޔާސީ އިންތިޚާބަށް ފަހުއެވެ. އިންތިޚާބުގެ ނަތީޖާ ދެއްކިގޮތުން މިހާރު އޮތް ސަރުކާރު 6 ވަނަ ދައުރަކަށް ވަނީ އަނެއްކާވެސް ހޮވިފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ ނަތީޖާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ މުޒާހަރާކުރަން ފަށައި ޤައުމުގެ މަސްރަހު ހަލަބޮލި ކޮށްފައެވެ.
      ”މަގުމައްޗަށް ސިފައިން ނެރުމަށާއި ސިފައިން އެލާޓްކުރުމަށާއި، އަދި ވަޤުތީގޮތުން ލިތުއާނާއާއި ޕޮލެންޑްގެ ބޯޑަރ ބަންދުުރީ އެކަން ކުރަން މަޖުބޫރުވެގެން.“ ލުކަޝެންކޯ އެޤައުމުގައި ބޭއްވި ފޯރަމެއްގައި ވިދާޅުވިއެވެ. އަދި ހަމައެއާއިއެކު ޔޫކްރެއިންއާއި އެކުވެސް ބޯޑަރ ވަރުގަދަ ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
      އޭނާ އިތުރަށް ބުނެފައިވަނީ އެޤައުމުގައި ދާޚިލީ ހަނގުރާމައެއް އުފައްދަން އޭނާ ބޭނުންނުވާ ކަމަށެވެ. އަދި އޭނާވަނީ ޔޫކްރެއިން، ލިތުއާނާ އަދި ޕޮލެންޑްގެ ރައްޔިތުންނަށް، އެމީހުންގެ ”މޮޔަ“ ސިޔާސީ ލީޑަރުންގެ ޢަމަލުތައް ހުއްޓުވުމަށް ގޮވާލައިފައެވެ.
       ބެލަރަސްގެ މިއިންތިޚާބުގެ މައި އިދިކޮޅު ކެންޑިޑޭޓް ސްވެޓްލާނާ ވަނީ މުޒާހަރާ ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ނުޙައްޤުން އަނިޔާކުރާ ކަމަށް ގޮވާލާ އެކަން ކުއްވެރި ކޮށްފައެވެ. މިހާތަނަށް މުޒާހަރާތަކުގައި 7000 އަށް ވުރެން ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އެތައް ސަތޭކަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. މިކަމާ ދެކޮޅަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ދަނީ އިދިކޮޅު ލީޑަރުންނާއި ގުޅިގެން، އަނިޔާވެރި ފުލުހުންނާއި ސިފައިން ހޯދާ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް