ކޯވިޑް19: އިއްޔެ އިތުރު 67 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 67 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 5 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 62 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
    އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 44 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 23 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.
    އިއްޔެ ފައްސިވީ މީހުންނާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 9494 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1422 އެކްޓިވް ކޭސް ހިމެނޭއިރު، 104 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 684 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.
     އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 20 ރަށަކުން އެކްޓިވް ކޭސްތައް ފާހަގަވެފައި ވެއެވެ. މީގެ ތެރޭގައި 29 ރިސޯޓެއްވެސް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް