ރާއްޖެއަށް ބޭރުންއަންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުން-އެމްއޭސީއެލް

Loading

Facebook
Twitter
WhatsApp

ކޯވިޑް19 ގެ ސަބަބުން ރާއްޖޭެގެ ބޯޑަރ ބަންދުކޮށްފައި އޮތުމަށްފަހު، ޖުލައި 15 ވަނަ ދުވަހު ބޯޑަރ އަލުން ހުޅުވާލާފައި ވާއިރު، އޮގަސްޓް މަހު ބޭރުން ރާއްޖެއައި މީހުންގެ އަދަދު ވަނީ %69 އިތުރުވެފައެވެ.

އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ޖުލައި 15 އިން އޯގަސްޓް 15 އަށް ރާއްޖެ އައިސްފައިވަނީ 7607 މީހުންނެވެ. ނަމަވެސް މިދިޔަ މަހު 16 އިން މިމަހު 15 އަށް 12،883 މީހަކު ރާއްޖެ އައިސްފައިވެއެވެ.

ހަމަ އެއާއިއެކު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މީހުންގެ ނިސްބަތްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ބޯޑަރ ހުޅުވާލިފަހުން ފުރަތަމަ މަހުގެ ތެރޭގައިވަނީ 9241 މީހަކު ރާއްޖެއިން ފުރައިފައެވެ. އަދި ދެވަނަ މަހުގެ ތެރޭގައި 14،983 މީހުންވަނީ ރާއްޖެއިން ފުރައިފައެވެ. މި ދެމަހުގައި ވެސް ރާއްޖެ އައި މީހުންނަށް ވުރެން ފުރި މީހުންގެ ނިސްބަތް ގިނައެވެ.

ކޯވިޑް19 ގެ ހާލަތާއި ގުޅިގެން ދުނިޔޭގެ ބޮޑެތި އެއަރލައިންތަކުގެ ދަތުރުތައްވެސް ހުއްޓި، ބޮޑެތި ގެއްްލުންތަކެއްވަނީ އެކުންފުނިތަކައްވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް