މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަދަހައްދަކަށް ވައިޓް އެލާޓް ނެރެފި!

  މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އެންމެ އުތުރުން ހއ އަތޮޅުން ތ އަތޮޅާއި ދެމުދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.     ވައިޓް އެލާޓް ނެރެފައިވަނީ ރޭ 23:00 އިން ފަށަައިން ފަތިހު 5:00 އާހަމަޔަށެވެ.     މި ވަޤުތުގެ ތެރޭގައި ގަޑިޔަކު 19 މޭލާއި 24 މޭލާއި ދެމެދުގެ މިންވަރަކަށް ވައިގަދަވާނެ ކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެދާނެ ކަމަށް މެޓް އޮފީހުންވަނީ ލަފާކޮަށްފައެވެ. […]

ކަރަންޓީން ފެސިލިޓީތަކުން ފިލައިގެންއުޅޭ 11 ބިދޭސީއަކު ހޯދަންފަށައި

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މީހުން ކަރަންޓީންކުރަން ހަދާފައިވާ ފެސިލިޓީތަކަކުން ފިލައިގެން އުޅޭ 11 ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. ފިލައިގެން އުޅޭމީހުންގެ ވަނަވަރު މިއަދު އާންމުކޮށް ފުލުހުން ބުނީ އެމީހުންނަކީ ބަންގްލަދޭޝް މީހުންކަމަށާއި އެމީހުންނަކީ ގަވާއިދާޚިލާފަށް އުޅޭބައެއްކަމަށެވެ. އަދި އެމީހުން ފިލާފައިވަނީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައާއި ގުޅިގެން ހޯދަމުންދަނީ : ލޮފަކްކުރި، ލަކްސްމިޕޫރު ( ޕާސްޕޯޓް ނަންބަރު : BM0938722 ) ބައްޗު، […]

ކޯވިޑް-19: އިއްޔެ 199 މީހަކު ފައްސިވެއްޖެ!

     ރާއްޖެއިން ކޯވިޑް19 އަށް އިތުރު 199 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. މިއީ ފަހަކަށް އައިސް އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވީ އެއް ދުވަހެވެ. މިއަދު އަތޮޅުތެރެއިންވެސް ވަނީ 31 މީހަކު ބައްޔަށް ފައްސިވެފައެވެ. މިއީ ފަހަކަށް އައިސް އަތޮޅުތެރެއިންވެސް އެންމެ ގިނަ ކޭސް ފެނުނު އެއް ދުވަހެވެ.      އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި 145 ދިވެހިން ހިމެނެއެވެ. އޭގެ އިތުރުން ދެން ހިމެނެނީ، ބަނގްޅަދޭޝްގެ 42 މީހަކާއި، އިންޑިޔާގެ 5 މީހަކާއި، […]

އިންޑިއާއިން ކޮރޯނާ ވައިރަސްގެ މޭލުދަނޑި ފަހަނަޅައި ގޮސްފި – ދުނިޔޭގައި އެއްދުވަހެއްގައި އެންމެ ގިނަ މީހުން ފައްސިވީ އިންޑިއާގައި

ނިއު ދެއްލި- އިންޑިއާގައި ކޮރޯނާ ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު 1 މިލިއަން އަށް އަރަން 5 މަހައްވުރެ ގިނަ ދުވަސް ނެގިއެވެ. އަދި 2 މިލިއަން އެރީ އޭގެ 21 ދުވަސް ފަހުންނެވެ. އޭގެ ފަހުން 3 ވަނަ މިލިއަން އަށް ވާސިލުވާން ނެގީ ކުރު އެންމެ 16 ދުވަހެވެ. ކަމާއި ބެހޭ މާހިރުން ވިދާޅުވާގޮތުގައި ބާރުމިނުގައި ފެތުރެމުންދާ މި ބަލިމަޑުކަން ގައުމުގެ އެކި ސަރަހައްދުތަކަށް ފެތުރެމުންދާ މި ދަނޑިވަޅުގައި، ސިޔާސީ ލީޑަރުން އިގްތިސާދު ހުޅުވާލަން […]

މުޙައްމަދު ބިން ސަލްމާންގެ ކުރި އެރުން، ދިހަ ފިޔަވަޅުން – 50 މިލިއަން ޑޮލަރުގެ ޕާޓީތަކުން ފެށިގެން ޖަމާލް ޚަޝޯގީގެ ގަތުލާ ހަމައަށް

މީގެ ފަސް އަހަރުގެ ކުރިން މުޙައްމަދު ބިން ސަލްމާންގެ ބައްޕާފުޅު ރަސްކަމަށް ވަޑައިގަތުމުގެ ކުރިން ސަޢުދީ އަރަބިއާގެ ބޭރުން މަދު ބަޔަކަށް މެނުވީ އޭނާއަކީ ކާކު ކަމެއް ނޭނގެއެވެ. ނަމަވެސް މިހާރު މި 34 އަހަރުގެ ވަލީއަހުދަކީ ދުނިޔޭގެ އެންމެ ތަނަވަސް ގައުމުތަކުގެ ތެރެއިން ގައުމެއްގެ ނުރަސްމީ ވެރިޔާ ކަމަށް ބެލެވެއެވެ. އަލަށް ޝާއިއު ކުރެވިފައިވާ ފޮތެއްގައި މިކަން މިހެން ކޮށްފައިވާ ގޮތުގެ ތަފްސީލު ކިޔާދީފައި ވެއެވެ.  ފުރަތަމަ މަރުހަލާ – ރަށެއް ކުއްޔަށް ހިފައި 50 […]

ތެޔޮ ބަންޑުންވީ ސަރަހައްދެއްގައި ކޯމަސްތަކެއް މަރުވެފައި ތިއްބާ ފެނިގެން މޮރިޝަސްގައި އެތައް ހާސް ބަޔަކު މުޒާހަރާކުރަމުން އެބަދޭ.

މޮރިޝަސްގެ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ވޭތުވެދިޔަ ހުކުރު ދުވަހު މައުލޫމާތުދިން ގޮތުގައި ތެޔޮ ބަންޑުންވި ސަރަހައްދުން މަރުވެގެން އެއްގަމަށް ލެއްގި ކޯމަސްތަކުގެ އަދަދު މިހާރުވަނީ 38 އަރާފައެވެ. މޮރިޝަސްގެ ވެރިކަން ކުރާ ޕޯރޓް ލުވިސް ގައި ޖަޕާނުގެ މަނަވަރަކުން ތެޔޮ ބަންޑުންވުމާއި، ގޮތް ނޭގޭ ގޮތެއްގައި އެ ސަރަހައްދުން މަރުވެފަިތިބި ކޯމަސް ތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި އަޑުއުފުލައިފިއެވެ. ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުން މި ކޯމަސްތައް މަރުވެފައި ވަނީ އެމް. ވީ. […]

އާޝޫރާ: މުޙައްރަމް މަހު މުސްލިމުން ރޯދަ ހިފައި ހިތާމަ ފާޅުކުރަނީ ކީއްވެ؟

ދިހައެއް މުޙައްރަމް ފާހަގަކުރަނީ ރަސޫލު ސައްލައްﷲ ޢަލައިހި ވަސައްލަމްގެ ކާފަފުޅު ދަރިކަލުނާއި އިދިކޮޅަށް މީލާދީން  680 ވަނަ އަހަރުގައި ކަރުބަލާގައި ހިނގި ހަނގުރާމައިގައި އެ ދަރިކަލުން ޝަހީދުވި ހާދިސާއިންނެވެ. ހިޖުރީ ކަލަންޑަރުގެ ފުރަތަމަ މަސް ކަމަށްވާ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހުގައި ހުރިހާ މުސްލިމުން އާޝޫރާ ދުވަސް ފާހަގަ ކުރެއެވެ. މިދުވަސް ފާހަގަ ކުރަނީ ނޫޙުގެފާން ނަވުން ފައިބައިވަޑައިގަތް ދުވަހަށް ވުމުންނާއި، ﷲ ތަޢާލާ މޫސާގެފާނުން ފިރުއައުންގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހުގެ ގޮތުގައިވެސްމެއެވެ. ރަސޫލް ޒަމާނުގައި […]

”އިސްލާޙް“ކުރި ފްލެޓް ލިސްޓް- އެކެނިވެރި މައެއްގެ އުދާސްތައް!

އެއީ ފިސާރި ދިވެހި ލޭހިނގާ ދިވެހި ކަނބަލެކެވެ. ނަސީބު އަތުގައި ނުހިފުމުން ޙަޔާތުގައި މިހާތަނަށް މާބޮޑެތި އުފާތަކެއް ނުލިބުނަަސް، ދެދަރިންނާއި، އަމިއްލަ ނަފްސަށްޓަކާ ފޮނި އުއްމީދުތަކެއް ކުރަމުންދާ މައެކެވެ. ކަންދިމާ ކުރި ގޮތުން މާލޭ މީހަކަށް ވީކަމުގައި ވީނަމަވެސް، ދިރިއުޅެން ޖެހުނީ ދޮންބައްޕަގެ ގޭގައެވެ. އުޅެ ބޮޑުވީ އެތަނުގައެވެ. އަމިއްލަ ބައްޕަ، އަދި މަންމަގެ ވެސް ގެދޮރެއް ނެތެވެ. މާލެ ނޫން ދިރިއުޅޭނެ އިތުރު ރަށެއްވެސް ނެތެވެ. ފޮނި އުއްމީދުތަކަކާއި އެކު ފެށި ޒަވާޖީ ހަޔާތްވެސް ފެނަށް […]

ކޮވިޑަށް ޕޮޒިޓިވްވި މިހާ ވިލިގިއްޔަށް އެރުވުމަށް ދެކޮޅު ހެދި މީހުންނަށް ހަރުކަށި އަދަބުދޭން އެ ރަށުކައުންސިލުން ގޮވާލައިފި

ގއ ވިލިގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަން މަސައްކަތްކުރި ކޮވިޑް-19 އަށް ޕޮޒިޓިވް އުމުރުން ދުވަސްވީ މީހާ އެ ރަށަށް އަރުވަން ދެކޮޅު ހެދި މިހުންނަށް ހަރުކަށި ފިޔަވަޅު އަޅަން އެރަށު ކައުންސިލުން ގޮވާލައިފި އެވެ. އަތޮޅުކައުންސިލް އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ގދ ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހާ ވިލިގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާދިނުމާއި ދެކޮޅަށް މަދު ބަޔަކު ނިކުމެ ހިންގާފައިވާ އަމަލަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށެވެ. “ މިއަދު ވިލިގިލީގައި […]

ފްލެޓް ކުއްޔަށް ދިނުމަކީ ގެދޮރުވެރިކަން ބޭނުންވާ މީހުންގެ ހައްގަށް ލިބޭ އުނިކަމެއް: ހައުސިން މިނިސްޓްރީ

ފްލެޓް ލިބޭ ފަރާތްތަކުން އެތަންތަން ކުއްޔަށް ދިނުމަކީ މާލެއިން ގެދޮރުވެރިކަން ބޭނުންވާ އެހެން މީހުންގެ ހައްގަށް ލިބޭ އުނިކަމެއް ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ. ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ، ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާ ވިދާޅުވީ ގެދޮރަކީ ވަރަށް ބޮޑަށް އާމްދަނީއަށް ހޯދުމަށް ބޭނުން ކުރެވޭ އެއްޗެއް ކަމަށާއި، މިހާރުގެ ހާލަތުގައި ވަޒީފާއިން ލިބޭ މުސާރައިން އެކަނި ފުއްދާ ނުލެވޭ ކަމަށެވެ. މާލޭގައި ދިރިއުޅުމުގެ […]