މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އެންމެ އުތުރުން ހއ އަތޮޅުން ތ އަތޮޅާއި ދެމުދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ވައިޓް އެލާޓް ނެރެފައިވަނީ ރޭ 23:00 އިން ފަށަައިން ފަތިހު 5:00 އާހަމަޔަށެވެ.
މި ވަޤުތުގެ ތެރޭގައި ގަޑިޔަކު 19 މޭލާއި 24 މޭލާއި ދެމެދުގެ މިންވަރަކަށް ވައިގަދަވާނެ ކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެދާނެ ކަމަށް މެޓް އޮފީހުންވަނީ ލަފާކޮަށްފައެވެ.
އަދި ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވެދާނެ ކަމަށް މެޓް އޮފީހުންވަނީ ލަފާ ކޮށްފައެވެ. އަދި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާއި ދެމެދަށް އުފުލޭނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ވަޤުތުތަކުގައި، މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދަ އަރަރިފާނެތީ އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮަށްފައެވެ.
