ކޯވިޑް-19: އިއްޔެ 199 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp
     ރާއްޖެއިން ކޯވިޑް19 އަށް އިތުރު 199 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. މިއީ ފަހަކަށް އައިސް އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވީ އެއް ދުވަހެވެ. މިއަދު އަތޮޅުތެރެއިންވެސް ވަނީ 31 މީހަކު ބައްޔަށް ފައްސިވެފައެވެ. މިއީ ފަހަކަށް އައިސް އަތޮޅުތެރެއިންވެސް އެންމެ ގިނަ ކޭސް ފެނުނު އެއް ދުވަހެވެ.
     އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި 145 ދިވެހިން ހިމެނެއެވެ. އޭގެ އިތުރުން ދެން ހިމެނެނީ، ބަނގްޅަދޭޝްގެ 42 މީހަކާއި، އިންޑިޔާގެ 5 މީހަކާއި، ލަންކާގެ 3 މީހަކާއި، އެމެރިކާގެ 2 މީހަކާއި، ޗައިނާ އަދި ޖަޕާނުގެ ދެމީހުންނެވެ.
     އިއްޔެ ބަލިޖެހުނު މީހުންނާއި އެކު ބަލިޖެހުނު މީހުންގެ އަދަދު 8003 އަކަށް އަރާފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި 2703 ކޭހެއް އިއްޔެއާއި ހަމަޔަށް ފާހަގަ ކުރެވިފައިވެއެވެ. މީގެ ތެރެއިން 162 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާދެމުން ދާއިރު، 1395 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އިއްޔެއާއި ހަމަޔަށް ތިއްބެވެ.
        އިއްޔެ ވަނީ މިބަލީގައި 79 އަހަރުގެ ދިވެއްސެއް މިބަލީގައި ނިޔާވެފައެވެ. މިއާއިއެކު މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 29 އަށް އަރާފައިވާއިރު، 5265 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް