ހަނިކޮށްފައި އޮތް ވެރިކަމުގެ ބާރުތައް ހޯއްދެވުމަށް ސްރީލަންކާގެ ރައީސް ރާޖަޕަކްސާ ފައްޓަވައިފި

ރައީސްކަމުގައި ދެދައުރު ހުންނެވޭގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު އޭނާގެ ސަރުކާރުން ބާޠިލުކުރައްވާނެކަމަށް ގޮޓަބަޔާ ރާޖުޕަކުސާ ވިދާޅުވެއްޖެއެވެ. ރައީސްކަމުގައި ދެދައުރު ހަމައެކަނި ހުންނެވޭގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާޠިލުކުރުމަށް އޭނާގެ ސަރުކާރުގެ ކޯލިޝަނަށް މިދިޔަ އިންތިޚާބުގައި ރައްޔިތުން ހަވާލުކޮށްފައިވާ މަސައްކަތް ކުރައްވާނެ ކަމަށް ސްރީލަންކާގެ ރައިސް ވިދާޅުވިއެވެ. ބުރާސްފަތި ދުވަހު މަޖްލިސް ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ރައީސް ގޮޓަބަޔާ ރާޖުޕަކުސާ ވިދާޅުވީ ގާނޫނު އަސާސީއަށް ގެނެސްފައިވާ 19ވަނަ އިސްލާހު އުވާލެއްވުމަކީ، އޭނާގެ ސަރުކާރުން އެންމެ އިސްކަންދޭ […]
ނިއު ދިއްލީން މިލިއަނަކާ ގާތްކުރާ އަދަދެއްގެ ބަޔަކަށް ކޮރޯނާ ވައިރަސް ޖެހިފައި ތިބެދާނެ: ދިރާސާ

ނިއުދިއްލީގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ކޮވިޑު-19 އަށް ހުށަހެޅިފައިވެދާނެ ކަމަށާއި، މީގެ މާނައަކީ ރިކޯޑު ތަކުން އެދައްކާ ޢަދަދަށްވުރެ މިބަލީގެ ހާލަތު މާގޯސްކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ނިއުދިއްލީގެ ލޯކަލް ގަވަރމަންޓުން 15،000 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ސާރވޭއެއްގެ ނަތީޖާ ދައްކާ ގޮތުން، ނިއުދިއްލީގެ 20 މިލިއަން މީހުންގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ނޮވެލް ކޮރޯނާވައިރަސް ޖެހިފައި ވެދާނެއެވެ. މިއީ މިހާރުގެ ރިކޯޑުތަކުން ދައްކާ ޢަދަދަށްވުރެ މާމަތީ ޢަދަދެކެވެ. އިންޑިއާގެ ހެލްތު މިނިސްޓަރު ސަތިޔެންދުރަ ޖެއި […]
އޯއައިސީއާއި ޢަރަބި ލީގުން އެއްޗެއް ނުބުނެ ހިމޭނުން ތިބުމުގެ މާނައަކީ އެޖަމޢިއްޔާތަކުން ފަލަސްޠީނުގެ މަތިން ހަނދާން ނައްތާލުންބާ؟

ޔޫ އޭ އީ އާއި އިޒުރޭލުން ސިޔާސީ ގުޅުން ގާއިމުކުރަން އެއްބަސްވުމުން، އިސްލަމީ ދުނިޔެ ތަމްސީލުކުރާ ދެ ޖަމްޢިއްޔާއިން ހަނުތިބެއްޖެއެވެ. ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްކަމުގައިވާ، ޔޫ އޭ އީ އާއި އިޒުރޭލުން ސިޔާސީ ގުޅުން ގާއިމުކުރަން އެއްބަސްވުމުން، ޢަރަބި ދުނިޔޭގެ ގައުމުތައް ހިމެނޭ ޢަރަބި ލީގާއި، އޯގަނައިޒޭޝަން އޮފް އިސްލަމިކް ކޯޕަރޭޝަން (އޯ އައި ސީ) ހަނުތިބީ ވަރަށް ފާޅުކަންބޮޑުކޮށެވެ. ޢަރަބި ލީގު އެފެއްދީ 1945ގައި ޢަރަބި ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށެވެ. 1969 ގައި އޯ […]
ހުކުރު ދުވަހު މެލޭޝިއާއިން ފެނުނީ ކޮވިޑު-19 އަށް ފައްސިވި ނުވަ ވޭދަނަ (ކޭސް)، 13 މީހުން ބަލިން ރަނގަޅުވި.

ހުކުރު ދުވަހު މެލޭޝިއާގެ ސިއްޙަތާއިބެހޭ ވުޒާރާއިން ހާމަކުރި ހޮތުގައި އެދުވަހު އެގައުމުން ފެނުނީ ކޮވިޑު-19 އަށް ފައްސިވި ނުވަ ވޭދަނަ (ކޭސް) އެވެ. އެއިގެ ތެރެއިން 4 ވޭދަނައަކީ ބޭރުގައުމުތަކުން އައި މީހުންގެ ތެރެއިން ފާހަގަކުރެވުނު ވޭދަނައެވެ. މި އަދަދާއެކު މެލޭޝިޢާގައި ކޮވިޑު-19 ޖެހުނު މީހުންގެ ޢަދަދު 9،249 އަށް އަރާފައިވާ ކަމުގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ތަން ސްރީ ނޫރު ހިޝާމް ވިދާޅުވިއެވެ. މީގެ ތެރެއިން ބަލިން ފަސޭހަނުވެ ތިބީ 179މީހުންނެވެ. ”އެހެން ގައުމުތަކުން […]
ހޯރަފުށީ އެއަރޕޯޓްގައި ގަސްއިންދުން- ދާއިރާގެ އެއްބައިވަންތަކަމުގެ ނަމޫނާއެއް!

ހޯރަފުށީ ދާއިރާގެ ސިއްޙީ މަރުކަޒުތައް އަދި ފެނަކަ ބްރާންޗްތަށް ގުޅިގެން، ހޯރަފުށީ އެއަރޕޯޓުގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންގޮއްސިއެވެ. މިހަރަކާތުގައި ހޯރަފުށީ ސިއްޙީ މަރުކަޒުގެ އިތުރުން، އުލިގަމު އަދި ތުރާކުނުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އަދި ތުރާކުނު ފެނަކަ ބްރާންޗުންވެސް ވަނީ ބައިވެރިވއެފައެވެ. މިހަރާކަތުގައި އެރަށްރަށުގެ ފަރާތުން ލިބޭ އެއްބާރުލުމަށް ހޯރަފުށީ ކައުންސިލުންވަނީ ފަށްފަށުން ޝުކުރު އަދާކޮށްފައެވެ. އަދި މިއީ ދާއިރާގެ ރަށްތަކުން ދައްކުވައިދޭ ނަމުނާއެއް ކަމަށް ކައުންސިލުންވަނީ ސިފަ ކޮށްފައެވެ. އޯގަސްޓް21،20 ވަނަ ދުވަހު […]
ޔޫރެޕާ ލީގުގެ ޗެމްޕިއަންކަން ސެވިއްޔާ އެފްސީއަށް!

ރޭކުޅެވުނު ޔޯރޮޕާ ލީގުގެ ފައިނަލް މެޗްގައި އިންޓަރ މިލާން ބަލިކޮށް ސެވިއްޔާ އެފްސީއިން މުބާރާތުގެ ޗެމްޕިއަންކަން ކާމިޔާބު ކޮށްފިއެވެ. އެޓީމުން ފައިނަލް މެޗް ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއިންނެވެ. މެޗް ފަށައިގެން މާގިނަ އިރުތަކެއް ނުވެ ފުރަތަމަ ގޯލް މެޗްގެ 5 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ލިބުނު ޕެނެލްޓީއަކުން އެޓީމުގެ ފޯވަރޑް ލުކާކޫ އެވެ. އޭގެ ފަހުން މާގިނަ އިރުތަކެއް ނުވެ ސެވިއްޔާގެ ޑިޔޯންގެ ވަނީ މެޗްގެ 12 ވަނަ މިނިޓުގައި ނަތީޖާ ހަމަ ހަމަ […]
ކޯވިޑް-19؛ އިތުރު 194 މީހަކު ބައްޔަށް ފައްސިވެއްޖެ!

ރާއްޖެއިން ކޮވިޑް19 އަށް އިތުރު 194 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ކޯވިޑަށް ފައްސިވެފައިވަނީ މާލެ ސަރަހައްދުގެ 191 މީހަކާއި، އަދި އަތޮޅުތެރޭގެ 3 މީހެކެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި 167 ދިވެއްސަކު ހިމެނޭއިރު، އޭގެ އިތުރުން ގިނަ ޤައުމުތަކެއްގެ މީހުން ހިމެނެއެވެ. އެގޮތުން ދެން ހިމެނެނީ ބަނގްޅަދޭޝްގެ 16 މީހަކާއި، އިންޑީޔާގެ 7 މީހަކާއި، ލަންކާ، ނޭޕާލް، ތައިލޭންޑް އަދި އިޓަލީ، މީން ކޮންމެ ޤައުމަކުން އެކަކެވެ. އިއްޔެ ބައްޔަށް ފައްސިވީ މީހުންނާއިއެކު ފައްސިވީ މީހުންގެ […]
ކީރިތި ރަސޫލާގެ ހިޖްރައިން އިބްރަތްހާސިލްކޮށް، ގައުމު ސަލާމަތްކުރައްވާ

ހިޖްރީ އާއަހަރަކަށް އަލިވިލައިފި އެވެ. ހިޖްރީ އާ އަހަރަކީ މުހައްރަމް މަހުގެ އެއްވަނަ ދުވަހެވެ. މި ދުވަހު މުހިންމުވާ ގިނަ ސަބަބުތަކެއް ވެއެވެ. ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައިވަނީ ރަސޫލާ ސައްލައްﷲ އަލަހި ވަސައްލަމް ހިޖުރަ ކުރައްވައި މައްކާއިން މަދީނާ އަށް ވަޑައިގެންނެވި މަތިވެރި ހާދިސާ އާއެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ހާދިސާ އެވެ. ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުން މައްކާގައި ތިއްބެވިއިރު މުޝްރިކުންގެ ދުއްތުރާ އިންތިހާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އަމިއްލަ […]
އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދޭނެ

އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް، ފުއްދަވާ ދެއްވާނެ ކަމަށް، އެމް.ޑީ.ޕީ ގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު އާއި ގައުމުގެ ރައީސް ސޯލިޙު އެގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ. އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކަކީ އެޖެންޑާ 19 ގައި ބަޔާންވެގެންވާ ވަޢުދުތަކެވެ. މި 5 އަހަރު ނިމޭނީ މިދެންނެވި ވަޢުދުތައް ފުދި، ރައްޔިތުންނަށް އުފާވެރި ޒަމާނެއް ދައްކާދީފައެވެ. ޚާއްޞަކޮށް އެންމެހާ ރައްޔިތުން ޝާމިލްކޮށް ރައްޔިތު މީހާއަށް ތާހިރު ދިރިއުޅުމެއް ދައްކާދީފައެވެ. ޝައްކު ނުކުރައްވާށެވެ. ކޮރޯނާ ވައިރަސްގެ […]
ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރައިފާނެކަމަށް ސަމާލުވާން އެދިއްޖެ!

ރާއްޖޭގެ ބައެއް ރަށްތަކަށް އުދައަރާތީ އެކަމަށް ސަމާލުވާން މެޓް އޮފީހުން އެދިއްޖެއެވެ. މިއަދު އެކި ވަގުތުތަކުގި، އެކި ރަށްރަށަށް އުދަ އެރި ކަމުގެ މައުލޫމާތުވެސް ދަނީ ލިބެމުންނެވެ. މިގޮތުން ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކަށްވެސް މިއަދުވަނީ އުދައިގެ އަސަރު ކޮށްފައެވެ. އެގޮތުން ރާޅުގަނޑު ސަރަހައްދަށާއި ކާނިވާ ސަރަހައްދަށް ރާޅު އެރިކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފައިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ފިޔަވާ އެހެން ހިސާބުތަކަށް މޫސުން ރަނގަޅު ވާނޭ ކަމަށެވެ. ނަމަވެސް […]