ޔޫރެޕާ ލީގުގެ ޗެމްޕިއަންކަން ސެވިއްޔާ އެފްސީއަށް!

Loading

Facebook
Twitter
WhatsApp

ރޭކުޅެވުނު ޔޯރޮޕާ ލީގުގެ ފައިނަލް މެޗްގައި އިންޓަރ މިލާން ބަލިކޮށް ސެވިއްޔާ އެފްސީއިން މުބާރާތުގެ ޗެމްޕިއަންކަން ކާމިޔާބު ކޮށްފިއެވެ. އެޓީމުން ފައިނަލް މެޗް ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއިންނެވެ.

މެޗް ފަށައިގެން މާގިނަ އިރުތަކެއް ނުވެ ފުރަތަމަ ގޯލް މެޗްގެ 5 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ލިބުނު ޕެނެލްޓީއަކުން އެޓީމުގެ ފޯވަރޑް ލުކާކޫ އެވެ. އޭގެ ފަހުން މާގިނަ އިރުތަކެއް ނުވެ ސެވިއްޔާގެ ޑިޔޯންގެ ވަނީ މެޗްގެ 12 ވަނަ މިނިޓުގައި ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. ސެވިއްޔާ އަށް ފުރަތަމަ ލީޑް ނަގައިދިނީ ވެސް ޑިޔޯނގް އެވެ. އެއީ މެޗްގެ 33 ވަނަ މިނިޓުގައެވެ. މި ދެގޯލް ވެސް ކާމިޔާބު ކޮށްދިނީ ބޮލުން ޖެހި ބޯޅަތަކަކުން ކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް އަނެއްކާވެސް 35 ވަނަ މިނިޓުގައި އިންޓަރ ގެ ޑ.ގޯޑިން ވަނީ ހިލޭޖެހުމަކުން ނެގި ހުރަސް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.

ސެވިއްޔާއަށް ޗެމްޕިއަންކަން ހޯދައިދިން ގޯލް މެޗްގެ 74 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ކާލޯސްއެވެ. ކާލޯސް އޯވަރހެޑް އަކުން ޖަހާ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ އިންޓަރ މިލާންގެ ލުކާކޫގެ ފައިގަ ޖެހިފައެވެ.

ސެވިއްޔާގެ މި މޮޅާއިއެކު މިއީ އެޓީމުން ޔޫރޮޕާ ލީގުގެ ތަށި އުފުލާލި 6 ވަނަ ފަހަރެވެ. މިމޮޅަކީ ސެވިއްޔާގެ ކޯޗް ޖުލެން އަށް ވެސް ވަރަށް ޚާއްސަ މޮޅެކެވެ. އޭނާ ވަނީ ކުރިން ސްޕެއިންގެ ކޯޗްކަމުން ވަރލްޑް ކަޕްގެ ތިން ދުވަސް ކުރިން ވަކިކޮށްފައެވެ. އަދި ރެއާލް މެޑްރިޑްގެ ކޯޗްކަމާއި ހަވާލުވީތާ ވެސް ހަތަރުމަސް ފަހުން އޭނާ ވަނީ އެޓީމުން ބޭރުކޮށްލައިފައެވެ. މި މޮޅާއި އެކު ޖުލެން އަށް ދަނީ ގިނަބަޔަކު ތަޢުރީފު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް