ހޯރަފުށީ އެއަރޕޯޓްގައި ގަސްއިންދުން- ދާއިރާގެ އެއްބައިވަންތަކަމުގެ ނަމޫނާއެއް!

Loading

Facebook
Twitter
WhatsApp

ހޯރަފުށީ ދާއިރާގެ ސިއްޙީ މަރުކަޒުތައް އަދި ފެނަކަ ބްރާންޗްތަށް ގުޅިގެން، ހޯރަފުށީ އެއަރޕޯޓުގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންގޮއްސިއެވެ. މިހަރަކާތުގައި ހޯރަފުށީ ސިއްޙީ މަރުކަޒުގެ އިތުރުން، އުލިގަމު އަދި ތުރާކުނުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އަދި ތުރާކުނު ފެނަކަ ބްރާންޗުންވެސް ވަނީ ބައިވެރިވއެފައެވެ.

މިހަރާކަތުގައި އެރަށްރަށުގެ ފަރާތުން ލިބޭ އެއްބާރުލުމަށް ހޯރަފުށީ ކައުންސިލުންވަނީ ފަށްފަށުން ޝުކުރު އަދާކޮށްފައެވެ. އަދި މިއީ ދާއިރާގެ ރަށްތަކުން ދައްކުވައިދޭ ނަމުނާއެއް ކަމަށް ކައުންސިލުންވަނީ ސިފަ ކޮށްފައެވެ.

އޯގަސްޓް21،20 ވަނަ ދުވަހު ހިންގުނު މި ހަރަކާތުގައި ގިނަ އަދަދެއްގެ ގަސް ވަނީ އިންދައިފައެވެ. ހޯރަފުށީގައި ތަރައްޤީ ކުރަމުންދާ އެއަރޕޯޓްގައި 100،000 ގަސް އިންދުމުގެ ހަރަކާތުގައި މީގެ ކުރިންވެސް ވަނީ އެމްއެންޑީއެފް، އެމްޓީސީސީ އަދި ދާއިރާގެ ރަށްތަކުގެ އެކި އެކި ފަރާތްތަކުން ބައިވެރިވެފައެވެ. ހަމަ އެއާއިއެކު ރަށުގެ ޒުވާނުންނާއި ހުރިހާ މުއައްސަސާތައްވެސް ވަނީ މިހަރަކާތުގައި ބައިވެރިވެފައެވެ. ހަމަ އެހެންމެ އަތޮޅު މަދަރުސާގެ ދަރިވަރުން ވެސް ވަނީ މީގެ ކުރިން މިހަރަކާތުގައި ބައިވެރިވެފައެވެ.

މިހަރަކާތުގައި ވަނީ ރަށުގެ ޒުވާނުންގެ މެދުގައި އުފެދިފައިވާ އެކި އެކި ކްލަބް ޖަމިއްޔާތަކުން ވެސް ބައިވެރިވެފައެވެ. މިގޮތުން އެފްސީ ފްރިގޭޓަރސް، ދަންމަރު ޔުނައިޓެޑް، އެފްސީ 22، ޖީއެސް ޔުނައިޓެޑް އަދި ރަށުގެ ވަރަށް ޅަކުދިންގެ ގްރޫޕެއް ކަމުގައިވާ ހަހެތީގެ ނަން ފާހަގަ ކޮށްލެވެއެވެ.

ހޯރަފުށީގައި ކުރިޔަށްގެންދާ މިހަރަކާތަކީ ރަށާއި އަތޮޅުގެ ރައްޔިތުންގެ އެއްބައިވަންތަކަން ހާމަކޮށްދޭ ދިރިހުރި މިސާލެއް ކަމަށް ގިނަބަޔަކު ސިފަ ކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް