ކޯވިޑް-19؛ އިތުރު 194 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޮވިޑް19 އަށް އިތުރު 194 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ކޯވިޑަށް ފައްސިވެފައިވަނީ މާލެ ސަރަހައްދުގެ 191 މީހަކާއި، އަދި އަތޮޅުތެރޭގެ 3 މީހެކެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި 167 ދިވެއްސަކު ހިމެނޭއިރު، އޭގެ އިތުރުން ގިނަ ޤައުމުތަކެއްގެ މީހުން ހިމެނެއެވެ. އެގޮތުން ދެން ހިމެނެނީ ބަނގްޅަދޭޝްގެ 16 މީހަކާއި، އިންޑީޔާގެ 7 މީހަކާއި، ލަންކާ، ނޭޕާލް، ތައިލޭންޑް އަދި އިޓަލީ، މީން ކޮންމެ ޤައުމަކުން އެކަކެވެ.

އިއްޔެ ބައްޔަށް ފައްސިވީ މީހުންނާއިއެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދުވަނީ 6564 އަށް އަރައިފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި 2527 ކޭހެއް ފާހަގަ ކޮށްލެވޭއިރު، 166 މީހަކު ވަނީ އެޑްމިޓްކުރެވިފައެވެ. އަދި 1398 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރި ކުރެވިފައެވެ.

ކޯވިޑް19 ގައި އިއްޔެ ވަނީ ރާއްޖެއިން ދިވެއްސަކާއި ބަނގްޅަދޭޝްގެ މީހަކު ނިޔާވެފައެވެ. މިއާއިއެކު މިބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 26 އަށް އަރައިފައެވެ.

ކޯވިޑް-19 ފެތުރޭ މިންވަރު ގިނަވެ، ރާއްޖޭގެ ވަސީލަތްތަކަށް ނުކަތާ ހިސާބަށް ގޮސްފާނެ ކަމުގެ ބިރު މިވަނީ ހީވެފައެވެ.

Loading

One Response

  1. ކޮވިޑް ހަމަ ރީއްޗައްވެސް ދިވެހިރާއްޖޭގައި މިވަނީ ފާލުން ނެއްޓިފައެވެ. މިކަމުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެއެވެ. އެހެނީ ރައްޔިތުންގެ ޚަޒާނާއިންނާއި ބޭރުގެ އެނހީން ލިބުނުފައިސާތަކަށް ތިވަނީ ގަނޑުކޮށް ޚިޔާނާތްތެރި ވެފައެވެ. ރައީސް ސޯލިހުގެ ސޯލިހު މަކާއިމެދު ސުވާލުއުފެދިއްޖެއެވެ. ނޫނީ ނާގަބިލުކަމުގެ ބޮޑުކަމާއިއެވެ. ވަރަށްދެރަވަމެވެ. ރައްޔަތުން ވަރަށް ބިކަ ޙާލުގައި ޖެހިއްޖެމެއެވެ. ޢާމްދަނީ ޒީރޯއަށް ދިޔައިމާ ވަރަށް ހިތްދަތިކަމާއިއެކު ރޮވެނީއެވެ. ސަހަރޯހީވާ ޙާލުގައި މާލެ ދޫކޮށް ކުދިންކޮޅުވެސް ގޮވައިގެން ރަށަށް ދިއުންނޫންގޮތެއް ނެތުނީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް