ނިއު ދިއްލީން މިލިއަނަކާ ގާތްކުރާ އަދަދެއްގެ ބަޔަކަށް ކޮރޯނާ ވައިރަސް ޖެހިފައި ތިބެދާނެ: ދިރާސާ

Loading

Facebook
Twitter
WhatsApp

ނިއުދިއްލީގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ކޮވިޑު-19 އަށް ހުށަހެޅިފައިވެދާނެ ކަމަށާއި، މީގެ މާނައަކީ ރިކޯޑު ތަކުން އެދައްކާ ޢަދަދަށްވުރެ މިބަލީގެ ހާލަތު މާގޯސްކަމަށް ދިރާސާއަކުން ދައްކައިފިއެވެ. 

ނިއުދިއްލީގެ ލޯކަލް ގަވަރމަންޓުން 15،000 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ސާރވޭއެއްގެ ނަތީޖާ ދައްކާ ގޮތުން، ނިއުދިއްލީގެ 20 މިލިއަން މީހުންގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ނޮވެލް ކޮރޯނާވައިރަސް ޖެހިފައި ވެދާނެއެވެ. މިއީ މިހާރުގެ ރިކޯޑުތަކުން ދައްކާ ޢަދަދަށްވުރެ މާމަތީ ޢަދަދެކެވެ. 

އިންޑިއާގެ ހެލްތު މިނިސްޓަރު ސަތިޔެންދުރަ ޖެއި ބުރާސްފަތިދުވަހު އޮތް ނޫސް ކޮންފަރެއްސެއްގައި ވިދާޅުވި ގޮތުގައި، އިންޑިއާގެ ވެރިކަންކުރާ ރަށުގެ އާބާދީން ސާރވޭ ހަދަން ނެގި ސާމްޕަލަށް ހޮވުނު މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް ހުރިވަރު ބެލުނެވެ.  

މި ދިރާސާއިން ދެއްކިގޮތުން ދިއްލީގެ 29.1 އިންސައްތަ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީޒްވަނީ އުފެދިފައި، މީގެ މާނައަކީ އެމީހުންނަށްވަނީ މިބަލި ޖެހި ރަނގަޅުވެފައި“ ޖެއި ވިދާޅުވިއެވެ.

އެންމެ މަދުވެގެން، އިންޑިއާގެ ކޮންމެ ހަތަރު މީހަކުން އެކަކު ހުންނާނީ ކޮރޯނާ ވައިރަސް ޖެހިފައި ކަމުގައި، މިދިޔަ ހަފްތާގައި މަޝްހޫރު ލެބޯޓަރީއަކުންވެސް ވަނީ ބުނެފައެވެ. 

ޑރ. ވެލުމަނީ ރޮއިޓަރސްއަށް ޚަބަރު ދެއްވަމުން ވިދާޅުވީ، އޭނާގެ ކުންފުނި ތައިރޯކެއާ އިން އިންޑިއާގެ އެތަން މިތަނުން 270،000 މީހުންގެ އެންޓިބޮޑީސް ޓެސްޓު ހަދައިގެން ނަތީޖާ ދިރާސާކުރުމުން ފެނިގެން ދިޔައީ، އެވްރެޖްކޮށް 26 އިންސައްތަ މީހުންވަނީ ކޮރޯނާވައިރަސް ޖެހިފައިކަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް