ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރައިފާނެކަމަށް ސަމާލުވާން އެދިއްޖެ!

Loading

August 21, 2020
profile
Facebook
Twitter
WhatsApp
news

ރާއްޖޭގެ ބައެއް ރަށްތަކަށް އުދައަރާތީ އެކަމަށް ސަމާލުވާން މެޓް އޮފީހުން އެދިއްޖެއެވެ. މިއަދު އެކި ވަގުތުތަކުގި، އެކި ރަށްރަށަށް އުދަ އެރި ކަމުގެ މައުލޫމާތުވެސް ދަނީ ލިބެމުންނެވެ.

މިގޮތުން ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކަށްވެސް މިއަދުވަނީ އުދައިގެ އަސަރު ކޮށްފައެވެ. އެގޮތުން ރާޅުގަނޑު ސަރަހައްދަށާއި ކާނިވާ ސަރަހައްދަށް ރާޅު އެރިކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފައިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ފިޔަވާ އެހެން ހިސާބުތަކަށް މޫސުން ރަނގަޅު ވާނޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން އަދި އަދި އެހެނިހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލަށް ވައިޖެހޭނޭ ކަމަށް ވަނީ ލަފާ ކޮށްފައެވެ. ނަމަވެސް ދެކުނު ފިޔަވާ އެހެން ސަރަހައްދުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ވަނީ މޫސުން ރަނގަޅު ނަމަވެސް ދިޔަވަރު ބޮޑުވާ ވަޤުތުތަކުގައި އުދައެރުން އެކަށީގެންވާ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް