ހުކުރު ދުވަހު މެލޭޝިއާގެ ސިއްޙަތާއިބެހޭ ވުޒާރާއިން ހާމަކުރި ހޮތުގައި އެދުވަހު އެގައުމުން ފެނުނީ ކޮވިޑު-19 އަށް ފައްސިވި ނުވަ ވޭދަނަ (ކޭސް) އެވެ. އެއިގެ ތެރެއިން 4 ވޭދަނައަކީ ބޭރުގައުމުތަކުން އައި މީހުންގެ ތެރެއިން ފާހަގަކުރެވުނު ވޭދަނައެވެ.
މި އަދަދާއެކު މެލޭޝިޢާގައި ކޮވިޑު-19 ޖެހުނު މީހުންގެ ޢަދަދު 9،249 އަށް އަރާފައިވާ ކަމުގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ތަން ސްރީ ނޫރު ހިޝާމް ވިދާޅުވިއެވެ. މީގެ ތެރެއިން ބަލިން ފަސޭހަނުވެ ތިބީ 179މީހުންނެވެ.
”އެހެން ގައުމުތަކުން ބަލިޖެހިގެން މެލޭޝިއާއަށް އައި ފަހުން ކުއަލަލަމްޕޫރުން ފެނުނު މީހުންގެ ތެރޭގައި ފިލިޕީންސުން އައި މީހަކާއި، އޮސްޓްރިއާއިން އައި މީހަކާއި، ސެލަންގޯ އިން ފެނުނު އިންޑޮނޭޝިއާއިން އައި މީހަކާއި، އިންޑިއާއިން އައި މީހެއް ހިމެނޭ“ ތަން ސްރީ ނޫރު ހިޝާމް ވިދާޅުވިއެވެ.
މެލޭޝިއާއިން ބަލި ޖެހުނުކަމަށް ބެލެވޭ ފަސް މީހުންގެ ތެރޭގައި މެލޭޝިއާ ހަތަރު މީހުންނާއި، ގައުމަށް ދިއުމަށްޓަކައި ފުރުމުގެ ކުރިން ހަދަންޖެހޭ ޓެސްޓު ހެދިއިރު ބަލި ފެނުނު ބިދޭސީއަކު ހިމެނެއެވެ.
One Response
ނުވަ ވޭދަނަ (ކޭސް)، ވޭދަނަ، އެއީ އާ ދިވެހި ބަހެއްތަ؟ މަށަށް ނޭނގޭތީ ހަމަ އަހާލީ. ދެން އަނެއްވާހަކަ. މެލޭސިއާގެ 28 މިލިއަން މީހުންގެ އާބާދީއެއްވެސް ތިވަނީ ކޮވިޑަށް ކޮންޓްރޯލް ކުރެވިފައި. މި މަމެންގެ ރާއްޖެ ކީއްތަމިކުރަނީ؟ ބޯ ހަލާކުން ހަލާކު!