ހަނިކޮށްފައި އޮތް ވެރިކަމުގެ ބާރުތައް ހޯއްދެވުމަށް ސްރީލަންކާގެ ރައީސް ރާޖަޕަކްސާ ފައްޓަވައިފި

Loading

Facebook
Twitter
WhatsApp

ރައީސްކަމުގައި ދެދައުރު ހުންނެވޭގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު އޭނާގެ ސަރުކާރުން ބާޠިލުކުރައްވާނެކަމަށް ގޮޓަބަޔާ ރާޖުޕަކުސާ ވިދާޅުވެއްޖެއެވެ. 

ރައީސްކަމުގައި ދެދައުރު ހަމައެކަނި ހުންނެވޭގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާޠިލުކުރުމަށް އޭނާގެ ސަރުކާރުގެ ކޯލިޝަނަށް މިދިޔަ އިންތިޚާބުގައި ރައްޔިތުން ހަވާލުކޮށްފައިވާ މަސައްކަތް ކުރައްވާނެ ކަމަށް ސްރީލަންކާގެ ރައިސް ވިދާޅުވިއެވެ. 

ބުރާސްފަތި ދުވަހު މަޖްލިސް ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ރައީސް ގޮޓަބަޔާ ރާޖުޕަކުސާ ވިދާޅުވީ ގާނޫނު އަސާސީއަށް ގެނެސްފައިވާ 19ވަނަ އިސްލާހު އުވާލެއްވުމަކީ، އޭނާގެ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމެވެ. އެއަށްފަހު އާ ގާނޫނު އަސާސީއެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް