އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ ވާހަކަ -1 ވަނަބައި

’ރޫސީ ސާރިދޯޅު‘ ނުވަތަ ’ރަތް ސާރިދޯޅު‘ މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރު އާންމުވީ އިބާރާތެކެވެ. އެދުވަސް ވަރު ސޯވިއެޓު ޔުނިއަންއަށް ނިސްބަތްކޮށް ކިޔާ އުޅުނު ނަމެކެވެ. ރޫސީ ނުވަތަ ރަތް ސާރިދޯޅުގެ ވާހަކައަކީ ކޮބައިކަމާއި މިއަދު އެވާހަކަ ދައްކަން ޖެހުނު ސަބަބު ބަޔާންކޮށްދިނުމުގެ ކުރިން ފިނި ހަނގުރާމައަކީ ކޮބައިކަން ބުނެލަން ޖެހެއެވެ.  ރޫސީ ނުވަތަ ރަތް ސާރިދޯޅު ފާޅުވާން މެދުވެރިވި ސަބަބު އެނގިދިޔުމައްޓަކައެވެ. 1945ގައި ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު ދުނިޔޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ދިޔައެވެ. […]

ޑރ މައުސޫމް ޓުއަރިޒަމް މިނިސްޓަރަކަށް!

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރ ޑރ ޢަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރަކަށް އައްޔަނު ކުރައްވައިފިއެވެ. ޓުއަރިޒަމް މިނިސްޓަރަކަށް، މައުސޫމް އައްޔަނު ކުރައްވާފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި އަލީ ވަހީދު، މަޤާމުން ވަކިކުރެއްވުމާއި ގުޅިގެން މަޤާމު ހުސްވެފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ. ރައީސުލްޖުމްހޫރިއަޔާގެ އޮފީހުގެ ސްޕޯކްސްޕާރސަން އިބްރާހީމް ހޫދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިނިސްޓަރ އޮފް ޓޫރިޒަމް ގެ މަޤާމަށް، ޑރ ޢަބްދުﷲ މައުސޫމް ދަފްތަރު ނަންބަރު 4336 އިސްކުރައްވައި، އެމަނިކުފާނަށް މަޤާމުގެ […]

އިތުރު 129 މީހަކު ކޮވިޑު-19 އަށް ފައްސިވެއްޖެ!

އިއްޔެ އިތުރު 129 މީހަކު ކޮވިޑު19 އަށް ފައްސިވީ ކަމަށް އެހްޕީއޭ އިން ހާމަ ކޮށްފިއެވެ. އޭގެ ތެރެއިން 128 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން ފެނިފައިވަނީ އެއް ކޭސް އެވެ. މިއަދަދާއިއެކު ކޮވިޑު19 އަށް ރާއްޖެއިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 4898 އަށް އަރައިފައެވެ. މީގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ 2088 ކޭސްއެކެވެ. މިއީ ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ރެކޯޑު އަދަދެކެވެ. މީގެ އިތުރުން […]

ރިލްވާންގެ މައްސަލައިގައި ގިނަ ދުވަސްތަކަކަށް ފަހު ރައީސްގެ ބަހެއް!

2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ގެއްލުނު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ގިނަ ދުވަސްތަކަކަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ޓްވީޓެއް ކުރައްވައިފިއެވެ. އަހްމަދު ރިލްވާންގެ މައްސަލަވަނީ ރައީސް އުފެއްދި މަރުތަކުގެ ތަހުގީގު ކުރާ ކޮމިޝަނުންވެސް ތަހުގީގު ކޮށްފައެވެ. ނަމަވެސް މިމައްސަލަ ނުނިމި ގިނަދުވަސް ތަކެއް ވަމުންދާތީ ރިލްވާންގެ އާއިލާއާއި، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަކީ […]

ސައުދީގެ މާރުކޭޓެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ!

ސައުދީގެ އިރުމަތީ ސަރަހައްދުގެ މާރުކޭޓޭއްގައި އަލިފާންގަނޑެއް ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް މީޑީޔާ ރިޕޯޓްތަކުން ބުނެއެވެ. މި މާރުކޭޓަކީ ޖަނަވާރުންނަށް ކާންދޭ އެކި ބާވަތުގެ ހުޔާއި ފަތްޕިލާވެލި ގިނަ އަދަދަކަށް ގެންގުޅޭ ތަނެއް ކަމަށް މައުލޫމާތު ލިބެއެވެ. ހަފްރް އަލް ބާތިންގައި ރޯވި މި އަލިފާންގަނޑުގައި، މާރުކޭޓުގެ ޕާރކިންގް ސަރަހައްދުގައި ހުއި ބަރުކޮށްފައި އޮތް 20 އުޅަނދެއް އަނދާފައިވާ ކަމަށް ސައުދީގެ އަލް-ޔޫމް ނޫހުގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. އަލިފާންގަނޑު ރޯވި […]

ހޯރަފުށީ ފުޓްސަލްގެ ރަސްކަން ތިންވަނަ ފަހަރަށް ދަންމަރު ޔުނައިޓެޑަށް!

2020 ވަނަ އަހަރުގެ ހޯރަފުށީ ޔޫތް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދަންމަރު ޔުނައިޓެޑުން ހޯދައިފިއެވެ. މިއީ ދަންމަރު ޔުނައިޓެޑުން މިމުބާރާތް ޖެހިޖެހިގެން ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ. ދަންމަރުން ފައިނަލް މެޗް ކާމިޔާބު ކުރީ ފްރިގޭޓަރ ޔަންގްއާއި ބައްދަލުކޮށް 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ދަންމަރު ޔުނައިޓެޑް ފައިނަލަށް ދަތުރުކުރީ ހޯރަފުށީގެ އެންމެ ވަރުގަދަ އެއްޓީމް ކަމުގައިވާ އެފްސީ ފްރިގޭޓަރ ބަލިކުރުމަށްފަހުއެވެ. އަދި ހަމަ އެހެންމެ ފްރިގޭޓަރ ޔަންގް ފައިނަލަށް ދަތުރުކުރި ސެމީފައިނަލް މެޗަކީވެސް ގިނަ […]

ކޮވިޑްގެ ބަލި މީހުން ތިބީ މި 12 ރަށުގައި!

ކޮވިޑް-19 ގެ ބަލި މީހުން ތިބި ރަށްތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ރަށްރަށުން ޕޮޒިޓިވްވެފައި ވަނީ މާލެއިން ދިޔަ މީހުން ކަމަށާއި އެމީހުންނަކީ ރަށްރަށައް ހޯމް ކަރަންޓީނަށް ދިޔަ މީހުންނާއި މާލެއާއި ރަށްރަށާއި ދެމެދު ދަތުރުކުރާ ބޯޓްތަކުގައި މަސައްކަތް ކުރާ މީހުންކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. ކޮވިޑްގެ ބަލި މީހުން ތިބި ރަށްތަކަކީ ހއ. ކެލާ، ހދ. ނާވައިދޫ، ބ. ކުޑަރިކިލު، ރ. އިނގުރައިދޫ، ޅ. ހިންނަވަރު، ކ. […]

އެއާރއިންޑިއާގެ މަތިންދާބޯޓެއް ވެއްޓި 17 މީހަކު މަރުވެއްޖެ

އެއަރ އިންޑިއާ މަތިންދާބޯޓެއް ކެރެލާ ސްޓޭޓްގެ ކޮހިކޯޑް އެއަރޕޯޓަށްޖައްސަން އުޅެނިކޮށް ވެއްޓި އޭގެއިން ދަތުރުކުރި 17 މީހަކު މަރުވެ ގިނައަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެ އެވެ. ދުބާއީން ފުރައިގެން 191 ޕަސިންޖަރުންނާއެކު ދަތުރުކުރި މިބޯޓު ކޮހިކޯޑް އެއަރޕޯޓަށް ވެއްޓުނީ މިރޭ އިންޑިއާ ގަޑިން 7:45 ހާއިރު އެވެ. މިބޯޓްގައި 10 ކުޑަކުދިންގެ އިތުރުން 184 ދަތުރުވެރިންނާއި 7 ފަޅުވެރިންވަނީ ދަތުރުކޮށްފަ އެވެ. މިހާދިސާގައި ބޯޓުން ދަތުރުކުރި ދެ ޕައިލެޓުންވެސް ވަނީ މަރުވެފައެވެ. އަދި ޒަޚަމްވި މީހުންތައް ހިސާބުގަނޑުގެ އެކިހޮސްޕިޓަލްތަކަށް […]

މައިންބަފައިންނަށް ހެޔޮކޮށް ނުުހިތާމީހާއީ އަބާއްޖަވެރިއެއް: ޚުތުބާ

ބާއްޖަވެރިޔަކީ ﷲއަށް ތަގުވާވެރިވުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތާމީހާ ކަމަށާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ހެޔޮކޮށްނުހިތާމީހަކީ އަބާއްޖަވެރިއެއްކަމާމެދު އެއްވެސް ޝައްކެތްނެތްކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ. މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ މައިންބަފައިންނަށް އިޚްލާސްތެރިވެ ހެޔޮކޮށް ހިތުމުގެ މަށްޗަށެވެ. މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މައިންބަފައިންނަށް ކަމޭހިތުމަކީ ސާލިހުންގެ ރިވެތި އާދައެއްކަމަށާއި އެއީ މުސިބާތްތަކުން ސަލާމަތްވެވޭ ބަރަކާތް ހާސިލްކޮށްދޭ އަދި ދުއާ އިޖާބަކުރެއްވުމުގެ ސަބަބެއްކަމަށެވެ. އަދި ކަންބޮޑުވުންތަކާއި ހާސްކަމުން މީހާ ދުރުކޮށް ހިތްހަމަޖެހުން ލިބި ދިރިއުޅުން ރަގަޅުވެގެންދާނެ ކަމެއްކަމަށެވެ. ﷲ ތައާލާ ވަނީ […]

އިންޑިއާ ފަތުރުވެރީން އަންނަން ބޭނުންވަނީ ރާއްޖެ: ދިރާސާ

އިންޑިއާގެ ބޯޑަރުތައް ހުޅުވާލުމާއެކު، އިންޑިއާގެ ފަތުރުވެރީންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށްޓަކައި އަންނަން ބޭނުންވަނީ ރާއްޖެއަށް ކަމަށް މަޝްހޫރު ޓްރެވަލް-ޓެކް ކުންފުނި ”ޕިކްޔޯޓްރެއިލް“ އިން ކުރި ދިރާސާއަކުން ދައްކާފިއެވެ. މިދިރާސާގައި 2500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައި ވެއެެވެ. އަދި ހަމަ އެހެންމެ ސާވޭގެ ބައިވެރިންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އުއްމީދު ކުރަނީ މިއަހަރު ޑިސެމްބަރ މަސް ނިމުމުގެ ކުރީން ޗުއްޓީއަށް ދެވޭނެ ކަމަށެވެ. މިދިޔަ އަހަރު 160،000އަށް ވުރެ […]