ސިފައިންގެ ތަމްރީނުތަކުގައި ބޭނުންކުރާ، ކ.ގިރިފުށި މޮނިޓަރިންގް ހާލަތަށް!

ސިފައިންގެ ތަމްރީނުތަކުގައި ބޭނުންކުރާ، ކ.ގިރިފުށިން ސިފައިންގެ ބަޔަކު ކޮވިޑަށް ފައްސިވެ، އެޗްޕީއޭއިން އެރަށް މޮނީޓަރިންގ ހާލަތައް ގެންގޮއްސިއެވެ. މިކަމާއި ބެހޭ ގޮތުން އެމްއެންޑީއެފުން ވަކި އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ. ސިފައިންނަކީ ކޮވިޑު19 ގެ މިއުނދަގޫ ހާލަތުގައި ކުރީސަފުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތެވެ. ކޮވިޑުގެ ބަލިމީހުން އެކި ފެސިލިޓީތަކަށް އުފުލުމާއި، ސާމްޕަލްތައް އެއްތަނުން އަނެއްތަނަށް އުފުލުމުގައި ސިފައިން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ގިރިފުއްޓަކީ ސިފައިންގެ ތަމްރީންތަކަށް ބޭނުންކުރަމުން އަންނަ ރަށެކެވެ. މިހާރު ފައްސިވެފައިވަނީ އެރަށުގައި […]
އެމެރިކާގެ އުތުރު ކެރޮލީނާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ!

އެމެރިކާގެ އުތުރު ކެރޮލީނާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ އުތުރު ކެރޮލީނާއާއި ވާޖިނިއާ ގުޅޭ ސަރަހައްދުގައި އޮންނަ ސްޕާޓާއޭ ކިޔުނު އަވަށަކަށެވެ. ރިޕޯޓްތައް ބުނާގޮތުގައި މިއީ ފާއިތުވެދިޔަ 94 އަހަރުގެ ތެރޭގައި މިސްރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ބިންހެލުމުގެ ބާރުމިން ރެކޯޑު ކުރެވިފައިވަނީ 5.1 މެގްނިޓިއުޑްގައި ކަމަށްވާއިރު، ބިންހެލުމުގެ ލޮނުމުގެ އަސަރުވަނީ ދެކުނު ކެރޮލީނާއާއި، ޖޯޖިއާއަށް ވެސް ވަރަށް ގަދައަށް ކޮށްފައެވެ. މިބިންހެލުމަކީ 1926 ގެ ފަހުން […]
ޓްވިޓާ ހެކް ކުރުމުގެ މޭސްތިރިއަކީ ކުޑަކުއްޖެއް، ހައްޔަރުކޮށް ދައުވާ ކޮށްފި

އެމެރިކާގެ މަޝްހޫރު ޝަހްސިއްޔަތުންގެ ރަސްމީ ޓްވިޓާ އެކައުންޓްތައް ހެކްކުރުމުގެ ތުހުމަތުގައި ކުޑަކުއްޖަކު ހައްޔަރުކޮށް ދައުވާ އުފުލައިފިއެވެ. މިއަހަރުގެ ޖުލައިމަހު ހިންގި މި ޖަރީމާގެ ފަހަތުގައި ކުޑަކުއްޖެއް ވާއިރު، އެކުއްޖާގެ އިތުރުން ދެ ޒުވާނަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލާފައެވެ. ”ކްރިޕްޓޮކަރަންސީ ބިޓްކޮއިން ސްކޭމް“ އެއްގެ ގޮތުގައި ހެކްކޮށްފައިވާ ޓްވިޓާ ހޭންޑްލްތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، މިހާރުގެ ޑިމޮކްރަޓިކް ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން، މިނިވަން ރިޔާސީ ކެންޑިޑޭޓް އަދި މަޝްހޫރު ރެޕާ ކާންޏޭ […]
ބެއިރޫތު ހާދިސާގައި ބޭރުގެ ނުފޫޒެއް އެބައޮތްބާ؟

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުގައި މިދިޔަ އަންގާރަ ދުވަހު ގޮވާފައިވާ ބާރުގަދަ ގޮވުމުގެ ފަހަތުގައި ބޭރުގެ ނުފޫޒެއް އޮތްތޯ ތަހުގީގު ކުރަމުން އަންނަކަމަށް އެގައުމުގެ ރައީސް މައިކަލް އައިން ހާމަކުރައްވައިފިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބު ކަށަވަރު ނުވާއިރު މިއީ އެކްސިޑެންޓެއް ކަމަށް ގިނަބަޔަކު ބުނާއިރު މިއީ ފަރުވާކުޑަކަމުން ހިނގާދިޔަ ހާދިސާއެއް ކަމަށް އެއްބަޔަކު އަންނަނީ ބުނަމުންނެވެ. މިމޭރުމުން ވާހަކަ ދެކޭވޭއިރު މިހާދިސާގެ ފަހަތުގައި ރޮކެޓެއް، ބޮމެއް ނުވަތަ އެނޫންވެސް އެހެން ގޮތަކުން ބޭރުގެ […]
ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ހަނގުރާމަކުރުމަށް ގާތްގަޑަކަށް 150 ގައުމަށް ތުރުކީން އެހީވެދީފައިވޭ

ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ހަނގުރާމަކުރުމަށް ތުރުކީއާއި ރަހުމަތްތެރި ގާތްގަޑަކަށް 150 ގައުމަށް ތުރުކީން އެހީވެދީފައިވާކަމަށް ތުރުކީގެ ރައީސް އުރުދުގާން ވިދާޅުވެއްޖެއެވެ. “ މާސްކުން ފެށިގެން ޕީއީޕީއާއި ބޭހާއި މިފަދަ ހުރިހާއެއްޗެއް މިބަލާއާފާތުގެ ދަނޑިވަޅު، ގާތްގަޑަކަށް 150 ގައުމަށް އަޅުގަނޑުމެން މިދަނީ ފޮނުވަމުން“ އުރުދުގާން ވިދާޅުވިއެވެ. މިދިޔަ ބުރާސްފަތިދުވަހު މިބަލިމަޑުކަމުން 220,546 ރަނގަޅުވިކަން ޔަގީން ވިއިރު، ތުރުކީގައި 237,265 މީހުންނަށްވަނީ މި ބަލި ޖެހިފައެވެ. އަދި މިބަލީގައި މަރުވި މީހުންގެ އަދަދު 5,798އަށް ވަނީ އަރާފައެވެ. މިދިޔަ ޑިސެންބަރު […]
ކޮވިޑް-19: ރަޝިއާއިން އުފެއްދި ކޮވިޑް ވެކްސިން ފުރަތަމަ ޖަހަނީ ޑޮކްޓަރުންނާއި ޓީޗަރުންގެ ގަޔަށް

ރަޝިއާ އިން ކޮވިޑް-19 ބައްޔަށް އުފެއްދި ވެކްސިން ފުރަތަމަ ވެސް ޖަހަން ނިންމާފައިވަނީ އެގައުމުގެ ޑޮކްޓާރުންނާއި ޓީޗަރުންގެ ގަޔަށް ކަމަށް އެގައުމުން ހާމަކޮށްފި އެވެ. އެގައުމުގެ ހެލްތު މިނިސްޓަރު މީކާއީލް މުރަޝްކޯ އާ ހަވާލާދީ މީޑީއާ ރިޕޯތްތައް ބުނާގޮތުން އެގައުމުގެ ދައުލަތުގެ ރިސާޗް ފެސިލިޓީއކަމުގައިވާ ގަމަލެޔާ އިންސްޓްޓިއުޓުން އުފެއްދި ވެކްސިންގެ ކްލިނިކަލް ޓްރެޔަލްތައް މިހާރުވަނީ ނިމިފަ އެވެ. އެ ވެކްސިން ރަޖިސްޓްރީ ކުރުމަށް ކަރުދާހުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް މިނިސްޓަރަާއި ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. މީޑިއާ […]
ރާއްޖެއިން ކޮވިޑު-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ފަސްހާހުން މައްޗައް!

ރާއްޖެއިން ކޮވިޑު19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 5041 އަށް އަރައިފިއެވެ. ކޮވިޑު-19 އަށް އިއްޔެވަނީ އިތުރު 143 މީހަކު ފައްސިވެފައެވެ. މީގެ ތެރެއިން 140 ކޭސް ފެނިފައިވަނީ މާލޭ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވަނީ ތިން މީހަކު ބައްޔަށް ފައްސިވެފައެވެ. މިއަދު ފައްސިވީ މީހުންގެ ތެރެއިންވެސް، ބޮޑު އަދަދެއްގެ މީހުންނަކީ ދިވެހިންނެވެ. މިގޮތުން 107 ދިވެއްސެއް މިއަދު ބައްޔަށް ފައްސިވެފައިވާއިރު، ދެން ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 28 މީހަކާއި، އިންޑިޔާގެ 6 މީހަކާއި، ނޭޕާލްގެ ދެމީހެކެވެ. […]
ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި!

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ. އެމްއެންޑީއެފްއިން މިހެން ބުނެފައި ވަނީ މޫސުމާ ބެހޭ ޤައުމީ އިދާރާއިން މާލެއިން ފެށިގެން އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް ވާނެކަމަށް ލަފާ ކޮށްފައިވާތީއެވެ. އެގޮތުން ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ކައްޕިންނާއި އޮޑިވެރިން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްވަނީ އިލްތިމާސް ކޮށްފައެވެ. އަދި ލައިފްޖެކެޓް ފަދަ ސަލާމަތީ ވަސީލަތްތަކާއި މުއާސަލާތީ ނިޒާމު ހަމަކުރުމަށް ވެސް ޤައުމީ ދިފާޢީ ބާރުންވަނީ އަނގައިފައެވެ. […]
”މޫލީ“ އަށް 1 އަހަރު!

”މޫލީ“ އަށް 1 އަހަރު! އުރީދޫގެ އީކޮމާސް ޕްލެޓްފޯމް އަށް 1 އަހަރު ވުމުގެ ހާއްސަ މުނާސަބަތް އުރީދޫ އިން ވަނީ ފާހަގަކޮށްފައެވެ. . ކަސްޓަމަރުންނާއި ގާތްގުޅުމެއް އުފައްދާފައިވާ މޫލީ އަށް އަހަރެއް ފުރުމުގެ މި ހާއްސަ މުނާސަބަތާއި ގުޅިގެން އުރީދޫ އިން ބުނީ، އަހަރު ދުވަހުގެ ތެރޭގައި 10،000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫލީ މެދުވެރިކޮށް ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ތައާރަފްކުރެވުނު މި ޕްލެޓްފޯމް 14 ކެޓެގަރީއަކުން […]
ރިޟްވާން ގެއްލުނުތާ ހަ އަހަރު، އަދިވެސް މައުލޫމާތު ހޯދަނީ

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޝްވާންގެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ އެ މައުލޫމާތު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހިއްސާ ކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެއެވެ. އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އާއިލާއަށް އިންސާފު ނުލިބި އޮތްކަމީ އެ އާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއްކަމަށާއި، އެ ހިތާމައިގައި ކޮމިޝަނުން ބައިވެރިވާ ކަމަށެވެ. އަދި ރިޟްވާންގެ އާއިލާ އާއި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި […]