ސާކް ޑިވެލޮޕްމެނޓް ފަންޑުން ރާއްޖެއަށް 7.7 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް!

ސާކް ޑިވެލޮޕްމެންޓް ފަންޑުން ރާއްޖެއަށް 7.7 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދީފިއެވެ. މި އެހީއަކީ ސާކްގެ ގައުމުތަކުން ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ސާކް ޑިވެލޮޕްމެންޓް ފަންޑުން ވަމުންގެންދާ އެހީތެރިކަމުގެ ތެރެއިން ރާއްޖެއަށް ދީފައިވާ ފައިސާގެ އެހީއެކެވެ. ސާކްގެ ގައުމުތަކަށް މިއެހީވާން ނިންމާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ބޯޑޫ ބައްދަލުވުމެއްގައި ކަމަށް އެސްޑީއެފް އން ބުނެއެވެ. މިގޮތުން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް 7.7މިލިއަން ޑޮލަރު، ނުވަތަ 118 މިލިއަން ރުފިޔާ ދޭންވަނީ ބޯދު […]
މީރާ މެދުވެރިކޮށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް ހިނގައްޖެ!

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ސަރުކާރަށް ލިބުނު އާމްދަނީ ބޮޑޫތަނުން ދަށަށް ގޮއްސިއެވެ. މިކަން ހާމަކޮށްފައިވަނީ މީރާއިން ނެރުނު ޖުލައިމަހުގެ އާމްދަނީ ރިޕޯޓްގައެވެ. މީރާއިން ނެރުނު ރިޕޯޓުގައިވާ ގޮތުން ޖުލައިމަހު އެކި ގޮތްގޮތުން ލިބުނު އާމްދަނީގެ ޖުމްލަ އަދަދަކީ 656.10 މިލިއަން ރުފިޔާއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ޖުލައިމަހާ ބަލާއިރު 69.6 އިންސައްތަ ދަށް އަދަދެއް ކަން ފާހަގަ ކޮށްލެވެއެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށްވަނީ 2 ބިލިޔަނަށްވުރެން ގިނަ ރުފިޔާ ލިބިފައެވެ. […]
ވެކްސިން ދޭން ރަޝިޔާ ތައްޔާރު ވެއްޖެ

ރަޝިޔާގެ މޮސްކޯ ލެބޯޓްރީގައި ތައްޔާރުކުރި ކޮވިޑް-19 ވެކްސިންގެ ހުރިހާ ޓްރަޔަލްއެއް ކާމިޔާބު ކަމާއެކު ނިމި ވަރަށް އަވަހަށް އެޤައުމުގެ ރައްޔިތުންނަށް އެވެކްސިން ދޭން ފެށުމުގެ ބޮޑު ކެމްޕެއިނެއް ފަށަން ތައްޔާރުވަމުންދާ ކަމަށް އެޤައުމުން ބުނެފިއެވެ. ރަޝިޔާގެ ހެލްތު މިނިސްޓްރީ މިކައިލް މުރަޝްކޯ ވިދާޅުވި ކަމަށް އެޤައުމުގެ ޓީވީން ބުނި ގޮތުގައި އޮކްޓޯބަރ މަހު އެޤައުމުގެ އާބާދީއަށް ވެކްސިން ދޭން ފަށަން މިހާރު ދަނީ ތައްޔާރު ވަމުން ކަމަށާއި ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައި ވަނީ ޑޮކްޓަރުންނާއި ޓީޗަރުންނަށެވެ. […]
ރަނިލް އަށް ބޮޑު ނާކާމިޔާބެއް! ގޮނޑި ގެއްލުނީ މެދުނުކެނޑި 42 އަހަރަށް ފަހު

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން މެދުނުކެނޑި 42 އަހަރު ފުރުއްވަމުން ގެންދެވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ގޮނޑި ގެއްލިއްޖެ އެވެ. ލަންކާގައި ބުދަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އަށް ލިބުނު ބޮޑު ނާކާމިޔާބީއާއެކު ރަނިލްގެ ގޮނޑި ވަނީ ގެއްލިފައެވެ. އެގޮތުން އިންތިހާބުގެ ނަތީޖާ އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ އިރު، ސީދާ ވޯޓުން ހޮވާ އެއްވެސް ގޮނޑިއެއް ޔޫއެންޕީއަށް ލިބިފައި ނުވެ އެވެ. އުމުރުފުޅުން […]
އައިމީ: ރިޒް ކާލްޓަންގެ މާކެޓިން މެނޭޖަރ

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ބްރޭންޑް ކަމަށްވާ ރިޒް ކާލްޓަން އިން ރާއްޖޭގައި އަލަށް ހުޅުވާ ފަރި މޯލްޑިވްސް ރިސޯޓުގެ، މާކެޓިން މެނޭޖަރަކަށް އައިމިނަތު ރުޝާ ހާދީ (އައިމީ) ހަމަޖައްސައިފިއެވެ. އައިމީ ވަނީ އިނގިރޭސިވިލާތުގައި ޓޫރިޒަމް ދާއިރާއިން މަތީ ތަޢުލީމް ފުރިހަމަ ކުރައއްވާފައެވެ. ރާއްޖޭގައި އަލަށް ހުޅުވާ ރިސޯޓުތަކުގެ މާކެޓިންގެ ހެޑްގެ މަޤާމަށް ދިވެހިން ހަމަޖެއްސުމަކީ އެހާ އއާއްމުކޮށް ކުރާ ކަމެއް ނޫނެވެ. މީގެ އިތުރުން އައިމީ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރައްވާތާ މިހާރު 10 އަހަރަށް […]
ސަލާމަތުގެ އައްސޭރިއެއް ފެންނާކަށް ނެތް! ކޯވިޑު-19 އަށް އިތުރު 116 މީހަކު ފައްސި ވެއްޖެ!

އިއްޔެ ރާއްޖެއިން ކޮވިޑު19 އަށް އިތުރު 116 މީހަކު ފައްސިވެއްޖެއެވެ. އޭގެތެރޭގައި ހިމެނެނީ 77 ދިވެހިންނާއި، ބަނގްޅަދޭޝްގެ 27 މީހަކާއި، ސްރީލަންކާގެ 6 މީހަކާއި، އިންޑިޔާގެ 5 މިހަކާއި އަދި ނޭޕާލްގެ އެކަކެވެ. ރާއްޖެއިން މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން ފަސް ކޭސްއެއް އަތޮޅުތެރެއިން ފެނިފައިވާއިރު، ބާކީ 111 ކޭސް ފެނިފައިވަނީ މާލޭ ސަރަހައްދުންނެވެ. މިއަދު ފެނުނު ކޭސްތަކާއި އެކު އެކްޓިވްކޭސް ތަކުގެ އަދަދު 2303 އަށް އަރައި، ފައްސިވީ މީހުންގެ ޖުމްލަ އަދަދުވަނީ 5157އަށް އަރައިފައެވެ. […]
މީޑިއާ އާ ގުޅޭމަސައްކަތައް އެއް ފުރާޅަކަށް ގެނައުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި ހިންގާ ޕްރިންޓް، އޮންލައިން އަދި ބޮރޮޑްކާސްޓިން މީޑިއާތައް ރެގިއުލޭޓްކޮށް ބެލެހެއްޓުން އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށައިފި އެވެ. އެގޮތުން ބްރޯޑްކާސްޓްކޮށްގެން ކުރިއަށް ގެންދާ މީޑިއާތަށް ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް ހަމަޖައްސާފައިވާ މިނިވަން މުއައްސަސާ ބޮރޯޑްކާސްޓިން ކޮމިޝަން ( ބްރޯޑްކޮމް) އާއި އޮންލައިން އަދި ޕްރިންޓް މީޑިއާ ރެގިއުލޭޓް ކޮށް ބަލަހައްޓަމުންގެންދާ މުއައްސަސާ މޯލްޑިވްސް މީޑިއާ ކައުންސިލް ( އެމްއެމްސީ) އަދި އިންފޮމޭޝަން ކޮމިޝަނުރުގެ އޮފީސް ( އައިކޮމް) […]
ލުބުނާނުގެ ސަރުކާރުގެ އިސްވެރިން މަޤާމުތަކުން އިސްތިއުފާދީފި!

ލުބުނާނުގެ ސަރުކާރުގެ އިސްވެރިންތަކެއް މަޤާމުން އިސްތިއުފާ ދީފިއެވެ. މިކަން ހިނގާފައިވަނީ ބެއިރޫތުގައި ހިނގައިދިޔަ ބާރުގަދަ ގޮވުންތަކުގެ ސަބަބުން އެޤައުމުގެ ގިނަ ބަޔަކު ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔުމުގެ ސަބަބުންނެވެ. މިގޮވުންތަކުގައި ވަނީ 160އަށް ވުރެން ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމް ވެފައެވެ. ލުބުނާނުގެ ބޮޑުވަޒީރު މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހު އެޤައުމުގެ ޓީވީ ޗެނަލްތަކަށް ދިން ބަސްދީގަތުމެއްގައެވެ. އޭގެ ކުރިން އެގައުމުގެ ހެލްތް މިނިސްޓަރ ހަމަދް ހަސަން، ކެބިނެޓް މީޓިންގް […]
ސުންނާފަތިވެފައިވާ ބެއިރޫތުގެ ބަނދަރު އަލުން ހެދުމަށް ތުރުކީން އެހީވާން ހުށަހަޅައިފި

މިހަފްތާގައި ބެއިރޫތުގައި ގޮވި ބޮޑުގޮވުމަށްފަހު، ތުރުކީގެ އިސް މަސްއޫލުވެރިނަތްކެއް ލުބްނާނުގެ ވެރިރަށަށް ޒިޔާރަތްކޮށްފިއެވެ. ލުބްނާންގެ ވެރިރަށުގައި ގޮވު ބާރުގަދަ ގޮވުމުގެ ސަބަބުން ސުންނާފަތިވެފައިވާ ބެއިރޫތުގެ ބަނދަރު އަލުން ހެދުމަށް ތުރުކީން އެހީވާން ހުށަހަޅައިފިއެވެ. ތުރުކީގެ ނައިބު ރައީސް ފުއާދު އޮކްތޭ ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި ބޭރޫތުގެ ބަނދަރާއި، ބަނަދަރާއި ކައިރީގައިހުރި އިމާރާތްތައް އަލުން ބިނާކުރަން ލުބްނާނަށް އެހީވުމަށް އނަކާރާއިން އޮތީ ތައްޔާރަށެވެ. އަދި ޒަޚަމް ވެފައިވާ މީހުންނަށް ފަރުވާކުރުމަށް ތުރުކީގެ ހޮސްޕިޓަލުތަކަށް ގެނައުމަށް އެމްބިއުލާންސް މަތިންދާބޯޓު […]
އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ ވާހަކަ- 2 ވަނަބައި

އިންޑިއާ ގަބޫލުކުރަނީ އިންޑިއާ ކިޔާ ކަނޑަކީ އިންޑިއާގެ މިލްކެއް ކަމެވެ. މިފަދަ މާނަތައް ދޭހަވާ އިބާރާތްތައް ތަކުރާރު ކުރެއެވެ. މިފަދަ އިބާރާތްތަކާއި ވާހަކަތައް ނޫސްތަކުން ފެންނާނީ މަދެއްކޮށްެއް ނޫނެވެ. ލޯހުޅުވާލައިގެން، އަމިއްލަ ވިސްނުން ބޭނުން ކޮށްގެން އެ ލިޔުންތައް ކިޔާލާށެވެ! އާދެ، މިފަދައިން ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ވަކި ކަމަކަށް ރައްޔިތުން ތައްޔާރުކުރުމެވެ. ރާއްޖޭގައި އިންޑިޔާ ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރުމަށް މަގު ފަހިކޮށް ރައްޔިތުން އެކަން ބަލައިގަންނާނޭ ގޮތަކަށް ރައްޔިތުން ދުރާލާ ތައްޔާރުކުރުމެވެ. މިއީ އާ […]