ޔޫއެސްގެ ކޯޓަކުން ސަޢޫދީ އަރަބިއްޔާގެ މުހައްމަދު ބިން ސަލްމާން ހާޒިރުކުރުމުގެ އަމުރެއް ނެރެފި

ސަޢޫދީ އަރަބިއްޔާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރ މަރާލުމަށް ވަލީ އަޙުދު ބަޔަކު ފޮނުވި ކަމުގެ ތުހުމަތުގައި ވަނީ މައްސަލައެއް ހުށަހަޅާފައެވެ.   ސަޢޫދީ އަރަބިއްޔާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރ މަރާލުމަށް އަމާޒުކޮށްގެން ދެވުނު ހަމަލާއަކާއިގުޅިގެން،  އޭނާ ޔޫއެސްގެ ކޯޓަކަށް ހުށަހެޅި މައްސަލައެއްގައި ، ސަޢޫދީ އަރަބިއްޔާގެ ވަލީ އަޙުދު މުހައްމަދު ބިން ސަލްމާން  (އެމް.ބީ.އެސް) އެކޯޓަށް  ހާޒިރުކުރުމުގެ އަމުރެއް ވަނީ ނެރެފައެވެ.  ޔޫއެސްގެ ކޮލަމްބިއާގެ ޑިސްޓްރިކްޓް ކޯޓުން އަމުރު ނެރުނީ ހުކުރު ދުވަހުއެވެ. އެއީ ސާދު އަލް ޖަބްރީ  […]

ކޯވިޑް-19 އާއި ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް!

news maldives

ކޯވިޑް19 އާއި ގުޅިގެން އެކެޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އައު އެކެޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީއިން އާންމު ކޮށްފިއެވެ. ކޯވިޑް19 ގެ ސަބަބުން މިއަހަރު ދަރިވަރުންނަށް ގެއްލުނު ފިލާވަޅުތައް ކިޔަވައިދިނުމަށްޓަކާ މިއަހަރުގެ ދެވަނަ ޓަރމުގެ ކިޔެވުން މިއަންނަ 2021 ވަނަ އަހަރުގެ ޖަނަވަރީ 10 ވަނަ ދުވަހު ފެށުމަށް މިވަނީ ހަމަ ޖެހިފައެވެ. ހަމަ އެއާއިއެކު އެޓަރމުގެ މިޑް ޓަރމް ބްރޭކް ލިބޭނީ މާރޗް 7-11 އަށެވެ. ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ މޮކް […]

އިންޑިޔާ ސަރުކާރުން ރާއްޖެއަށް 700މިލޔަން ޑޮލަރަށް ވުރެން ބޮޑު އަދަދެއްގެ ފައިސާގެ އެހީ ދީފި!

ކޮވިޑު19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް އިންޑިޔާ ސަރުކާރުން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު ދީފިއެވެ. ބަޖެޓް ސަޕޯޓުގެ ގޮތުގައި މިދިން 250 މިލިއަން ޑޮލަރުގެ އިތުރުން އިންޑިޔާ ސަރުކާރުންވަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތަށް 500 މިލިއަން ޑޮލަރުވެސް ރާއްޖެއަށް ދީފައެވެ. މީގެ ތެރޭގައި ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ދިން ފައިސާ ހިމެނޭކަމަށް ވާހަކަތައް ދެކެވޭއިރު މިފައިސާއާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ފިނޭންސް މިނިސްޓްރީން […]

ކޮވިޑް19ގެ ބަލިމީހުން ބޭތިއްބަން ތައްޔާރުކުރި ވިލިވަރުގެ ކޮރަޕްޝަނުގެ އެތައް މައްސަލަތަކެއް ފެންމަތިވެއްޖެ

ކޮވިޑް19 ގެ ބަލިމީހުން ބޭތިއްބުމަށް ސަރުކާރުން ކ.ވިލިވަރުގައި ހެދި ފެސިލިޓީ ހެދުމުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހުރިކަމަށް ކޮވިޑް ހަރަދުތަކާ ގުޅޭ ގޮތުން އެކުލަވާލި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. ކޮވިޑް ހަރަދުތަކާއި ގުޅޭ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި ވިލިވަރުގައި ކަރަންޓީނު ފެސިލިޓީއެއް ހެދުމަށް 6.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިރިޕޯޓުގައި ބިޑު ކޮމިޓީ އިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ނިންމުމުގެ ކުރިން ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވުމާއި، މަސައްކަތުގެ އެއްބަސްވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ […]

ޕީޕީއެމް ޖޫރިމަނާކޮށްފި

އިދިކޮޅު މައި ޕާޓީ، ޕީޕީއެމް 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ. ޕީޕީއެމް ޖޫރިމަނާކޮށްފައި ވަނީ އެޕާޓީ އިން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާގޮތުގައި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނަށް އެރިޕޯޓު ހުށަހަޅަން ވާނެއެވެ. ސިޔާސީ ޕާޓީތަކުގެ މާލީ […]

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދެއް ނެރެފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނެވޭނެގޮތާއި، ވަޒީފާ އަދާކުރުމުގައި އަމަލުކުރަންވީ އުސޫލުތައް ބަޔާންކޮށް ”ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު“ގެ ނަމުގައި ވަޒީފާ އަދާކުރުމާބެހޭ ގަވާއިދެއް އިކޮނޮމިކްސް މިނިސްޓްރީން ނެރެފި އެވެ. ރާއްޖޭގެ ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން ހަދައިފައިވާ މި ގަވާއިދުގައި ބިދޭސީން ވަޒީފާއަދާކުރުމުގެ ހުއްދަ ( އެމްޕްލޯއިމަންޓް އެޕްރޫވަލް) ދިނުމާއި، އެ ހުއްދަދިނުމުގައި އަމަލުކުރަންވީ ގޮތާއި މިކަންކަމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންހިމަނައިފައިވެއެވެ. މި ގަވާއިދުަގައިވާ ބަޔާންކޮފައިވާގޮތުން ރާއްޖޭގައި މަސައްކަތެއްކުރުމަށް ބިދޭސީން ރާއްޖެ ގެންނަންވާނީ […]

ބްރޭކިން ނިއުސް: އިޒްރޭލާޢި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރަން ދެގައުމުން އެއްބަސްވެއްޖެ!

މިވަގުތު އިޒުރޭލާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ އަރަބި އެންމެ ދެ ގައުމެވެ. އެއީ މިސްރާއި ޖޯޑަން އެވެ. އެދެ ގައުމުގައި އިޒުރޭލުގެ އެމްބަސީ ހުރެއެވެ. އިޒްރޭލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ގުޅުން ގާއިމުކުރަން އެއްބަސްވީ ޔޫއެސްއިން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.  ޔޫއޭއީ އާއި އެމެރިކާއިން ބުނާގޮތުން މިއީ މެދު އިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އެޅޭ ތާރީޚީ ފިޔަވަޅެކެވެ. އެހެންނަމަވެސް، ވޭތުވެދިޔަ ހަފްތާތަކާއި މަސްތަކުގައިވެސް އިޒުރޭލުން ދިޔައީ ފަލަސްތީނުގެ […]

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިމީހަކު ޝަރީއަތްނިމެންދެން ބަންދުކޮށްފި

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކި ދުވަސްމަތިން ކުޑަ އަންހެންކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ޝަރީއަތްނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ ގއ. ދެއްވަދޫ ތިރުގެ، އިބްރާހިމް ނަދީމް ސާލިހު 32، އެވެ. ނަދީމް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 23  ވަަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި ކޯޓް އަމުރެއްގެ ދަށުން އޭގެ ދެ ދުވަސް […]

ކުނިން ހަކަތައުފެއްދުމުގެ މަޝްރޫއަކަށް އޭޑީބީން 1.1 ބިލިއަން ރުފިޔާ ދީފި

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުނިން ހަކަތަ އުފެއްދުމަށް ހިންގާ މަޝްރޫއަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑިބީން ) 1.1 ބިލިއަން ރުފިޔާގެ ލޯނު އެހީއެއް  ދިނުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ. އޭޑީބީން މައުލޫމާތުދޭގޮތުގައި މި އެހީން މާލެސަރަހައްދުގައި ކުނިންހަކަތަ އުފައްދާ ވޭސްޓް ޓްރީޓްމަންޓް ފެސިޓީއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިތަނުގައި ބަހައްޓާ ޕްލާންޓްތަކުން ދުވާލަކު 500ޓަނުގެ ކުނި މެނޭޖްކޮށް، އަށް މެގަވޮޓްގެ ކަރަންޓް އުފައިދޭނެކަމަށް […]

އޭޑީބީ އިން ރާއްޖެއަށް 73 މިލިއަން ޑިލަރުގެ ލޯނެއް

އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑިބީ) އިން ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ރާއްޖެއަށް 73 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ) ލުއި ލޯނެއް ދޭން ނިންމައިފިއެވެ. މި މަޝްރޫޢުގެ ދަށުން ދުވާލެއްގެ މައްޗަށް 500 މެޓްރިކް ޓަނުގެ ކުނި ޕްރޮސެސްކޮށް އެ ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ޤާއިމު ކުރާނެ ކަމަށާއި، ދުވާލެއްގެ މައްޗަށް ދުވާލަކު 250 ޓަނުގެ ކުނި ޓްރީޓްކޮށް އަށް މެގަވޮޓް ކަރަންޓް އުފެއްދޭ ވަރުގެ ވަސީލަތެއް ޤާއިމު ކުރާނެ […]