ބްރޭކިން ނިއުސް: އިޒްރޭލާޢި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރަން ދެގައުމުން އެއްބަސްވެއްޖެ!

Loading

Facebook
Twitter
WhatsApp

މިވަގުތު އިޒުރޭލާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ އަރަބި އެންމެ ދެ ގައުމެވެ. އެއީ މިސްރާއި ޖޯޑަން އެވެ. އެދެ ގައުމުގައި އިޒުރޭލުގެ އެމްބަސީ ހުރެއެވެ. އިޒްރޭލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ގުޅުން ގާއިމުކުރަން އެއްބަސްވީ ޔޫއެސްއިން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. 

ޔޫއޭއީ އާއި އެމެރިކާއިން ބުނާގޮތުން މިއީ މެދު އިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އެޅޭ ތާރީޚީ ފިޔަވަޅެކެވެ. އެހެންނަމަވެސް، ވޭތުވެދިޔަ ހަފްތާތަކާއި މަސްތަކުގައިވެސް އިޒުރޭލުން ދިޔައީ ފަލަސްތީނުގެ ގާޒާއަށް ހަމަލާދެމުންނެވެ. 

ދިވެހިރާއްޖޭގެ ވެރިން ހިމެނޭ ގޮތަށް، ދުނިޔޭގެ މުސްލިމް ލީޑަރުން މިކަން ކުއްވެރި ކުރާނެތޯ ބަލަމާ ހިނގާށެވެ. ފަލަސްތީނަށް ތާއީދުކޮށް، މި ގުޅުމަށް ފާޅުގައި ދެކޮޅު ހަދާނީ ކޮން ލީޑަރުންކަން ބުނަން އެނގޭނީ ދުވަސްކޮޅެއް ވުމުންނެވެ. ނުވަތަ އެ ލީޑަރުން އިޚުތިޔާރުކުރާނީ ފަަލްސްތީނުގެ މީހުންގެ ޖިހާދަށް އެހީތެރިވުމަށްވުރެ، ތެލުގެ މުއްސަނދި އިންވެސްޓްމަންޓު މާ މުހިއްމު ކަމަށްބާއެވެ؟؟

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް