ޔޫއެސްގެ ކޯޓަކުން ސަޢޫދީ އަރަބިއްޔާގެ މުހައްމަދު ބިން ސަލްމާން ހާޒިރުކުރުމުގެ އަމުރެއް ނެރެފި

Loading

Facebook
Twitter
WhatsApp

ސަޢޫދީ އަރަބިއްޔާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރ މަރާލުމަށް ވަލީ އަޙުދު ބަޔަކު ފޮނުވި ކަމުގެ ތުހުމަތުގައި ވަނީ މައްސަލައެއް ހުށަހަޅާފައެވެ.  

ސަޢޫދީ އަރަބިއްޔާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރ މަރާލުމަށް އަމާޒުކޮށްގެން ދެވުނު ހަމަލާއަކާއިގުޅިގެން،  އޭނާ ޔޫއެސްގެ ކޯޓަކަށް ހުށަހެޅި މައްސަލައެއްގައި ، ސަޢޫދީ އަރަބިއްޔާގެ ވަލީ އަޙުދު މުހައްމަދު ބިން ސަލްމާން  (އެމް.ބީ.އެސް) އެކޯޓަށް  ހާޒިރުކުރުމުގެ އަމުރެއް ވަނީ ނެރެފައެވެ. 

ޔޫއެސްގެ ކޮލަމްބިއާގެ ޑިސްޓްރިކްޓް ކޯޓުން އަމުރު ނެރުނީ ހުކުރު ދުވަހުއެވެ. އެއީ ސާދު އަލް ޖަބްރީ  މަރާލުމަށް ވަލީ އަޙުދު ކެނެޑާއަށް ބަޔަކު ފޮނުވި ކަމުގެ ތުހުމަތުގައި މައްސަލަ ހުށަހެޅި ދުވަހުގެ ފަހު ދުވަހެވެ.  ކޯޓަށް ހާޒިރުކުރުމުގެ އަމުރަކީ ދައުވާ ކުރެވޭ ފަރާތަށް ނުވަތަ ފަރާތްތަކަށް ރަސްމީގޮތުން ފޮނުވާ ގާނޫނީ ނޯޓިސް އެކެވެ. 

ކެނެޑާގެ ފުލުހުންނާއި އަމިއްލަ ސެކިއުރިޓީ ގާޑުންގެ އެހީގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކެނެޑާގައި ދިރިއުޅޭ އަލް ޖަބްރީ ބުނެފައިވާގޮތުން، އޭނާއާއި ޔޫއެސް އިންޓެލިޖެންސް ފަރާތްތަކާއި އޮންނަ ގާތް ގުޅުމާއި، ވަލީ އަހުދުގެ ހަރަކާތްތަކުގެ މަޢުލޫމާތު އެނގޭމިންވަރު އިތުރުވުމުން، އޭނާއަކީ ސައުދީ ރަސްކަމުގެ ފަރާތުން ޝައުގުވެރިވާ ވަރަށްބޮޑު އަމާޒަކަށްވަނީ ވެފައެވެ. 

”ޑރ. ސާދު މަރާލަން ރޭވުމުން އޭނާ ތައްޔާރުކުރި ރިކޯޑިން އާއި ޑރ. ސާދުގެ ހަނދާނުގައި ހުރި ބިން ސަލްމާންއާއި ބެހޭ މަޢުލޫމާތު ފިޔަވައި،  ބިން ސަލްމާންއާއި ބެހޭ ނާޒުކު، އަގުވެއްޓޭ، ނުރައްކާތެރި މައުލޫމާތުހުރީ މަދު ތަނެއްގައި“، އެ އަމުރުގައި ވެއެވެ. 

ސައޫދީ އަރަބިއްޔާ އިންވަނީ އަލް ޖަބްރީ ހޯދައިގެން ސަޢޫދީއަށް ގެނައުމަށް އިންޓަރޕޯލް ރަތް ނޯޓިސް ނެރެފައެވެ. އެހެންނަމަވެސް، އެ ނޯޓިސްއަކީ ސިޔާސީ ކަމެއްކަމަށް ބުނެ އިންޓަރޕޯލުންވަނީ އެ ނޯޓިސްއަށް އަމަލު ނުކޮށްފައެވެ. ކުރީގެ އިންޓެލިޖެންސް އޮފިސަރ އަލް ޖަބްރީއަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް، ސައޫދީންވަނީ އަލް ޖަބްރީ އެގައުމަށް ފޮނުވައިދިނުމަށް އެހެން ގައުމުތަކުގެ ކިބައިން އެދިފައެވެ. 

މިކަމާއި ގުޅިގެން ޚާއްޞަ އިމްތިޔާޒުތަކެއް ލިބިދޭ ސިޓީއެއް ކަމަށްވާ ”ލެޓަރ އޮފް ސަޖެސްޝަން އިމިއުނިޓީ“ އެއް ހޯދުމަށް ރައީސް ޑޮނަލްޑް ޓަރަމްޕާއި ސެކެއްޓަރީ އޮފް ސްޓޭޓު މައިކް ޕްމްޕިއޯއާއި ދެބޭފުޅުންނަށް މުހައްމަދު ބިން ސަލްމާން  (އެމް.ބީ.އެސް) މިހާރު ދަނީ ވަރަށް ބޮޑަށް ލޮބީކުރަމުން“. އަލްޖަޒީރާއަށް ޚަބަރު ދެމުން ޔޫއެސްގެ ކުރީގެ އެސޯސިއޭޓު ޑެޕިއުޓީ އެޓާރނީ ޖެނެރަލް، ބުރޫސް ފެއިން ވިދާލުވިއެވެ. 

އެއީ ގާނޫނީގޮތުންބަލާއިރު ގަބޫލުކުރަން އުދަގޫ ކަމެކެވެ. އެ ސިޓީން ކޯޓުގައި އެދޭނީ މުހައްމަދު ބިން ސަލްމާންއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ދޫކޮށްލުމަށެވެ. ސަބަބަކީ އެމައްސަލައިގެ ސަބަބުން ޔޫއެސްއާއި އެހެން ގައުމުތަކުގެ ގުޅުންތައް ގޯސްވެ، އެގައުމުތަކުގެ މަތީ ފެންވަރުގެ އޮފިޝަލުންގެ ގުޅުންތައް ގޯސްވެދާނެތީއެވެ. 

މީގެ މާނައަކީ ނޮވެންބަރުގައި ބާއްވާ އެމެރިކާގެ އިންތިޚާބު ސައޫދީ އަރަބިއްޔާއަށް ވަރަށް މުހިއްމުވާނެކަމެވެ. “ އަޅުގަނޑު ޔަގީންކަން މިދެނީ މުހައްމަދު ބިން ސަލްމާން މި ކަމުން ސަލާމަތްކުރުމަށްޓަކާ، މިވަގުތު ސައޫދީ އަރަބިއްޔާއާއި ވަލީއަހުދު ޕޮމްޕިއޯ އާއި ޓްރަމްޕާއި ވާހަކަ ދައްކަމުންދާކަން“. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް