ކޯވިޑް-19އަށް އިއްޔެ ފައްސިވީ 79 ދިވެހިންނާއި 27 ބިދޭސީން!

covid maldives news

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 106 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 99 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަނެއް 7 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. މިއަދު ފައްސިވީ މީހުންގެ ތެރޭގައި 79 ދިވެހިން ހިމެނޭއިރު، އޭގެ އިތުރުން ހިމެނެނީ ބަނގްޅަދޭޝްގެ 21 މީހަކާއި، އިންޑީޔާގެ 5 މީހަކާއި އަދި ނޭޕާލްގެ އެކަކެވެ. މިހާތަނަށް އަތޮޅުތެރޭގެ 16 ރަށަކުން ވަނީ ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ: ހއ.ފިއްލަދޫ […]

އަލީ އާޒިމް ބުނެގެންނޭ ކިޔާފައި ކުޅިވަރު ހަލާކުކޮށްލާކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން: މަހްލޫފް

މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ބުނެގެންނޭ ކިޔާފައި ރާއްޖޭގެ ކުޅިވަރު ހަލާކުކޮށްލަން މަސައްކަތް ނުކުރާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ. ރާއްޖޭޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމަށް ސިޔާސަތުތައް އެކުލަވާލި އިރު ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުމަށް ހަރު އަޑުން ވާހަކަދައްކާފައި ވާއިރު، މިއަދު އެކަން ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. މަހުލޫފު […]

ހެލްތުގެ އޮޑިޓު ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅާކަށް ފަހެއް ނުޖެހޭނެކަމަށް ސަރުކާރުން ބުނެފި

ހެލްތުގެ އޮޑިޓު ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅާކަށް ފަހެއް ނުޖެހޭނެކަމަށް ސަރުކާރުން ބުނެފިއެވެ. ކޮވިޑް-19 އާ ގުޅިގެން ކުރެވުނު ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ޚަރަދާއި ވީނުވީ އެއް ނޭނގޭ ހަރަދުތަކެއް ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްއިން ހާމަވެފައިވާތީ ސަރުކާރުން ވަނީ އެކަންކަން ބަލައި ފިޔަވަޅު އަޅާނެކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ”އެއީ ކޮންމެ ބޭފުޅަކަސް އަޅުގަނޑުމެން ފަހެއް ނުޖެހޭނަން ފިޔަވަޅު އަޅާކަށް. އެ ޔަގީންކަން އަޅުގަނޑުމެން ދެން،“ ކަމަށެވެ. […]

މުގައްދަސް ދެ މިސްކިތެއްގެ އިސް މަގާމުތަކަށް އަންހެނުން

maldives news

ސައޫދީގައި މުސްލިމުންގެ މާތްވެގެންވާ ދެ މިސްކިތެއްގެ އިސްމަގާމުތަކަކަށް 10 އަންހެނުން ހަމަޖައްސައިފި އެވެ. އެއީ މައްކާގައި ހުންނަ މަސްޖިދުއް އަލް ހަރަމް އާއި މަދީނާގައި ހުންނަ މަސްޖިދުލް އައްނަބަވީ އަށެވެ. މިކަން އިއުލާންކުރަމުން ޚާދިމް އަލްހަރަމައިން އައްޝަރީފާއިންގެ ރައީސް ޑރ އަބްދުއްރަހުމާން އަލްސުދައިސް ވިދާޅުވީ މި ނިންމުމަކީ ސައޫދީގައި އަންހެނުން ބާރުވެރިކުރުވައި ގައުމުގެ ތިބި ގާބިލް އަންހެނުންގެ ބައިވެރިވުމާއި ލީޑާޝިޕް މަގާމުތަކުގައި ބައިވެރިވުން އިތުރުކުރުމަށް ކުރާކަމަށެވެ. އަދި  ގައުމުގެ އިގްތިސާދު ވެސް އަންއެނުންގެ ބައިވެރިވުމުގެ ދަށުން ކުރިއަށް […]

އަންހެނުން ބާރުވެރި ކުރުން

އަންހެނުންނަކީ، މަތިވެރި މާތްބައެކެވެ. ކުދީން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަދުރަސާއެވެ. ދީންވެރި ޚުލްޤުހުރި މުޖުތަމަޢު އެއްގެ ބިންގަލެވެ. އަންހެނުންގެ ޤަދަރާއި ޢިއްޒަތް ހިފަހައްޓައިދޭ އެންމެވަރުގަދަ ބާރަކީ، ލަދުރަކިކަމާއި ކިޔަމަންތެރިކަން ކަމުގައިވާއިރު، އަންހެނުން ބާރުވެރިކުރުވުމޭބުނެ ޢާއްމު ވުމުން، އެބައިމީހުންގެ މާތް ދެސިފަ ގެއްލުނީއެވެ. މާތްމީހަކަށް ނުވަތަ ނުމާތް ނަމަވެސް، ފިރިހެނަކަށް ކުޑަވެސް މިންވަރަކަށް މިހާރު ބަލައިލަނީ ވަރަށްމަދު އަންހެނެކެވެ. އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އެމާތް ސިފަތައް ކިރިޔާވެސް މިހާރުހުންނަނީ، ޚުލްޤުވެރި ޢާއިލާއަކަށް ނިސްބަތްވާ އަންހެނެއްގެ ކިބާގައިއެކަންޏެވެ. ”އަލަގަހަކުން ކެޔޮނިރެއް […]

އިއްޔެ ކޯވިޑް-19 އަށް އިތުރު 107 މީހަކު ފައްސިވެއްޖެ!

އިއްޔެ ކޯވިޑް-19 އަށް އިތުރު 107 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފައްސިވީ މީހުންގެ ތެރެއިން 104 މީހަކީ މަލޭ ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ. އަދި އަތޮޅުތެރެއިން ވަނީ 3 މީހަކު ފައްސިވެފައެވެ. މިއަދު ފައްސިވީ މީހުންގެ ތެރެއިން 73 މީހުންނަކީ ދިވެހިންނެވެ. އަދި ބާކީ މީހުން ނިސްބަތްވަނީ ބަނގްޅަދޭޝް، އިންޑިޔާ، ފިލިޕީންސް އަދި ސްރީލަންކާއަށެވެ. މިއަދު ފައްސިވީ މީހުންނާއިއެކު ކޮވިޑަށް ރާއްޖެއިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5679އަށް އަރައިފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ […]

ވަރުގަދަ މެންޗެސްޓަރ ސިޓީއަށް ވެސް ޗެމްޕިއަންސް ލީގް ނިމިއްޖެ!

ރޭ ލިޔޯން އާއި ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި 3-1ގެ ނަތީޖާއިން މެޗުން ބަލިވެ ސިޓީ މުބާރާތާއި އަލްވަދާޢު ކިޔައިފިއެވެ. މި މެޗް ކާމިޔާބު ކުރުމާއިއެކު އަންނަ ބުދަ ދުވަހުގެ ރޭ ބަޔާންއާއި ދެކޮޅަށް ސެމީގައި ނިކުންނާނީ ލިޔޯންއެވެ. މެޗު ފަށައިގެން ފުރަތަމަ ހާފުގެ 24 ވަނަ މިނިޓުގައި ލިޔޯންގެ ކޯނެޓް ކާމިޔާބު ކޮށްދިން ގޯލާއިއެކު، ފުރަތަމަ ލީޑް ނެގީ ލިޔޯންއިންނެވެ. މި ހާފުގައި ދެޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ހާފް […]

ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ކަމޭނުހިތުމުގެ ސަބަބުން ގިނަ ބަޔަކު ޖޫރިމަނާ ކޮށްފި!

ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ކަމޭނުހިތުމުގެ ސަބަބުން މާލެ ސަރަހައްދުގެ ގިނަ ބަޔަކު ޖޫރިމަނާ ކޮށްފިއެވެ. ކޮވިޑުގެ ދެވަނަ ރާޅެއް ރާއްޖެއަށް ބިންދާލާ ކޭސްތައް އިތުރުވާން ފެށުމުން، އެޅި އެންމެ މުހިންމު ދެފިޔަވަޅަކީ މާސްކު އެޅުން މަޖުބޫރު ކުރުމާއި، އަދި ރޭގަނޑު 10 އަކާއި ފަތިހު 5އަކާއި ދެމެދު ބޭރުގައި އުޅުން މަނާ ކުރުމެވެ. މިފިޔަވަޅުތައް އަޅާ އެކަން އަންގައިފާވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ހަމަ އެއާއިއެކު މިފިޔަވަޅުތަކަށް ކަމޭނުހިތާނަމަ ފިޔަވަޅު އަޅާނެކަން ވެސް ފުލުހުން […]

މެމްބަރު އާޒިމް އަށް މަހުލޫފުގެ ބޮޑެތި ތުހުމަތު ތަކެއް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހަލާކު ކޮށްލުމަށް، މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ހިމެނިވަޑައިގެން، ރައްޔިތުންގެ މަޖިލިހުގެ ދެތިން މެންބަރަކު މަސައްކަތް ކުރައްވާ ކަމަށް، ޔޫތު މިނިސްޓަރ އަހްމަދު މަޚްލޫފު ތުހުމަތު ކުރައްވައިފިއެވެ. މިނިސްޓަރ މަޚްލޫފް ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އާޒިމް ވާހަކަ ދައްކަވަނީ، ކަމެއް ގޯސްކޮށް ކޮށްފައި އޮވެގެން ނޫން ކަމަށާއި، ހަމަ […]

އޭޝިއާ-އެފްރިކާ ދަރިކޮޅުގެ އަންހެނެއް ބައިޑަންގެ ރަނިން މޭޓަކަށް!

އޭޝިއާ-އެފްރިކާ ދަރިކޮޅަށް ނިސްބަތްވާ އަންހެން ސެނެޓަރެއް ކަމަށްވާ ކަމަލާ ހަރިސް، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރާ ކެނޑިޑޭޓް ޖޯ ބައިޑަންގެ ރަނިންމޭޓަކަށް ހަމަޖައްސައިފިއެވެ. ރިޔާސީ ޕްރައިމަރީގައި ވެސް ބައިޑަން އާއި ވާދަކުރެއްވި އިންޑިއާ-ޖަމައިކާގެ އާއިލާއަކަށް ނިސްބަތްވާ ހަރިސް އަކީ ބައިޑަންގެ ނައިބަކަށް ހަމަޖައްސަވައިފާނެ ކަމަށް ކުރީން ވެސް ބެލެވުނު ފަރާތެކެވެ. ނޮވެމްބަރ 3 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ބައިޑަން އާއި ރިޕަބްލިކް ޕާޓީން ވާދަ ކުރައްވަނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕް […]