ވަރުގަދަ މެންޗެސްޓަރ ސިޓީއަށް ވެސް ޗެމްޕިއަންސް ލީގް ނިމިއްޖެ!

Loading

Facebook
Twitter
WhatsApp

ރޭ ލިޔޯން އާއި ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި 3-1ގެ ނަތީޖާއިން މެޗުން ބަލިވެ ސިޓީ މުބާރާތާއި އަލްވަދާޢު ކިޔައިފިއެވެ. މި މެޗް ކާމިޔާބު ކުރުމާއިއެކު އަންނަ ބުދަ ދުވަހުގެ ރޭ ބަޔާންއާއި ދެކޮޅަށް ސެމީގައި ނިކުންނާނީ ލިޔޯންއެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގެ 24 ވަނަ މިނިޓުގައި ލިޔޯންގެ ކޯނެޓް ކާމިޔާބު ކޮށްދިން ގޯލާއިއެކު، ފުރަތަމަ ލީޑް ނެގީ ލިޔޯންއިންނެވެ. މި ހާފުގައި ދެޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ހާފް ނިމިގެން ދިޔައީ 1-0ގެ ނަތީޖާއިން ލިޔޯން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން ކުރިޔަށް ދިޔައިރު ލިޔޯންއިން ކުޅެމުންދިޔައީ ޑިފެންސިވް ކުޅުމެކެވެ. ސިޓީއިން ކުޅުން ރަނގަޅުކޮށް އެޓީމުގެ ޑީބްރޫނެ ވަނީ 69 މިނިޓުގައި ރީތި ގޯލެއް ކާމިޔާބު ކޮށްދީފައެވެ. މިލަނޑު ޖެހުމުގައި އެޓީމްގެ ސްޓާރލިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ މެޗްގެ 79ވަނަ މިނިޓުގައި އަނެއްކާވެސް ލިޔޯންއިން ލީޑު ނެގިއެވެ. އެލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ފޯވާރޑް ޑެމްބެލޭ އެވެ. އެގޯލަށް ފަހު މެޗްގެ 86ވަނަ މިނިޓުގައި ސިޓީގެ ފޯވަރޑް ސްޓަރލިންއަށް ވަނީ ގޯލްޖަހަން މުޅިން ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް ސްޓަރލިން ހުސްގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އެދަނޑިވަޅުގެ ފައިދާ ނަގާ، ސިޓީގެ ކޮންސެންޓްރޭޝަން ގެއްލިފައި ވަނިކޮށް އޭގެ މިނެޓެއްފަހުން ޑެމްބެލޭ އަނެއްކާވެސް ގޯލެއް ކާމިޔާބުކޮށް ލިޔޯންއަށް ލީޑު ފުޅާ ކޮށްދީ މެޗް ޔަގީން ކޮށްދިނެވެ.

މި ނަތީޖާއާއިއެކު ސެމީފައިނަލްގައި ބައްދަލުކުރާނީ ޕީއެސްޖީއާއި ލެއިޒްޕީގް އަދި ލިޔޯންއާއި ބަޔާން މިއުނިކެވެ. ސެމީ ފައިނަލްގެ މެޗްތައް ފެށޭނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް