ކޯވިޑް-19އަށް އިއްޔެ ފައްސިވީ 79 ދިވެހިންނާއި 27 ބިދޭސީން!

Loading

Facebook
Twitter
WhatsApp
covid maldives news

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 106 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 99 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަނެއް 7 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ.

މިއަދު ފައްސިވީ މީހުންގެ ތެރޭގައި 79 ދިވެހިން ހިމެނޭއިރު، އޭގެ އިތުރުން ހިމެނެނީ ބަނގްޅަދޭޝްގެ 21 މީހަކާއި، އިންޑީޔާގެ 5 މީހަކާއި އަދި ނޭޕާލްގެ އެކަކެވެ. މިހާތަނަށް އަތޮޅުތެރޭގެ 16 ރަށަކުން ވަނީ ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ހއ.ފިއްލަދޫ
  • ހދ.ކުރިނބި
  • ބ.ކުޑަރިކިލު
  • ކ.ތުލުސްދޫ
  • ފ.ނިލަންދޫ
  • ސ.ހިތަދޫ
  • ސ.ފޭދޫ
  • ހއ.އިހަވަންދޫ
  • ނ.މިލަދޫ
  • ރ.ހުޅުދުއްފާރު
  • ކ.ހިންމަފުށި
  • ފުވައްމުލައް ސިޓީ
  • ހދ.ނާވައިދޫ
  • ބ.ކަމަދޫ
  • ޅ.ނައިފަރު
  • އދ.މާމިނގިލި

މިރަށްތަކެވެ. މިއަދު ފައްސިވީ މީހުންނާއިއެކު މިބައްޔަށް ރާއްޖެއިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 5785 އަށް އަރައިފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 2414 ކޭހެއް ފާހަގަ ކުރެވޭއިރު، 146 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް