އަންހެނުން ބާރުވެރި ކުރުން

187

އަންހެނުންނަކީ، މަތިވެރި މާތްބައެކެވެ. ކުދީން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަދުރަސާއެވެ. ދީންވެރި ޚުލްޤުހުރި މުޖުތަމަޢު އެއްގެ ބިންގަލެވެ. އަންހެނުންގެ ޤަދަރާއި ޢިއްޒަތް ހިފަހައްޓައިދޭ އެންމެވަރުގަދަ ބާރަކީ، ލަދުރަކިކަމާއި ކިޔަމަންތެރިކަން ކަމުގައިވާއިރު، އަންހެނުން ބާރުވެރިކުރުވުމޭބުނެ ޢާއްމު ވުމުން، އެބައިމީހުންގެ މާތް ދެސިފަ ގެއްލުނީއެވެ. މާތްމީހަކަށް ނުވަތަ ނުމާތް ނަމަވެސް، ފިރިހެނަކަށް ކުޑަވެސް މިންވަރަކަށް މިހާރު ބަލައިލަނީ ވަރަށްމަދު އަންހެނެކެވެ. އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އެމާތް ސިފަތައް ކިރިޔާވެސް މިހާރުހުންނަނީ، ޚުލްޤުވެރި ޢާއިލާއަކަށް ނިސްބަތްވާ އަންހެނެއްގެ ކިބާގައިއެކަންޏެވެ. “އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއޭ” ބުނެއުޅޭ ގޮތްހުރި މަންމައަކާއި ބައްޕައަކަށް އުފަންވެފައިވާ ނަމޫނާ އަންހެނުން މަދުންނަމަވެސް މިހާރުވެސް އެބަތިއްބެވެ.

ދިމާވިކަމެއްގެ ހަނދާން އަލުން އާކޮށްލަމެވެ! އަންހެނުން ބާރުވެރި ވެއްޖެކަމުގެ ވާހަކައެވެ. އެއްދުވަހަކު، މާލޭ މަގުމަތިން، އަޅުގަނޑު، މިފަދަ ޢުމުރުން ދުވސްވެފައިވާމީހާ، ހިނގާފައިދިޔައީ، ގާތްގަނޑަކަށް ދެފޫޓު ނުވަތަ ދެފޫޓުބައި ހުންނަވަރުގެ ޕޭމަންޓް މަތިންނެވެ. އެމަގުގައި އެވަގުތު ދުއްވާއެއްޗެއް ނެތެވެ. އަޅުގަނޑު ކުރިމަތިން، އެޕޭމަންޓްމަތިން އަޅުގަނޑާ ދިމާލަށް، އަޅުގަނޑޫ އައިކޮޅަށްދާން އައި (ގާތްގަނޑަކަށް 30 އަހަރާއި 35 އަހަރާ ދެމެދުގެ ޢުމުރެއްގެ) ދެ އަންހެންކުދީން އަންނަމުން އައިސް. އެކުދީން އެކުދީން އެކަނި ޕޭމަންޓްމަތިން ނުފައިބާންވެގެން އަޅުގަނޑުގެ ކުރިމަތީގައި ހުއްޓުނީއެވެ. އަޅުގަނޑު ޖެހުނީ އެދެކުދީންނަށް ޙުރުމަތްތެރި ވުމުގެ ގޮތުންވިޔަސް، ނުވަތަ އެކުދީންގެ ބޭޙުރުމަތަށް ތަބާވާން ކަމުގައިވިޔަސް، ތަންދީފާ ޕޭމަންޓުން ފައިބާށެވެ.

މިހުރީ ބަސްބޭނުންކުރާގޮތަށް ކަންތައް ބަދަލުވެފާކަމަށް އަޅުގަނޑު ހިތުގައި ބިންވަޅުނެގުނު ކަމެކެވެ. އަޅުގަނޑަކީ މުޖުތަމަޢުގާ ހިނގާ ނޭދެވޭ ކަންތައްތައް ނޯޓުކޮށް ބެލެހެއްޓުމާއެކު، އެފަދަ ކަންތައްތަކުގެ މައްޗަށް މަޒުމޫނު ލިޔެއުޅޭމީހަކަށްވާތީ ގެޔަށްގޮސް އެންމެއަވަހަށް ކުރިކަމަކީ މިމަންޒަރު ސިފަކޮށް ނޯޓުކުރީއެވެ. އެއީ މީގެ ތިންއަހަރުކުރިއެވެ. މިއީ 2018 ވަނަ އަހަރެވެ. އަޅުގަނޑަކީ، މީގެއިތުރަށް ރަނގަޅު ކަންކަމުން ފާހަގަކުރެވޭ މީހުންނަށް ތަޢުރީފުގެބަހުން ޝުކުރުއަދާކޮށް އެފަދަމީހުންނަށް ސަނަދު ދޭމީހެކެވެ. މިގޮތުން ސުނާމީގެފަހަށް 130 އަށްވުރެ ގިނަމީހުންނަށް ސަނަދު ދެވިފައިވެއެވެ.

އަލްއުސްތާޛު މުޙައްމަދު ޖަމީލުދީދީ، ޖަމީލުމަޒުމޫނުތައް 1 ގެ 18 ވަނަޞަފްޙާގައި، ވިދާޅުވެފައިވެއެވެ. “ޒުވާނުންގެ އަޚުލާޤު ވެއްޓި، ދީންވެރިކަން ނެތިއްޖެ ކޮންމެ އުއްމަތަކީ، އަނދިރި ވަޅުގަނޑެއްގެ ތެރެއަށް ވެއްޓެމުންދާ އުއްމަތެކެވެ.” ޖަމީލުދީދީގެ އެބަސްފުޅުން އަޅުގަނޑަށް ތަޖުރިބާ ކުރެވުނީ، ވަކީން ޚާއްޞަކޮށް އަންހެނުންގެ އަދަބު އަޚުލާޤު ގެއްލުމުގެ ސަބަބުން މުޖުތަމަޢަށް ކުރި ނޭދެވޭ އަސަރުންނާއި، ދެމަފިރިންގެ މެދުގައި ގުޅުންކުޑަވުމުގެ ސަބަބުން، ހެދިބޮޑުވާ ކުދީންނަށް އެއިގެއަސަރު ކޮށްފައިވާ މިންވަރެވެ.

މިބަސް ބޭނުންކުރުން ރަނގަޅުކަމަށް އަޅުގަނޑަށް ފެންނަނީ، އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ތަނަވަސް ކޮށްދިނުމާއި، ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، އަންހެނުން ފުދުންތެރިކުރުމާއި، މިފަދަ ބަސްބަހެވެ.

މިފަދަ ޢަމަލުތަކަކީ އަންހެނުން ބާރުވެރިކުރުވުމެއް ނޫނެވެ.

2 ހިޔާލުތައް

  1. ސަޅި. އަންހެނުން ބާރުވެރި ކުރުވޭނީ ސްވިމިން ޓުރަންކް ލައްވައިގެން މިސް ކުއީން މޯލްޑިވްސް ހޮވީމާ. އެޖްންޑާ19 ކޮވިޑް19 އާއި އެކުވެ ތިކަންވެސް ނުވާނެއެކޭ ބުނާކަށް ނުކެރޭނެއެވެ.

  2. އެކި ބޭފުޅުންގެ ޚިޔާލު ތަފާތުވާނެ ތިއީވެސް ތިއަރީއެއް. ދިރިއުޅުމުގެ ފެންވަރު އަތުނުޖެހޭ ހިސާބަށް ދިއުމުންވެސް މިހުރިހާ ކަމެއް މަސްހުނިވާނެއެވެ. ދެން ރީއްޗަށް ފުށްޖަހާ ދެއްކެން އުޅޭ ބައިވެސް މަދެއްނޫނެވެ. ތެދެކެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ