އަންހެނުން ބާރުވެރި ކުރުން

އަންހެނުންނަކީ، މަތިވެރި މާތްބައެކެވެ. ކުދީން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަދުރަސާއެވެ. ދީންވެރި ޚުލްޤުހުރި މުޖުތަމަޢު އެއްގެ ބިންގަލެވެ. އަންހެނުންގެ ޤަދަރާއި ޢިއްޒަތް ހިފަހައްޓައިދޭ އެންމެވަރުގަދަ ބާރަކީ، ލަދުރަކިކަމާއި ކިޔަމަންތެރިކަން ކަމުގައިވާއިރު، އަންހެނުން ބާރުވެރިކުރުވުމޭބުނެ ޢާއްމު ވުމުން، އެބައިމީހުންގެ މާތް ދެސިފަ ގެއްލުނީއެވެ. މާތްމީހަކަށް ނުވަތަ ނުމާތް ނަމަވެސް، ފިރިހެނަކަށް ކުޑަވެސް މިންވަރަކަށް މިހާރު ބަލައިލަނީ ވަރަށްމަދު އަންހެނެކެވެ. އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އެމާތް ސިފަތައް ކިރިޔާވެސް މިހާރުހުންނަނީ، ޚުލްޤުވެރި ޢާއިލާއަކަށް ނިސްބަތްވާ އަންހެނެއްގެ ކިބާގައިއެކަންޏެވެ. ”އަލަގަހަކުން ކެޔޮނިރެއް […]