އިއްޔެ ކޯވިޑް-19 އަށް އިތުރު 107 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

އިއްޔެ ކޯވިޑް-19 އަށް އިތުރު 107 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފައްސިވީ މީހުންގެ ތެރެއިން 104 މީހަކީ މަލޭ ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ. އަދި އަތޮޅުތެރެއިން ވަނީ 3 މީހަކު ފައްސިވެފައެވެ.

މިއަދު ފައްސިވީ މީހުންގެ ތެރެއިން 73 މީހުންނަކީ ދިވެހިންނެވެ. އަދި ބާކީ މީހުން ނިސްބަތްވަނީ ބަނގްޅަދޭޝް، އިންޑިޔާ، ފިލިޕީންސް އަދި ސްރީލަންކާއަށެވެ.

މިއަދު ފައްސިވީ މީހުންނާއިއެކު ކޮވިޑަށް ރާއްޖެއިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5679އަށް އަރައިފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ 2449 ކޭސް ކަމަށް އެހްޕީއޭއިން ހާމަކުރެއެވެ. މިވަގުތު 1516 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު، 146 މީހަކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 22 މީހަކު މަރުވެފައިވާއިރު، 3208 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

ކޯވިޑްގެ ނުރައްކާ މިދަނީ ދުވަހުން ދުވަހަށް އަތޮޅުތެރޭގައި ބޮޑުވަމުންނެވެ. މިހާތަނަށް ރާއްޖޭގެ 13 ރަށަކުން ވަނީ ކޮވިޑުގެ އެކްޓިވެ ކޭސްތައް ފެނިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް