ހެޔޮލަފާ ސާލީޙު މީހާ އާއި އަވަށްޓެރި ޔަހޫދީ މީހާ!

ވަރަށް ހެޔޮލަފާ މުސްލިމް ޞާލިޙަކު އުޅުނެވެ. އޭނާގެ އަވަށްޓެރިއެއްގެ ގޮތުގައި ޔަހޫދީ އަކު އުޅުނެވެ. ދެ މީހުން ވަރަށް ގިނައިން އެއްމަޖްލިސްކޮށް ހަދައެވެ. މި ހެޔޮލަފާ މީހާ ކޮންމެ ކަމެއް ވެސް ކުރަން ފެށުމުގެ ކުރިން ކީރިތި މާތް ނަބިއްޔާ صلى اللهعليه وسلم އަށް ޞަލަވާތް ކިޔަވައެވެ. މިކަލިމަ އޭނާ އާއި ވައްކެތް ނުވެއެވެ. ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ކިޔަވައެވެ. މިކަމައި ޔަހޫދީ މިހާ އަޖާޢިބުވެ ސުވާލު ކުރި އެވެ. ތިބާގެ ނަބިއްޔާ އަށް ތިހާ […]
ސިޔާސީ ފަސާދައަކީ ކޮބައިކަން އޮޅުން ފިލުވައި ދިނުން

ކުރު ވާހަކައެއް ހޮޅުއަށިން: ކުއްޖަކު، އޭނާގެ ބައްޕަ ކުރެން އެއްސެވެ. ބައްޕާއެވެ! ސިޔާސީ ފަސާދައިގެ ވާހަކަ މިހާރު ވަރަށް ގިނައިން އިވެއެވެ. ނަމަވެސް އޭގެ މާނަ އަޅުގަނޑަކަށް ނުވިސްނެއެވެ. ސިޔާސީ ފަސާދައަކީކޮބައިކަން އަޅުގަނޑަށް ބުނެދެއްވަފާނަން ތޯއެވެ؟“ ދެން ބައްޕަ ބުންޏެވެ. ”އެ މައްސަލަ ވިސްނޭ ވަރަށް ވުރެ ދަރިފުޅު އަދި ތަންކޮޅެއް ކުޑައެވެ. އެކަން ވިސްނައި ގަތުމަށްޓަކައި އެންމެ ފުރަތަމަ ސިޔާސީ ނިޒާމު އޮންނަ ގޮތް ދެނެގަންނަން ޖެހެއެވެ. އެެހެންވެ، ދަރިފުޅަށް ވިސްނޭ ގޮތަކަށް ސިޔާސީ ނިޒާމު އޮންނަ ގޮތް ބައްޕަ ދަރިފުޅަށް ކިޔައިދެވޭތޯ ބަލާނަމެވެ.“ ދެން ބައްޕަގެ ވާހަކަ ކުރިއަށް […]
ރައްޔިތުންގެ ވިއަވަތި

ރައްޔަތުން ދުސްތޫރީ އަދި ޝަރިޢަތެއް ހޯދައި ލިބިގަންނަނީ އެރައްޔިތެއްގެ، ފަސް އަސާސެއް ޙާސިލް ކުރުމަށެވެ: 1. އެމީހުންގެ ލެއާއި ފުރާނަ: 2.އެމީހުންގެ ގެދޮރާއި މުދާ: 3. އެމީހުންގެ ޙަސަބާއި ނަސަބު:4.އެމީހުންގެ އަބުރާއި ޢިއްޒަތުން ނަފުސު: 5. އެމީހުން އަޤީދާއެވެ. މިއަސާސްތައް ބަހާލެވޭ ބަހާ ތަކާއި ގޮތްތަކާއި ހަމަތަކަށް ޒަމާނާއެކު ބަދަލުތަކެއް އައިސްފައިވީ ނަމަވެސް މިއަދުވެސް ތަންފީޒު ކުރުމަށް މަސައްކަތް ކުރާނެކަމަށް ވަޢުދުތައްވެ ރައްޔިތުންގެ އުއްމީދުތަށް ދީ ސަރުކާރައް އެކުލަވާލުވުމުގެ ބާރު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް ވިއްކަނީ މިދެންނެވުނު […]
ފަޅޮލުގެ ފައިދާ

”އެއީ ވިހަ ނައްތާލާ، ވަބާގެ ހޮޑާއި، ބޭރަށް ހިންގުން މަނާކޮށް ނޭވާހިއްލުމާއި، އިސްތިސްގާ ބައްޔާއި،ވައިގެ ގައިގާ ރިހުމާއި، ހުޅުހުޅުގައި ރިހުމާއި ބަވާސީރުގެ ރިހުމާއި އަދި ފިނީގެ ބަލްޣަމްގެ ބަލިތަކާއި، މިއެންމެހާ ކަންކަމަށް ފައިދާކުރާ އެއްޗެކެވެ. އަދި އެއީ ފިނި ފެނުގައި ނުވަތަ މީހުރު ފެނުގައި ގާނައި ބުއިމުން ހޮޑުމަނާކޮށް ވިހަ މަރާ އަދި އޭގެ ތެރެއަށް އަސޭމިރުސް ގޭނުމުން ވަރަށް ފައިދާބޮޑު އެއްޗެކެވެ. ފުނޑައި ގިރައިގެން ބުއިން މޮޅެއް ނޫނެވެ. ދަންނައެ، އޭގެ އެންމެ މޮޅީ އެތެރެ […]
އަންނަ ހުކުރު ދުވަހު ރައްޔިތުން އެއްވަނީ!

ޢާއިޝަތު މަމްދޫހާ، މޯލްޑިވްސް ރިވޮލޫޝަނަރީ މޫވްމަންޓުން އަންނަ ހުކުރުދުވަހުގެ އެއްވުމާއި ބެހޭގޮތުން ސަންދާނަށް ވިދާޅުވެދެއްވީ: ދިވެހި ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް މިއަދު ވާޖިބު ވެފައިވާ ކަމެކެވެ. އެގޮތުން އިންޑިއާ މިލިޓަރީ ރާއްޖޭން ބޭރުކުރުމަށް ހިންގަމުން އަންނަ ޙަރަކާތުގެ ބޮޑު އެއްވުމެއް މާލޭގައި މިއަންނަ ހުކުރު ދުވަހު އަޅުގަނޑުމެއް މޯލްޑިވެސް ރިވޮލޫޝަނަރީ މޫވްމަންޓް އާއި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ގުޅިގެން ބޭއްވޭނެއެވެ. ސަބަބުތައް ވަރަށް ވެސް ގިނަގުނަވެފައި ސާފެއެވެ. އެގޮތުން ފުރަތަމަ ފާހަގަ […]
ލޯބީގެ މަންޒިލު-17

https://sandhaanu.today/18111/ އާ ގުޅޭ ނިރޯތަމް ދާސް ދޮރާއްޓާ ދިމާއަށް ހިނގައިގަތެވެ. ތިލަކު ރާޖު ހައިރާންވެފައި ހުއްޓެވެ. އޭނާ ހައިރާންކަމާއެކު އެމީހުންނާ ދިމާއަށް ބަލަން ހުއްޓައި ޗޯޕްޅާ އައިސް ބުންޏެވެ. ”އެއީ ނިރޯތަމް ދާސްގެ އޮފީހުގައި ކާތިބެއްގެ ވަޒީފާ އަދާކުރާ ރާމް.“ ”އާނ!“ ތިލަކް ރާޖް ފުންނޭވާއެއް ލާފައި ބުނެލިއެވެ. ”ދެން އެހެރީ ރާމްގެ ފިރިހެން ދަރިފުޅު. ނިރޯތަމް ދާސްގެ ވާން އުޅޭ ދަނބި ދަރިފުޅު.“ ”އެހެންތަ؟“ ޗޯޕްޅާ ސިއްސައިގެން ދިޔަ ގޮތުން ހީވީ ކައިރި ތަނެއްގައި ބޮމެއް ގޮއްވާލިހެންނެވެ. […]
ލޯބީގެ މަންޒިލު-16

/https://sandhaanu.today/17568/ އާ ގުޅޭ މެންދުރުން އަނބުރާ ދޭއް ޖެހިއިރު ސަރޫޕާއި އޭނާގެ ބައްޕަ ރާމް ގެއަށް އަތުވެއްޖެއެވެ. މިއަދަކީ ސުޝީލާގެ އުފަން ދުވަސްކަމަށް ވުމުން މެންދުރު ކާގަޑި ޖެހުމުން ހުރިހާ މުއައްޒިފުން ގެއަށް ފޮނުވާލައިފި އެވެ. އެ ދެ ބަފައިން ގެއަށް އައީއްސުރެ ގޭތެރޭގައި މީހުން އޮތީ ފުރިބާރުވެފައެވެ. ނިރޯތަމް ދާސްގެ އަންހެން ދަރިފުޅު ސުޝީލާގެ އުފަންދުވަހުގެ މުނާސަބާ ފާހަގަކުރުމަށްޓަކައި ބާއްވާ ޕާޓީއަށް ރާމްއާއި ސަރޫޕަށް ދައުވަތު ލިބުނުކަން މުޅި އަވަށުގެ އެންމެންނަށް އެނގިއްޖެއެވެ. ލާނެ ރަނގަޅު […]
ލޯބީގެ މަންޒިލު-15

https://sandhaanu.today/17568/ އާ ގުޅޭ.. ނިރޯތަމް ދާސް މޭޒުމަތީގައި ހުރި ލުނބޯ ފަނިތަށި ނަގައި ސުޝީލާއަށް ދިއްކޮށްލަމުން ބުންޏެވެ. ”ފަނިތަށި ބޯލާ! މިއީ ވަރަށް ރަނގަޅު ފަރުވާއެއް. ރާފުޅިއެއްގެ އެއްބަޔާއި ހަތަރު ގުޅަ ބޭސް ބޭނުންކޮށްފައި ވާނަމަ ލުނބޯ ފަނިތަށްޓެއް ބޯލުމުން މެޔަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ.“ ސުޝީލާއަށް ހީވީ އޭނާގެ ސިކުނޑި ތެރޭގައި ބާރުގަދަ ބޮމެއް ގޮވިހެންނެވެ. ހައިރާންކަމާއެކު ހުޅުވުނު އޭނާގެ އަނގައިން ނިކުތް އަޑު އިވުނެވެ. ”ބައްޕާ!“ ސުޝީލާ ބައްޕަގެ އަތުން ތަށި އަތުލިއެވެ. […]
ކީއްތަ މިވަނީ؟ – އުތީމު އާދަމްބެ

ދިވެހީންގެ މީހަކު މޮޔަވިއަސް ވަދެގަންނަނީ ގޮސް މިސްކިތަށް ތިބެގެން އިތުރު ގޯނާ ދެނީ މަތިވެރި މުޤައްދަސްވީ ފޮތަށް މަސްތެއް ވެގެން ހޭދެބަ ވިއަސް ކުރަނީ ނަޖިސް ގޮސް މިސްކިތަށް ގަސްދެއް ނެތަސް ޖެއްސުން ކުރަން އެނގެނީ އެކަނި ހަމަ މާތް ފޮތަށް ކޮށްފާ އެތައް ގިނަ ކުށްކުށާ ހުއްޓަސް ކުރިން ޢަމަލާ ނުބައި ދައްކައިފި ނަމަ ބުނެފާނެއޭ ހުސްވެފަ ހުރީއޭ ގޮސް ފަތަށް ދެން ނޯވެއޭ ކުރެވޭ ކަމެއް އަދަބެއް ދެވޭނޭ ވެސް މަގެއް ދެން ވެސް […]
ލޯބީގެ މަންޒިލު-14

https://sandhaanu.today/17199/ އާ ގުޅޭ ސަރޫޕުގެ ދެ ލޯ ހީވަނީ ރަތް އަނގުރު އަލިފާންގަނޑެއް ހެންނެވެ. އޭނާ އުއްޑުން އެނދުގައި އޮށޯވެ އޮތެވެ. އޭނާގެ މޭމަތީގައި ކަރުދާސް ގަނޑެއް އޮތެވެ. ކަރުދާސްގަނޑު ފުރެންދެން ވަނީ ހިސާބުގެ އަދަދުތަކެވެ. އާދައިގެ މަތިން މިއަދު ވެސް އެންމެ ފުރަތަމަ ހޭލީ ރާމްއެވެ. އޭނާ އެނދުން ތެދުވި ވަގުތު ސަރޫޕު ހޭލާ އޮތްތަން ފެނުމުން ނުތަނަވަސްވެފައިވާ އަޑަކުން ސުއާލުކުރިއެވެ. ”ދަރިފުޅު ކީއްވެފައި ތިއޮތީ؟“ ސަރޫޕު ސިއްސައިގެން ދިޔައެވެ. އަދި ތެދުވެ އެނދުގައި އިށީދެއްޖެއެވެ. ދެން […]