ޢާއިޝަތު މަމްދޫހާ، މޯލްޑިވްސް ރިވޮލޫޝަނަރީ މޫވްމަންޓުން އަންނަ ހުކުރުދުވަހުގެ އެއްވުމާއި ބެހޭގޮތުން ސަންދާނަށް ވިދާޅުވެދެއްވީ:
ދިވެހި ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް މިއަދު ވާޖިބު ވެފައިވާ ކަމެކެވެ. އެގޮތުން އިންޑިއާ މިލިޓަރީ ރާއްޖޭން ބޭރުކުރުމަށް ހިންގަމުން އަންނަ ޙަރަކާތުގެ ބޮޑު އެއްވުމެއް މާލޭގައި މިއަންނަ ހުކުރު ދުވަހު އަޅުގަނޑުމެއް މޯލްޑިވެސް ރިވޮލޫޝަނަރީ މޫވްމަންޓް އާއި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ގުޅިގެން ބޭއްވޭނެއެވެ.
ސަބަބުތައް ވަރަށް ވެސް ގިނަގުނަވެފައި ސާފެއެވެ. އެގޮތުން ފުރަތަމަ ފާހަގަ ކޮށްލަން ބޭނުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އިންޑިއާ އެކު ވެފައިވާ އެއްބަސްވުން ތަކަކީ، ބައިނަލްއަގުވާމީ މުޢާހަދާތަކާއި އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ވެސް ޚިލާފަށް ހަދާފައިވާ އެއްބަސްވުން ތަކެއްކަން ޝައްކެއްނެއް މިންވަރަށް ރައްޔިތުންނަށް ސާފުވެފައި އޮތުމެވެ.
މިސާލަކަށް: ވިއެނާ ކޮންވެންޝަން އޮން ލޯ އޮފް ދަ ޓްރީޓީސް، ޔޫއެން ރެޒޮލިއުޝަން އިންޑިއަން އޯޝަން ޒޯން އޮފް ޕީސް، އަދި ދިވެހި ރާއްޖޭގެ ގާނޫން އަސާސީގެ 252 ގެ (ނ) 237 މާއްދާ އާ 115ގެ (ފ) އާވެސް ކަނޑައެޅިގެން ޚިލާފު އަމަލެކެވެ.
ރައްޔިތުން އަންނަ ހުކުރު ދުވަހު އާދެ، މި މަހު 25 ވަނަ ދުވަހު ނިކުންނަން ޖެހޭ އަނެއް ސަބަބަކީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގައި އަތް ނުބާނާ، އަދި ނުފޫޒު ނުފޯރުވާ އެއްވެސް މިނިސްޓްރީ އެއް، މިނިވަން މުއައްސަސާ އެއްވެސް ނެތްކަން ރައްއިތުންނަށް މިއަދު ޔަގީން ވެފައިވާތީއެވެ.
އެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސެޑަރ ފާޅުގައި މިގައުމުގެ 4 ވަނަ ބާރުކަމުގައިވާ މިނިވަން ނޫސްވެރިކަމަށް ބިރުދައްކައި އެތަކެއް ފާޑުކިއުންތަކެއް އަމާޒުކުރަމުން އަންނަކަމީ އެންމެންވެސް ދަންނަ ޙަގީގަތެކެވެ. އަދި ދިވެހި ރާއްޖޭގެ ނޫސްވެރިޔަކު އިންޑިއާގެ އެއާރޕޯޓްގައި ރަހީން ކޮށްގެން ގެންގުޅުނު ކަން ވެސް ފާހަގަކޮއްލަމެވެ.
އަންނަ ހުކުރު ދުވަހު ރައްޔިތުން ނިކުންނަން ޖެހޭ އަނެއް ސަބަބެއް ގޮތުގައި ފާހަގަ ކުރަން ޖެހެނީ މިގައުމުގައި އުޅޭ އިންޑިއާ ސިފައިންނާއި އިންޑިއާގެ ބައެއް ރައްޔަތުންގެ މައްޗައް މިގައުމުގެ ގާނޫން އަސާސީއައި ހެދިފައިވާ ޢާންމު ގަވާއިދުތައް ނުހިނގާތީއެވެ.
މިއީ ރައްޔިތުން ބިރުގަނެ ކަންބޮޑުވެ، އިންތިހާ ދަރަޖައަށް އޮތް ނުރައްކަލުގެ ސިގްނަލް ތަކެކެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ނުރުހުން ފައުޅުކުރުމަށް ނުކުންނަން ޖެހޭ މިފަދަ ބައިވަރު ސަބަބުގެ ތެރޭގައި މި ގައުމުގެ ގާނޫނު ތަންފީޒު ކުރަން ތިއްބެވި ފަރާތް ތަކަކީ ދިވެހި ގައުމާއި، ދިވެހި ރައްޔިތުންގެ މަސްލަޙަތަށްވުރެ އިންޑިއާ އާއި އިންޑިއާ ރައްޔިތުންގެ މަސްލަޙަތުތައް އިސްކަންދޭ ގައުމަށް ބޮޑުތަނުން ޚިޔާނާތްތެރި ބަޔަކަށް ވެފައި ވާތީއެވެ.
މިއަދު މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލްގެ ދިވިހިވަންތަ ކަމުގެ ޙިމާޔަތުގައި ދިވެހިން މަގުމައްޗަށް ނިކުމެ ހިތްވަރާއި އެކު ނުކުރި މަސައްކަތެއް ކޮޮށްދޭނެ އިތުރު ބަޔަކު ދިވެހިންނަށް ހެޔޮއެދިގެން ނާންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ދިވެހިރާއްޖޭގެ ޖުމިހޫރިއްޔާ ގާނޫނުއަސާސީ ބުނަނީ ދިވެހި ރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ތިބެވޭފަދަ އެއްބަސްވުމެއް ހެދޭނީ އެފަދަ އެއްބަސްވުމެއްގެ ދެލިކޮޕީ ރައްޔަތުންގެ މަޖިލިސްއަށް ހުށަހަޅައި މަޖިލިސްގެ ހުރިހާ މެމްބަރުން އެކަމަށް އެއްބަސްވެގެން ކަމަށެވެ. މި ގާނޫނުގެ ރޫޙައް ބަލާލީމަވެސް އެނގިގެންދަނީ އެއީ ކުރުން މުސަތަޙީލު ކަމެއްކަމެވެ. ނުކުރެވޭނޭ ކަމެއްކަމެވެ. އެގޮތަށް ކަންއޮވެމެ ރައީސް އިބުރާހިމް ސޯލިޙުގެ ސަރުކާރުން އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި އިންދުމަށް ކުރެވިފައިވާ އެންމެހާ އެއްބަސްވުންތައް ކުރީ ރައްޔިތުންގެ މަޖިލިސްއަށް ހިލަމެއްވެސް ނުވާގޮތަށް ސިއްރިޔާތުގައިކަން މިހާރު މިވަނީ ކަށަވަރުވެފައެވެ.
ވުމާއިއެކު ހެޔޮވެރިކަމެއް ރައްޔަތުންނަށް ކޮށްދޭން މާތްﷲ ގަންދީ ހުވައިކޮށްގެން ދައުލަތް ހިންގުމަށް ސަރުކާރާއި ޙަވާލުވީ ވެރިޔަކު ދިވެހި ރާއްޖޭގެ ގާނޫނަށް ގޮންޖަހައި އަމިއްލަ ފައިދާއާއި އެބައިމީހުންގެ މަންފާއަށް ދިވެހި ދައުލަތުގެ ގާނޫނީ އަސާސީގެ ބާރު ކަނޑުވާލައި ރައްޔިތުން ނުރައްކަލުގެ ތެރަށް ވައްޓާލައި ބޮޑުތަނުން ޚިޔާނާތްތެރި ވުމުން އެދަފަ ޚާއިނުންނާއި ދެކޮޅަށް އަޑުފުލުން ދިވެހި ކޮންމެ ފަރުދަކަށްވެސް ވާޖިބުކަމަކަށް ވެގެން ހިގައްޖެއެވެ.
އަޅުގަނޑުގެ ދުޢާއަކީ އަޅުނޑުމެން ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި މިކުރާ މަސައްކަތުގައި ﷲ ސުބްހާނަހޫ ވަތަޢާލާ ބަރަކާތްލައްވައި ކާމިޔާބާއި ނަސްރު މިންވަރު ކުރެއްވުމެވެ.
މިނިވަންކަންމަތީ ދިވެހި ގައުމު އަބަދުގެ އަބަދަށް.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
6 Responses
Saabahey nukun,nan vaane emme thanfukeh ves fahathah jehigen nuvaane Meeker MDP AAI INDIAA ge gawmumeh noon mee dhiveheenge gaumu dhiveheenge azumu varugadha kuran ebaj jehey dhivehi raajje ingireysinge alhuvethi kamugaa oiy iru ulhunu hiy dhathi Kan handhaan nunethey, minivan kamugaa badah jehun ves MAA rangalhu, MAA hiyhama jehigen ulheveyne.mihaaruves mithibee alhuvethi Vegas bodu dharaniga deh alhuvaigen indiaa either dhivehin alhuvathi koffaa.
ތީހަމަ ކުރަންޖެހޭ މުހިންމު ކަމެއް.
މާ ލަސް ވެސް ވެއްމޖެ
ރައްޔިތުންގެ ނަމުގައި ވާހަކަ ދެއްކޭނީ ރައްޔިތުން އަޣުލިބިއްޔަތު ދީފާވާ ބަޔަކަށެވެ. އެބޫޅޭ މިބޫޅޭ އަކަށެއް ނޫނެވެ. ރައްޔިތުންނޭ ކިޔައިގެން އެއްވެސް އެއްޗެއް ބުނުމުގެ ހައިސިއްޔަތެއް ރައްޔިތުން ރިޖެކްޓް ޖަހާ ތަޅާ ބޭރު ކޮއްފައިވާ ބަޔަކަށް ނޯންނާނެއެވެ. ތިޔައީ ދިވެހިންގެ ނަމުގައި ޗުއްޕުވެސް ބުނުމުގެ ހައްގެއް އޮތް ބަޔެއް ނޫނެވެ. ލަދު ހަޔާތެއްވެސް އޮންނަން ޖެހޭނެއެވެ.
heyo nuvaane. sarukaaru heykendigen vettidhaane.
އަޅޭ ހަމަ ބުއްދީގައި އުޅޭ ބައެއްނަމަ އިނގޭނެދޯ މިވެރިން މޭޑޭ ޖައްސާ ބުހުތާން ދޮގު ހަދާ މީހުންގެ މަރު އެކަމާގުޅުމެއްނެތް މީހުންގެ ބޮލުގައި އަޅުވާ އެހުރިހާ ސަކަރާތެއް ހަމަ މިގާނޫނުން ހުއްދަދޭތީއޭ ކިޔާފަ ޖައްސުވާފަ ވެރިކަމަށް އާދެވުނީމާ ގާނޫނު އަބުނާ މިނިވަންކަން އެހެން މީހުންނަކަށް ދުވެވޭނެޔޯ. ނޫނޭ ދޮގުވެރި ބައެއް މިއީ. މާލޭ ބޮޑު ހުޅު ޖެހީވެސް އޭރުބުނ ރައްޔަތުން ބޭނުން ބަދަލެއް މަގުމަތިން ފުނޑާލާފަވެސް ގެނެވޭނެޔޯ ކިޔާފަ. މަހަމަ ކޮސްވެއްޖެއެވެ. ދޮގާއި މަކަރާއި ޙީލަތާއި ކަރަޕްޝަން ވެސް ކޮންމެވެސް މިންގަނޑެއްގައި ނަމަ ދޯ؟ މިދެން ހަމަ ޒީރޯ ޓޮލެރެންސް ހުރިހާގޮތަކުން.
އަލިހޮއްކޮގެ ވިސްނުން ރަނގަޅު. މީގެ ކުރިންވެސް ވެރިކަން ހޯދަން ކުރީ މުޒާހަރާ. ރަނގަޅުވެދާނެއޭ ހީކޮށް ރައްޔިތުންވެސް ވެރިކަމުގެ ފުރުސަތު ދިނީމާ ބުނީ ރަނގަޅު އަދަދަކަށް ފައިސާކޮޅެއް ލިބުނީމާ އެއީ ކިހެނެއް ލިބުނު އެއްޗެއްތޯ އަނބިމީހާވެސް ސުވާލު ނުކުރާނެއޭ. ވެރިކަން ހޯދަން އަނެއްކާވެސް ތިޔަ ފެށީ މުޒާހަރާ…މުޒާހަރާ…