ޔޫކްރެއިންގެ ސުލްހައަށް ވާހަކަ ދައްކައިގެން ގޮތެއް ނިންމަން ވީ ވަގުތު – ހެންރީ ކީސިންޖަރ

މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ނުރައްކާތެރި ބޮޑު ހަނގުރާމައަކަށް މަގު ބަންދު ކުރުމަށްޓަކައި ޔޫކްރެއިންގެ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް ވާހަކަދައްކަންވީ ވަގުތު އަތުވެއްޖެއެވެ. އަދި ރަޝިޔާއަށް ނުރައްކާ މެދުވެރިކުރުމުގެ ހުޅަނގުންދެކޭ ހުވަފެނަކީ މުޅިދުނިޔެއަށް ނިއުކްލިއަރގެ ބިރުވެރިކަން ފެތުރިގެން ދިއުން ކަމުގައި އެމެރިކާގެ ސިޔާސީ ތަޖްރިބާކާރު ހެންރީ ކީސިންޖަރ ވިދާޅުވެއްޖެއެވެ. ކިސިންޖަރ ވިދާޅުވީ ރަޝިޔާގެ ބާރު ކަނޑުވާލެވިދާނެ ކަމަށް ހީކުރުމަކީ ޔޫކްރެއިނުންނާއި ހުޅަނގުން ގެންގުޅުން ގޯސް ނުރައްކާތެރި ވިސްނުމެއް ކަމަށެވެ. ފިނިހަނގުރާމަ ފިނިކޮށް ނިމުމަކަށް ގެނައުމުގެ ސިޔާސަތު ރޭވުމުގެ މޭސްތިރި ކަމުގައިބެލެވުނު ހެންރީ ކީސިންޖަރަކީ އެމެރިކާގެ ރައީސް ރިޗަރޑް ނިކްސަން އާއި ޖެރާލްޑް ފޯރޑްގެ ޚާރިޖީ ވަޒީރެވެ. 2000 ވަނައަހަރު […]
ދައުރު ނިމެން 11 މަސް: ވެންޓިލޭޓަރު ވަގު ހިފަން އަނެއްކާވެސް ފޮނުވައިފި

ވެންޓިލޭޓަރު ވައްކަމުގެ މައްސަލައިގައި ތިން ބޭފުޅެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު އަނެއްކާވެސް ފޮނުއްވައިފިއެވެ. ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަންހިންގަވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާގޮތަށް އެންމެ ފުރަތަމަ ޖުމްލަ 11 މީހެއްގެ މައްޗަށް ދަޢުވާކުރަން އެދި ޕީޖީއަށް ފޮނުއްވިއެވެ. ނަމަވެސް މައްސަލަ ޕީޖީ އޮފީހުން އަނބުރާ ފޮނުވައިލެއްވުމުން އިތުރު ތިން ފަހަރެއްގެ މަތިންވެސް އޭސީސީއިން އަލުން ޕީޖީ އޮފީހަށް ފޮނުއްވިއެވެ. އެ ހުރިހާ ފަހަރަކު ވެސް މައްސަލަ ޕީޖީ އޮފީހުން އުންސުރު ހަމަނުވާކަމަށް ދެކެ އަނބުރާ ފޮނުވާލީއެވެ. ނަމަވެސް […]
ތެލާއި ހަކަތައިގެ އިންޑަސްޓްރީތަކަށް އެމެރިކާއިން ޒައިތޫނި ފަތްކޯޅި

ނޭޝަނަލް ޕެޓްރޯލިއަލް ކައުންސިލްގައި ހިމެނޭ އެކްސޒޯން މޯބައިލް ކޯރޕޮރޭޝަނާއި ރޯޔަލް ޑަޗް ޝެލް ފަދަ ތެލާއި ހަކަތައިގެ އިންޑަސްޓްރީތަކުގެ އިސްފަރާތްތަކާއިއެކު ވޯޝިންގޓަނުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަފުޅު ދައްކަވަމުން ފޮސިލް ފިއުލްގެ ބަދަލުގައި އެއަށްވުރެން ސާފު އެހެންގޮތެއް ހޯދަން ބައިޑް ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރަމުން ގެންދިޔަ ނަމަވެސްއަދިވެސް އެތައް ޒަމާނަކު ފޮސިލް ފިއުލް ބޭނުންކުރަން ޖެހޭނެ ކަމަށާއި އަދި މާއަވަހަށް ކަންތައްތައް ބަދަލުކުރަން އުޅުމުން އާންމު ރައްޔިތުންނަށް ނުރަނގަޅު ގޮތްތަތަކެއް މެދުވެރިވަމުންދާތީ އެކަން ވިސްނި ވަޑައިގަންނަވާކަމަށް ވިދާޅުވެފާވެއެވެ. އެމެރިކާގެ ހަކަތައާއި ބެހޭ ވަޒީރު ޖެނިފަރ ގްރޭންހޯމް ޒައިތޫނި […]
ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ ލިއޯނެލް މެސީ

ގަތަރުގައި ރޭ ނިމިގެން ދިޔަ ދުނިޔޭގެ ފުޓްބޯޅަ މުބާރާތަކީ އެހެން އެއްވެސް ކުޅުންތެރިއަކަށް ވުރެން ބޮޑަށް ލިއޯނެލް މެސީއަށް ޚާއްސަ މުބާރާތެކޭ ބުނެވޭނެވިދާނެއެވެ. ފުޓްބޯޅައިގައި އާރޖެންޓީނާގެ މެސީ ފާހަގަވެގެން ދަނީ އަދި މުޅިން އެހެން ލެވެލެއްގައެވެ. އާދެ! ދެވަނައެއް ނެތް އެންމެ މަތީ ފެންވަރުގައެވެ. ނަމަވެސް މިފަހަރު އާރޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗްގައި ސަޢޫދީ އެރޭބިޔާއަތުން ބަލިވުން އެއީ މެސީއަށް ބަލާގަނެވުނު ކަމަކަށް ނުވިއެވެ. އޭގެ ނަތީޖާއަކީ ދެން ކުޅެވުނު މެޗްތަށް ކާމިޔާބު ކޮށް އެންމެފަހުން މުބާރާތުގެ ތަށި ކާމިޔާބު ކުރުމެވެ. މަންޒިލް މަގްސޫދަށް ދާން ބޭނުންނަމަ ފަހަތަށް ބެލުމުގެ […]
އިންޑިއާގައި ތަކެތީގެ އަގު އުފުލެމުންދިއުން

އަވަށްޓެރި އިންޑިއާގެ އާންމު ދިރިއުޅުމުގެ ޚަރަދުތަކަށް އަންނަ ކޮންމެ ބަދަލަކީ އޭގެ އަސަރު އެ ގައުމުގެ ރައްޔިތުންނެކޭ އެއްފަދައިން ކޮންމެވެސް ސިފައެއްގައި ދިވެހިރާއްޖެވެސް ޙިއްސާކުރަން ޖެހިފައިވާ ކަމެކެވެ. އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ އެއްޗެހި ގެންނަން ޖެހިފައިމިވަނީ އިންޑިއާއިންނެވެ. މިއީ ދެބަސްނުވެވޭނެ ޙަގީގަތެކެވެ. އެހެން ކަމުން އިންޑިއާގެ އިގްތިސާދަށް މެދުވެރިވާ ބަދަލުތަކާމެދު ދިވެހީންވެސްހޭލުންތެރިވާން ޖެހޭނެއެވެ. އަވަށްޓެރި އިންޑިއާގައި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތީގެ އަގުއަވަސް އަވަހަށް އުފުލިގެން ދިއުމުން މެދުފަންތީގެ ޢާއިލާތަކަށް ދިރިއުޅުމުގެ ޚަރަދުތައް ފޫބެއްދޭނެ ގޮތެއްނެތި ބަނޑަށް ޖެހުމުގެ ބިރާކުރިމަތިލާން ވަނީ ޖެހިފައެވެ. މުސާރައަށް ބަދަލެއް ނައުމާއި ތަކެތީ […]
ރަޝިޔާގެ ވަރުގަދަ މިސައިލް ޙަމަލާތަކެއް ޔޫކްރެއިނަށް

މިއަދު ރަޝިޔާއިން ޔޫކްރެއިނަށް އިތުރު ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ. މިސައިލްތަކުގެ ގޮވުން ކީވް އާއި ޚާރކީވް އިން އިވިގެންދިޔަކމަށް ބުނެއެވެ. އަދި އެ ދެ ޝަހަރު މިހާރު އޮތީ ކަނު އަދިރި ކަމުގެ ތެރޭގައެވެ. ރައީސް ޕޫޓިންގެ ލަޝްކަރުން ޔޫކްރެއިނުގައި ހުރި ކަރަންޓު އުފައްދާ ނިޒާމުތައް ޙަލާކުކޮށްލަމުން ގެންދިއުމާއެކު ހޫނު ކުރެވޭނެގޮތެއް ނެތުމުން ޝަހަރުތަކުގައި ގަނޑުފެނާ އެއްފަދަ ފިނިކަމެއް އާންމު ވަމުންދިއުމުން އަމާންދިނުން ނޫން އެހެން ގޮތެއްނެތް ޙާލަތަކަށް ވައްޓާލުމަށް ރަޝިޔާއިން ޙަމަލާދެމުން ގެންދާކަމަށް ބެލެވެއެވެ. ޙަމަލާ ބަދަލުކުރެވެމުން ދާއިރު ގިނަ ރައްޔިތުން ތަކެއް ރައްކާތެރިކަން ލިބިގަތުމަށްޓަކައި ސަބްވޭތަކަށް ވަންނަން ފަށައިފިއެވެ. ޚަބަރުތައް […]
ބާލިންގައި ހުންނަ ދުނިޔޭގެ އެންމެ ބިޔަ މަސްކޮށި ގޮވައިފި

ރޮއިޓާސް އިން ޚަބަރުދޭގޮތުގައި ބާލިންގައި ހުންނަ ބިޔަ މަސްކޮށި މިއަދު ގޮވައިފިއެވެ. އެ މަސްކޮށިގައި ތަފާތު ވައްތަރުތަކުގެ 1500 މަސް ދިރުވައިގެން ގެންގުޅެއެވެ. އަދި އޭގައި ހުރި އެއްމިލިއަން ލިޓަރުގެ ފެނާއި މަސްކޮށީގެ ހަލާކުވެފައިވާ ބައިތައް ކާރޫބާރުބޮޑު މިއްޓޭ އަވަށުގެ ތެރެއަށް ފެތުރިގެން ހިނގައްޖެކަމަށް އިމަރޖެންސީ ސަރވިސް އިން ބުނެފިއެވެ. ރެޑިސަން ހޮޓެލްއަކާއި މިއުޒިއަމަކާއި އަދި ސީލައިފް ބާލިނުން ބުނާގޮތުގައިދުނިޔޭގައި ހުރި އެންމެބޮޑު މި ފްރީ ސްޓޭންޑިން ސިލިންޑްރިކަލް އެކްވޭރިއަމް ހުރީ އެއް ކޮމްޕްލެކްސް ޢިމާރާތުގައެވެ. މަސްކޮށީގެ އުސްމިނަކީ 46 ފޫޓެވެ. އެވަގުތު ރެޑިސަން ހޮޓެލްގައި […]
އިންސާނީ ޙައްގުތައް ކަށަވަރު ކުރުމުގެ ނަމޫނާ

މެލޭޝިޔާގެ 4 ޓުއަރިސްޓަކު އިނގިރޭސި ވިލާތުގެ ޑަބްލިންގައި މި ޑިސެމްބަރު މަހުގެ 4 ވަނަދުވަހު ބާޒާރުކުރަން އުޅުމުގެ ތެރޭގައި ރެސްޓްރާންޓަށް ގޮސްތިއްބާ ޒުވާނުންނޭ މިކިޔާ އުމުރުފުރައިގެ ދޮން ޒުވާނުންތަކެއް އައިސް ހަނގާކޮށް ތަޅުންގަނޑު މަތީގައިހުރި ހުސް ދަޅުތަކާއި ކާއެއްޗެހިތައް އުކައި ގޯނާކޮށް ހަދައިފިއެވެ. ނަސީބު ރަނގަޅުކަމުން އެތަނުގައި ފީ ކުކުޅުބިހެއް ނެތެވެ. އިނގިރޭސި ވިލާތުގައި ކުރިއެރުމުގާ މިހާރު ޚާއްސަވެފައިވާ އެއްކަމަކީ ފީވެ ކުނިވެފައިވާ ބިހުން ޙަމަލާ ބަދަލުކުރުމެވެ! […]
ޕާކިސްތާނުގެ ސިޔާސީ މަސްރަހު އަންނަނީ ހޫނުވަމުން

އިމްރާނުޚާން ބޮޑުވްޒީރުކަމުގައި ހުންނެވި ދުވަސްވަރު ދަވްލަތަށް ހަދިޔާގެ ގޮތުގައި ލިބިފައިވާ ބައެއް ތަކެތި ވިއްކައިގެން ލިބުނު ފައިސާ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުޙުމަތުގައި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބެއްގައި އަލުން ވާދަ ނުކުރެއްވޭނެ ކަމަށް ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން ނިންމެވި ނިންމެވުން އިސްތިއުނާފު ކުރުމުން އެމައްސަލަ ބެލުން ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމަޔަށް ފަސްކުރަން އިސްލާމަ އާބާދުގެ ހައިކޯޓުން ނިންމައިފިއެވެ. ހަމައެއާއެކު ޕާކިސްތާނުގައި އާންމު އިންތިޚާބު އަވަސްކުރުމާއި ބެހޭގޮތުން ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމުމަށާއި އެހެންނޫނީ 2 ޕްރޮވިންސެއްގެ ލެޖިސްލޭޓިވް އެސެމްބްލީ […]
ގަލްފު ލީޑަރުންގެ އާ ބައިވެރިއަކަށް ޗައިނާ

ސުރުޚީގައި އެވަނީ މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި އަރަބި ލީޑަރުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއެކު ބޭއްވުނު ބައްދަލުވުމުގައި ހާމަވެގެންދިޔަ މެސެޖްގެ ޚުލާސާއެކެވެ. ނިމިގެންދިޔަ އެ ބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި އަރަބި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އިގްތިސާދުގައި ޗައިނާގެ ޙިއްސާ އަށް ގިނަ މަގުތަކެއް ހުޅުވިގެން ހިގައްޖެއެވެ. އަދި އަރަބި ދުނިޔޭގައި ޙަރަކާތްތެރި ވަމުން އައި ހަމައެކަނި ސުޕަރ ޕަވަރަ އެމެރިކާއަށް އެމަގާމު ކިތަންމެރަނގަޅަކަށްވެސް ގެއްލިއްޖެކަމެވެ. ރައީސް ބައިޑްން ސަރުކާރުން ފާޅުކުރަމުން ގެންދިޔަ ފާޑުކިއުންތަކުގެ ސަބަބުންނާއި މެދު […]