އެމެރިކާގެ ޚާރިޖީވަޒީރުގެ ދަތުރުފުޅުގެ ކުރިން ޗައިނާގެ ނުރުހުން 

ރޮއިޓާރސް އިން ޚަބަރުދީފައިވާ ގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ޗައިނާއަށް ކުރައްވަން ރޭވިފައިވާ ދަތުރުފުޅުގެ ކުރިން ޗައިނާގެ ޚާރިޖީ ވަޒީރު އިއްޔެ އެމެރިކާގެ ޚާރިޖީ ވަޒީރަށް ފޯނުކުރައްވާފައި ޗައިނާގެ އެތެރޭގެ ސަލާމަތާ ރައްކާތެރިކަމުގެ ތެރެއަށް އަތްބާނައިގެން ތަޅުވާ ނުހަދަން ދަންނަވައިފިއެވެ.  ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިކަމަށް ޚާރިޖީ އޮފީހުން ހާމަކޮށްފައިވަނީ ތައިވާނުފަދަ ޗައިނާއަށް މުހިންމު މައްސަލަތަކުގެ ތެރެއަށް އެމެރިކާ ނުވަދެ ޗައިނާގެ ސިޔާސަތަށް އިޙުތިރާމް ކުރަން ދުނިޔޭގެ ސުޕަރ ޕަވަރެއްގެ ޙައިސިއްޔަތުން އެމެރިކާއަށް އެނގެން […]

އަހަރެމެން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުޅަނގަކަށް ނުހުއްޓުވޭނެ – އީރާން

ސްކައި ނިއުސް އިން ޚަބަރުދޭ ގޮތުގައި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުޅަނގުގެ ގައުމުތަކަކަށް ނުހުއްޓުވޭނެ ކަމަށާއި އެކަމަކު ދެފަރާތުގެ ޙައްގުތައް ރައްކާތެރި ކުރެވޭނެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އީރާނުގެ ދީނީ އިމާމް އާޔަތުއްލާ ޢަލީ ޚާމަނާއި ވިދާޅުވެއްޖެއެވެ. އިމާމް ޚާމަނާއި މިހެން ވިދާޅުވެފައި މިވަނީ އީރާނުގެ ނިއުކްލިއަރ މަސްއަލާގައި ހުޅަނގާއިއެކު ޒުވާބު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމަށް ބުނެ މީޑިއާއިން ފަތުރަމުން ގެންދަނީ މުޅިން ދޮގުވާހަކަތަކެއް ކަމަށާއި އެކަން ހުޅަނގުގެ ގައުމުތަކަށްވެސް ރަނގަޅަށް އެނގޭނެކަމަށް އިމާމް ޚާމަނާއި ވިދާޅުވިއެވެ. އަހަރެމެންގެ އީމާންކަމާއި […]

އެމެރިކާއާއި ޗައިނާގެ ހަނގުރާމައެއްގައި ޔޫރަޕުން 

އެމެރިކާއަށް ތާއީދު ކޮށްފާނެތަ؟ މިދުވަސްވަރު ބައިނަލް އަގްވާމީ މީޑިއާގެ ނަޒަރު މައިގަނޑު ގޮތެއްގައި ހުއްޓިފައިވަނީ އެމެރިކާއާއި ޗައިނާގެ މަސްރަޙަށް އަންނަ ބަދަލުގެ މައްޗަށެވެ. އިގްތިސާދީ ގޮތުންނާއި މިލިޓްރީ ގޮތުންވެސް އެ ދެގައުމުން ގެންގުޅޭ ސިޔާސަތެއްގެ ސަބަބުން މުޅި ދުނިޔެއަށްވެސް ބޮޑެތި ފަނާކުރަނިވި ބަދަލު ތަކަކާއިކުރިމަތިލާން ޖެހިދާނެތީއެވެ.                މިފަހުގެ ތާރީޚުގައި ފެންނަމުންދަނީ ޗައިނާގެ ނަން ބުނެވޭ ކޮންމެ ކަމެއްގައި ޔޫރަޕްގެ ގައުމުތަކުން އެމެރިކާގެ ފަހަތަށް ޖެހެމުންދާ މަންޒަރެވެ. ޔޫކްރެއިންގެ ހަނގުރާމައިގާ ޗައިނާއިން ރަޝިޔާއަށް ތާއީދުކުރަމުން ގެންދިއުމާއި ތައިވާނުގެ މައްސަލާގައި އެ […]

އެމެރިކާއާއިއެކު އިތުރަށް ދައްކާނެ ވާހަކައެއް ނެތް – ޗައިނާ

އެމެރިކާއާއި ޗައިނާގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމަކަށް ޗައިނާއިން އެއްބަސްނުވުމުން މިހާރު ޗައިނާއިން ގެންގުޅޭ ދެކޮޅުވެރި ސިޔާސަތާހުރެ ވަރަށް ދެރަވި ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އައުސްޓިން ވިދާޅުވެއްޖެއެވެ. ސިންގަޕޯރުގައި މިހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑިފެންސް ސަމިޓުގެ ހަވާސާގައި ޗައިނާގެ ދިފާއީވަޒީރު ލީ ޝަންގްފޫ އާއި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އައުސްޓިން ބައްދަލުކުރަން ބޭނުންކަމަށް އެމެރިކާއިން ދިން ދައުވަތު ޗައިނާއިން ގަސްދުކުރީ ސަބަބު ބަޔާންކުރުމަކާއި ނުލައި ގަބޫލު ނުކުރުމަށެވެ. ޗައިނާގެ ދިފާއީ ވުޒާރާގެ ސްޕޯކްސްވުމަން ހަމައެކަނި […]

އަނެއްކާވެސް ބައިޑަން ވެއްޓިއްޖެ

އަނެއްކާވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެއްޓިއްޖެއެވެ. ކޮލޮރާޑޯއިން މީޑިޔާރިޕޯރޓް ކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އެމެރިކާގެ އެއަރފޯސްގެ ދަސްވެނިންނަށް ސަނަދު ދިނުމަށް ބޭއްވުނު ޙަފްލާގައި އެ ސަނަދުތައް ލިބެންވާ ފަރާތްތަކަށް ޙަވާލުކުރުމުގެ ތެރޭގައި ރައީސް ބައިޑްން އަރިއަޅާލައިގެން ވެއްޓުނީއެވެ. ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ވިދާޅުވީ އެޙަފްލާ ނިމެންކައިރިވެފައިވަނިކޮށް ސަނަދުލިބުނު ދަސްވެނިންނާއި ސަލާންކުރައްވަމުންސްޓޭޖްމަތީގައި ރައީސް ހިންގަވަމުން ވަޑައިގަންނަވަނިކޮށް އެތަނުގެ ތަޅުންގަނޑުމަތީގައި އޮތް އެއްޗެއްގައި އަޅައިގަނެގެން ރައީސް ވެއްޓުނީ ކަމަށެވެ.  އެމަނިކުފާނު ކޮޅަށް ނެގުމުގައި އެނަމިކުފާނުގެ ސަލާމަތީ ކަންތައް ބަލަހައްޓަވާ ދެ އޮފިޝަލަކާއި އެއަރފޯސްގެ އޮފިސަރަކު އެހީތެރިވެ ދިންކަމަށް ޚަބަރުތަކުން އެނގިފައިވެއެވެ. މިހާދިސާގައި ރައީސަށް […]

ތުރުކީގެ އިންތިޚާބަށްފަހު އިދިކޮޅު ލީޑަރުގެ ސަޕޯޓަރުން ލީޑަރުދެކެ ނުރުހިއްޖެ!

މިމަހު 28 ވަނަދުވަހު ތުރުކީގައި ބޭއްވުނު އާންމު އިންތިޚާބުގެ ދެވަނަބުރުގެ ނަތީޖާއަކީ އާންމުގޮތެއްގައި މުސްލިމް ގައުމުތަކަށް ލިބުނު ކާމިޔާބީއެއް ކަމުގައިބުނެ ތުރުކީގައާއި އިސްލާމީ ގިނަ ގައުމުތަކުން ގެންދަނީ އުފާ ފާޅު ކުރަމުންނެވެ.  ހަމައެއާއެކު ކުރީގެ އަތާތުރުކުގެ ފަލްސަފާއަށް ތާއީދުކުރާ ސެކިއުލަރ ވިސްނުމުގެ އިދިކޮޅު ލީޑަރާއި އެބޭފުޅާގެ ފަހަތްޕުޅުގައި ތިބި ސިޔާސީ 6 ޕާރޓީގެ ވެރިންނާއި އަދި ތުރުކީގައި ސެކިއުލަރ ވިސްނުން ފުޅާދާއިރާއެއްގައި އާންމުކުރަން ފުރުސަތަކަށް އެދިއެދި ތިބި ހުޅަނގުގެ ވެރިންނަށް ދިވެހިންގެ މިޒަމާނުގެސިޔާސީ އާންމު ބަހުރުވައިން ބުނާނަމަ އެ ނަތީޖާއިން އޮތީ ބޮޑުތަނުން ސެކިއުލަރ ސިސްޓަމަށް ވެލިކާންދީފައެވެ.             […]

އިމްރާން ޚާން އާއި ދޭތެރޭ ޕާކިސްތާނުގެ މަޑުމައިތިރި ޖެނެރަލްގެ ޢުދުވާން

އެއްބޭފުޅަކީ މުޅިގައުމުގެ ރައްޔިތުން އެބޭފުޅެއްގެ ޖާދޫގައި ޖެހިފައިވާ ކްރިކެޓް ސްޓާރެކެވެ. އަދި ސިޔާސީ މައިދާނުގައި އެބޭފުޅާގެ ފަހަތްފުޅުގައި އެ ރައްޔިތުން ތިބިކަން އަންގައިދޭ ބޭފުޅެއްވެސް މެއެވެ.               އަނެއްބޭފުޅަކީ މަޑުމައިތިރި ޝަޚްސިއްޔަތެއްގެ ގޮތުގައި ފެންނަ އެހެންނަމަވެސް އެބޭފުޅާގެ ފުރިހަމަ ބާރާއިއެކު ސިފައިންގެ ލަޝްކަރުތަކުން ބޭނުންވާގޮތަށް ޕާކިސްތާނުގެ ސަރުކާރު ބައްޓަންކުރުމުގެ ހުނަރުވެރި ޖެނެރަލެކެވެ. އިމްރާން ޚާނާއި ސިފައިންގެ ވެރިންނާ ދޭތެރޭ ހިނގަމުންދާ ތޭރަވަރަކަށް މަސްދުވަސްވީ ހަމަނުޖެހުންތަކަކީ ޖެނެރަލް އާސިމް މުނީރުގެ މި ފާހަގަކުރެވުނު ޝަޚްސިއްޔަތު ނިޝާނެކެވެ.           […]

އިމްރާން ޚާން އަނެއްކާވެސް އެންޓި ކޮރަޕްޝަން އެޖެންސީގެ އަށް ޙާޒިރު ކުރަނީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ކާން އަނެއްކާވެސް މާދަމާ އެންޓިކޮރަޕްޝަން އޭޖެންސީއަށް ޙާޒިރުވާން އަންގައިފިއެވެ. ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯއިން ޕާކިސްތާނުގެ ތަޙްރީކޭ އިންސާފް ޕާރޓީގެ ލީޑަރ އިމްރާން ޚާނަށް އަންގަވާފައިވަނީ ބިމާބެހޭ މައްސަލައިގާ ތަޙްގީގަށް އެއްބާރުލުން ދިނުމަށެވެ. އަދި އެ މައްސަލައާއި ގުޅޭ ބައެއް ލިއެކިއުންތައް ހާމަކޮށްދިނުމަށާއި ސުވާލުތަކަށް ތެދުބަހުން ޖަވާބުދިނުމަށްވެސް އަންގަވާފައިވާ ކަމަށް ބުނެފިއެވެ.                                             […]

ހަރުކަށި-ވައަތުގެ ”ވޯކް“ ފިކުރުން ނުކުންނަ ނުރައްކާތައް

ސިޔާސީ މައިދާނުގައި ހަރުކަށި-ވައަތާއި ހަރުކަށި-ކަނާއަތުގެ ފިކުރަކީ ކޮބައިކަމާމެދު ގިނަ ފަރާތްތަކެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން، އޭޝިއާ މިޑްލް އީސްޓް ސެންޓަރ (އޭއެމްއީސީ) ގެ ސީނިއަރ ފެލޯއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިލްމުވެރިއެއް ކަމުގައިވާ މުޢާދު މުޙައްމަދު ޒަކީ ދެކެލައްވާ ގޮތުގައި ސިޔާސީ ފިކުރުގެ ދެފަރާތަކީ ވައަތާއި ކަނާއަތުގެ ފިކުރު ކަމުގައިވީއިރު، ސިޔާސީ ޕާޓީއަކުން ބުރަހެލިވަނީ އެއިން ކޮން ފިކުރަކަށްކަން އެނގޭނަމަ، މުހިންމު މަޝްވަރާތަކުގައި އެ ޕާޓީއަކުން ތާއީދުކުރާނީ ކޮން ސިޔާސަތުތަކަކަށްކަން ދެނެގަނެވޭނެއެވެ. ސިޔާސީ […]

ޕާކިސްތާނުގެ ސިފައިން ދެން ސިޔާސަތުގެ ތެރެއަށް ނުވަންނާނެ!

ސުރުޚީއަކީ މީގެ އަށެއްކަމަސްދުވަސް ކުރިން ޕާކިސްތާނުގެ އޭރުގެ ސިފައިންގެ ވެރިޔާ ދެއްވި ޔަގީންކަމެކެވެ. އެހެންނަމަވެސް މިހާރު ފެނިގެންމިދަނީ އެ ޔަގީންކަމަކީ ހަމައެކަނި ވިދާޅުވާން ޖެހިވަޑައިގެންނެވި ބަސްފުޅެއް ކަމަށެވެ. ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކުއްލިއަކަށް ރޭންޖާރސް ނެރެގެން ބާރުގެބޭނުން ނުހަމަގޮތުގައި ކޮށްގެން ހައްޔަރުކުރުން ވެގެން ދިޔައީ ޕާކިސްތާނުގެ ގިނަ ސަރަޙައްދު ތަކެއްގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން މެދުވެރިވި ސަބަބަކަށެވެ. ބައެއް ސަރަޙައްދުތަކުގައި ހިނގަމުންދިޔަ ހަމަނުޖެހުންތައް ހަމަޔަކަށް ނޭޅުވި ދައުލަތުގެ އިމާރާތްތަކާއި މިލިޓްރީ މިލްކިއްޔާތު ތަކަށްވެސް ގެއްލުންތަކެއް ދެވިގެން […]