ޕާކިސްތާނުގެ ސިފައިން ދެން ސިޔާސަތުގެ ތެރެއަށް ނުވަންނާނެ!

Loading

Facebook
Twitter
WhatsApp

ސުރުޚީއަކީ މީގެ އަށެއްކަމަސްދުވަސް ކުރިން ޕާކިސްތާނުގެ އޭރުގެ ސިފައިންގެ ވެރިޔާ ދެއްވި ޔަގީންކަމެކެވެ. އެހެންނަމަވެސް މިހާރު ފެނިގެންމިދަނީ އެ ޔަގީންކަމަކީ ހަމައެކަނި ވިދާޅުވާން ޖެހިވަޑައިގެންނެވި ބަސްފުޅެއް ކަމަށެވެ.

ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކުއްލިއަކަށް ރޭންޖާރސް ނެރެގެން ބާރުގެބޭނުން ނުހަމަގޮތުގައި ކޮށްގެން ހައްޔަރުކުރުން ވެގެން ދިޔައީ ޕާކިސްތާނުގެ ގިނަ ސަރަޙައްދު ތަކެއްގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން މެދުވެރިވި ސަބަބަކަށެވެ.

ބައެއް ސަރަޙައްދުތަކުގައި ހިނގަމުންދިޔަ ހަމަނުޖެހުންތައް ހަމަޔަކަށް ނޭޅުވި ދައުލަތުގެ އިމާރާތްތަކާއި މިލިޓްރީ މިލްކިއްޔާތު ތަކަށްވެސް ގެއްލުންތަކެއް ދެވިގެން ދިޔަ ނުރައްކާތެރި ޢަމަލަކަށެވެ.

ދެން ކުއްލިއަކަށް އިވިގެންދިޔައީ އިސްލާމް އާބާދުގެ ހައިކޯޓުންކުރެއްވި ކުއްލި ފައިސަލާއެކެވެ. ހުށައެޅިފައިވާ އެއްވެސް މައްސަލައެއްގައި މިހަފްތާ ނިމެންދެން އިމްރާން ޚާން ބަންދު ނުކުރެވޭގޮތަށް ކަފާލަތުގެ ދަށުން ދޫކޮށްލި އަމުރެވެ. އެ އަމުރަކީ ޕާކިސްތާނުގެ މިލިޓަރީއަށް ބަލައިގަނެވޭނެ އަމުރަކަށް ނުވިއެވެ. އެހެންވެ ދެންވެސް އެމަނިކުފާނު ހައިކޯޓްތެރޭގައި ބަންދުކޮށްގެ އެތަކެއް ގަޑިއިރުވަންދެން އުޅުނެވެ.

އެހެނަސް އެ އަމުރަށް ތަބާނުވުމަށް ހަމައެކަނި އޮތްގޮތަކީ މާޝަލް ލޯ ހިންގުންކަމުގައި ޖެނެރަލުން އެއްބަސްވުމުން ދެންގޮތެއް ނިންމަން މިހާރުގެ ސަރުކާރާއިއެކު މަޝްވަރާ ކުރުމަށްފަހު ނިންމެވީ ޝަރުޢީ އަމަރަށް ތަބާވުމަށެވެ. އަދި ޚާން ސާހަބު ދޫކޮށްލުމަށެވެ. އެހެނީ ޕާކިސްތާނުގެ މިހާރުގެ ނިކަމެތި އިކޮނޮމީ ޙާލަތަށް ބެލުމާއި އަދި މެޖޯރެޓީ ރައްޔަތުންގެ ރުޅިގަނޑު ކޮންމެހެންވެސް މައިތިރިކުރަން ޖެހުމުންނެވެ.

އެނޫން އެހެން އޮޕްޝަނެއް މިލިޓިރީއަށްވެސް ނެތުނީއެވެ. ރައްޔަތުން ރުޅިގަދަވެ މަގުމަށްނިކުމެ ހަންގާމާ ޖެއްސުމުން މައިތިކުރުމަށްޓަކާ ބަޑިޖެހުމަށްދިން އޯޑަރަށް ލޮހޯރުގެ ކާނަލް ސުލޭމާން ފައްޔާޒް ވަނީ ދެކޮޅުހައްދަވާފައެވެ. އަދި މިއަދުގެ ވަގުތެއްގައި އިސްތިޢުފާވެސް ދެއްވާފައެވެ.

އެ އަމުރާއެކު ތަންފީޒް ކުރުމަށް މިލިޓަރީ އެއްބަސްވުމުން މިހާރު ޕާކިސްތާނަށް ވަނީ ކޮންމެވެސް ވަރެއްގެ ހަމަނޭވާއެއް ލުމުގެ ފުރުސަތު ލިބިފައެވެ.

ރައްޔިތުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގާދިޔަ ކުރިމަތިލުން ތަކުގައި އަށެއްކަ މީހުން މަރާލެވި އެތައްހާސް ބަޔަކަށް އަނިޔާލިބި އަދި  ހައްޔަރު ކުރެވިގެން ދިޔައެވެ.

އޭގެ ތެރެއިން ގިނަމީހުން ހައްޔަރު ކުރެވުނީ ގާނޫނާ ޚިލާފަށް ކަމުގައި ބުނެވެއެވެ. ހަމަނުޖެހުން މަތަކުރުމަށްޓަކައި ސިފައިންގެ ފައުޖުތައް ބައެއް ސަރަޙައްދުގައި ރުކުރުވާލަން ޖެހުނުކަމަށް ވެއެވެ. މަގުތަކަށް ނިކުމެފައިވާ ރައްޔިތުންގެ ކަންބޮޑުވުންތައް ޓްވިޓަރާއި ގޫގުލް އިންވެސް ހާމަ ނުކުރެވޭގޮތަށް އޮތީ ސަރުކާރުން ބަންދުކޮށްފައެވެ.

އިމްރާން ޚާން ދޫކޮށްލުމުން ރައްޔިތުންގެ އުތުރިއެރުން ކޮންމެވެސް ވަރަކަށް މައިތިރިވެދާނެ ކމަށާއި އެހެންނަމަވެސް ޕާކިސްތާނުގެ ރައްޔިތުންގެ ކުރިމަތީގައި އެގައުމުގެ އެންމެ ބާރުގަދަ މުއައްސަސާގެ އަގުވެއްޓުން އިއާދަ ނުކުރެވޭނަ ކަމަށް ތަޖްރިބާކާރުން ގެންދަނީ ވިދާޅުވަމުންނެވެ. 

ކޮންމެގޮތެއްގައިވެސް މިހަފްތާގައި އިމްރާން ޚާނުގެ ސަބަބުން އެތައް ޒަމާނަކަށް  ހިޔަނީގައި ތިބެގެން ޕާކިސްތާނުގެ ވެރިކަން ހިންގަމުންދިޔަ މިލިޓްރީން މިދިޔަ އަހަރުގެ ފަހުކޮޅުގައި ދެން ދުވަހަކުވެސް ސަރުކާރުގެ ސިޔާސަތުގެ ތެރެއަށް މިލިޓްރީން ނުބެހޭނެކަމަށް ވެފައިވާ ވަޢުދު ގެ އެއްވެސް އަގެއް ނެތްކަން ފެނިގެން ހިނގައްޖެއެވެ.

ފާޑުކިޔާ މީހުން ބުނާގޮތުގައި ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ ( އެން އޭ ބީ ) ގެ ބާރުގައި ސިޔާސީ ބޭފުޅުން ހައްޔަރު ކުރެވިގެން ދިއުމުން އެ ވަޢުދުގެ ބާރެއް ނެތްކަންވެސް އެނގިގެން ހިނގައްޖެއެވެ.

އެން އޭ ބީ އަކީ އާދަޔާ ޚިލާފް ބާރުތަކެއް ދީފައިވާ މުއައްސަސާއެކެވެ. މިހާރު އެ މުއައްސަސާ ހިންގެވުން ޙަވާލު ކުރައްވާފައި ވަނީ ރިޓަޔާރޑް ތުރީ ސްޓާރ ޖެނެރަލް އެކެވެ. ބައެއް ގާނޫނީ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި އެމުއައްސަސާއަކީ މާކުރިންވެސް ގާނޫނީ ޙައިސިއްޔަތެއްނެތް ތަނެއްގެގޮތުގައި އުވާލަން ޖެހިފައިވާ ތަނެކެވެ.

އެކަން ނުކުރެވިގެން އުޅެނީ އެ މުއައްސަސާއަކީ ސިޔާސީ ކުޅިގަނޑުގެ ތެރެއަށް ސިފައިންގެ އަތްބާނަން އުފައްދާފައިވާ ތަނަކަށްވީމައެވެ.

އެން އޭ ބީ އިން ތުޙުމުތު ކުރާގޮތުގައި އިމްރާން ޚާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ބުޝްރާ ބީބީ ގެނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ޓްރަސްޓެއް ހިންގުމަށް 57 އޭކަރުގެ ބިމެއް ޕާކިސްތާނުގެ ރިއަލް އިސްޓޭޓް ބިލިއަނަރ މާލިކް ރިޔާޒް ހަދިޔާއަކަށް ދީފައިވުމާއި އޭގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ރިޔާޒް ދައްކަންޖެހޭ 230 މިލިއަން ޑޮލަރު ދައްކަންނުޖެހޭ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.

މިއީ އިމްރާން ޚާން ޖަވާބުދާރީ ވާން ޖެހިވަޑައިގަންނަވަން ޖެހޭނެ މައްސައެއްކަމަށް އެން އޭ ބީ އިން ބުނެފާވެއެވެ. އެހެންނަމަވެސް އިމްރާން ޚާނާއި ބުޝްރާ ބީބީ އަދި ތަހްރީކޭ އިންސާފް ޕާރޓިންވެސް އެ ތުޙުމަތު ދޮގުކުރެއެވެ.

އެހެނީ އިމްރާ ޚާނަކީ އެންމެވެސް ދަންނަގޮތުގައި އެތަކެއް ޒަމާނެއްވަންދެން ގައުމުގައި ހިލޭސާބަހަށް އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވާ އަދި ކެންސަރު ހޮސްޕިޓަލްއެއްވެސް ރައްޔަތުންނަށްޓަކައި ހިލޭސާބަަހަށް ހިންގަވާ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރީންވެސް ފުއްދުންތެރި ބޭފުޅެއްކަމަށް ވާތީއެވެ.

އިމްރާންޚާނަށް ކުރެވޭ ތުޙުމަތު ކޮންމެގޮތަކަށް ތަރުޖަމާ ކުރެވުނަސް މި މައްސަލައާއި ގުޅިގެން ޕާކިސްތާނުގެ މި ވަރުގަދަ މުއައްސަސާއާ ދިމާލަށް ރައޔިތުންގެ އިނގިލި މިހާރު މިވަނީ އަމާޒުކުރެވިފައެވެ. މައްސަލަ ޙައްލުކުރުމަށް އެންމެ ބައިގިނަ ދެ ސްޓޭޓުން އެދެނީ އަވަސް އިންތިޚާބަކަށް ދިއުމެށެވެ. ނަމަވެސް ސަރުކާރުން އެގޮތް ގަބޫލެއް ނުކުރިއެވެ.

ފާހަގަކޮލަން ޖެހެނީ 2008 ވަނައަހަރުން ފެށިގެން މިހާތަށް 8 ބޮޑުވަޒީރުންނަށް އެން އޭ ބީން ވަނީ ދައުވާކޮށްފައެވެ. އިމްރާން ޚާންގެ ކުރިން ހުންނެވި ބޮޑުވަޒީރު ޝާހިދު ޚަގާން އައްބާސީ ވިދާޅުވެފައިވަނީ އެ މުއައްސަސާގެ ގޮތްކިއުމާއި ހުރެ ސަރުކާރު ހިންގުމަކީވެސް ނުކުރެވޭނެކަމަށް އޮންނަނީ ވެފައެވެ.

މިފަހަރުވެސް ވެގެން އުޅޭ ގޮތަކީ އިމްރާން ޚާންގެ އިތުބާރުނެތް ކަމަށް ޕާލަމެންޓުން ނިންމުމަށްފަހު ސަރުކާރުގެ ހުރިހާ އަމުރުތަކެއް އަންނަނީ ސީދާ މިލިޓްރީ ހެޑްކުއާޓަރުންކަން މިގައުމުގެ ހުރިހާ ރައްޔިތުން ދަންނާތީއެވެ.

ޑޮކްޓަރ މަޒާރީ މިހެން ވިދާޅުވިތާ ހައެއްކަ ގަޑިއިރުތެރޭގައި އެކަމަނާވެސް ހައްޔަރުކޮށްފިއެވެ. އެހެން ސެނޭޓަރަކު ވިދާޅުވެފައިވަނީ އަހަރެމެން މިތިބީ އިގްތިސާދީގޮތުން އަރާނުގަނެވޭ ވަރުގެ ވަޅުގަނޑަކަށް ވެއްޓިފައެވެ.

މިޙާލަތުގައި ގައުމުގެ ރައްޔިތުންގެ މެދުގައި އެންމެ މަގްބޫލު ސިޔާސީ ލީޑަރު ގަނޫނަކަށް ބެލުމެއްނެތި އެގޮތަށް ހައްޔަރުކުރަމުން ގެންދިއުމުން ދެންވާނެއެތި ދައްކަވަން ހުރި ބަޔަކަށް ދައްކަވާނެއެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް