ޗައިނާގެ ޕްރިމިއަރއަށް މެލޭޝިޔާއިން ރަތްދޫލައިގެ މަރުޙަބާއެއް

މިދިޔަ ހަފްތާގައި ޗައިނާގެ ޕްރިމިއަރ ލީ ޗިއާންގް ކުއާލާލަމްޕޫރަށް ވަޑައިގަތުމުން އެ މަނިކުފާނަށް މެލޭޝިޔާ ސަރުކާރުން ރަތްދޫލައިން މަރުޙަބާ ދަންނަވައިފިއެވެ. އެ މަނިކުފާނު މެލޭޝިޔާއަށް މި ވަޑައިގަތީ އެ ސަރަޙައްދުގެ ބައެއް ގައުމުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައެވެ.މެލޭޝިޔާއަށް ކުރެއްވި އެ ދަތުރުފުޅު މައިގަނޑު މަގްސަދަކީ ދެ ގައުމުގެ މެދުގައި އުފެދުނު ސިޔާސީ ގުޅުމަށް ފަންސާސް އަހަރުވުން ފާހަގަ ކުރެއްވުމަށް ކަމުގައި ޚަބަރުގައި ބުނެފައި ވެއެވެ ޕްރިމިއަރ ލީ ޗިއާންގް އަކީ 2015 […]
މިއަހަރުގެ ތޫފާނީ މޫސުން މީގެ ކުރީގެ ތާރީޚެއްގައި ތަޖްރިބާ ކޮށްފައެއް ނުވޭ

އެމެރިކާއަށް ކުރިމަތި ވަމުންދާ ގަދަ ހޫނުގައި އެ ގައުމުގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 340 މިލިއަން މީހުންގެ ތެރެއިން 75 މިލިއަނަށް ވުރެން ގިނަމީހުން އަމިއްލައަށް ގޭބަންދުވެ ތިބުމަށް މަޖުބޫރު ވެއްޖެއެވެ. ފީނިކްސް އިން އެސޯޝިއޭޓެޑް ޕްރެސް ރިޕޯރޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުން ފެށިގެން އެމެރިކާއަށް މެދުވެރިވެފައިވާ ގަދަ ހޫނު އިރުމައްޗަށް ދަތުރު ކުރަމުން ދާއިރު މިހާރުވެސް 75 މިލިއަނަށްވުރެން ގިނަ މީހުންވަނީ އެ ހޫނަށް ކެތް ނުކުރެވިގެން ގޭތެރޭގައި ބަންދުވެގެން ތިބުމަށް މަޖުބޫރުވެފައި ވެއެވެ. […]
ވަކި ވަގުތެއްގައި ހަމަލާތައް ހުއްޓާލަން އަމުރުކުރި ބޯބުރާންތި ވަޒީފާގައި ނުބަހައްޓާނަން-ނަތަންޔާހޫ

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރާ ގައުމުތައް އިތުރު ވަމުން ދިއުމުން ނަތަންޔާހޫ ރަތަށް އަރައި ހުޅަނގު އައްސޭރީގައި އަދިވެސް ގިނަ ޔަހޫދީ އާބާދީތައް ވަޒަންވެރިކުރުވަން ގަސްދުކޮށްފިއެވެ. ފަލަސްތީނުގެ ބޮޑުވަޒީރު އޮފީހަށް ޙަވާލާދީ ސީ އެން އެން އިން ބުނެފައިވަނީ އިސްރާއީލުން ދެން އެންމެ އަވަހަށް ބޭއްވޭ ސަލާމަތީ ކެބިނެޓްގެ ބައްދަލުވުމެއްގައި އެކަމަށް ވޯޓަށް އަހާނެ ކަމަށެވެ. އިސްރާއީލުން ބުނަމުން ގެންދަނީ ހުޅަގު އައްސޭރީގައި ޔަހޫދީން އިތުރަށް ވަޒަންވެރި ކުރުވުމަކީ ތައުރާތުގައި ޖޫޑިއާއި އަދި ސަމަރިއާ އަކީ އިސްރާއީލުގެ […]
ޗައިނާގެ ބަދިގެފަރާތުގައި އެމެރިކާއަކީ ބާރެއްނެތް ސުޕަރޕަވަރ

ކިއުންތެރިންނަށް މި ގެނެސްދެނީ ދަ ނިއު ޔޯރކް ޓައިމްސް ގައި ޝާއިއު ކޮށްފައިވާ ރިޕޯރޓެކެވެ. މީގައި ސަންދާނުން ދެކޭގޮތް ނުވަތަ ސަންދާނުގެ ރައުޔެއް ހާމަކޮށްފައެއް ނުވާނެއެވެ. ސަންދާނުގެ ކިއުންތެރިން މިކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.ޔޫކްރެއިން އަދި ގައްޒާއާއި މާދުރުގައި ދުނިޔޭގެ އެންމެ މުއްސަނދި ކަމަށްބުނާ 7 ގައުމުގެ ވެރިން އިޓަލީގައި ބައްދަލުކޮށް އެގައުމުތަކަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާބެހޭގޮތުން މަޝްވަރާ ކުރަމުން އެބަ ގެންދެއެވެ. އޭގެތެރޭގައި އޭޝިޔާއާއި ޕެސިފިކް ސަރަހައްދަށްވެސް އެމެރިކާގެ ނުފޫޒާއި ބާރު ކުރިއަށްއޮތް އެތައް ސަތޭކަ […]
އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާ ދެ މުސްކުޅިންގެ ޒުވާބު

މި އަހަރު އެމެރިކާގެ ރިޔާސީ ތަޚުތުގައި އިށީންދެ ވަޑައިގަންނަވާނީ އެމެރިކާ ތާރީޚުގައި އެ މަގާމު ޙާސިލުކުރައްވާ އެންމެ މުސްކުޅި ބޭފުޅާއެވެ. ވާދަކުރައްވާ ދެބޭފުޅުންގެ ކޯޅުމުގެ ބޮޑުބަޔަކީވެސް އެއީއެވެ. ރައީސް ޖޯ ބައިޑްން ވިދާޅުވަނީ އެބޭފުޅާއަކީ މުސްކުޅިއެއް ނޫންކަމަށެވެ. އުމުރުން 81 އަހަރުވުމަކީ އެމެރިކާގެ ރައީސްކަން ނުކުރެވޭ ވަރަށް މުސްކުޅިވުން ކަމަށް ބައިޑްން ގަބޫލެއް ނުކުރައްވައެވެ. ކުރީގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ޖޯ ބައިޑްން އަކީ މުސްކުޅިއަކަށް ވުމުގެ އިތުރުން ތަންދޮރުވެސް އޮޅުންނުފިލާ ބޭފުޅެއް ކަމަށެވެ. މި […]
ފަލަސްތީނުގެ ރައްޔިތުންގެ ތާއީދު އޮތީ މިނިވަން ކަމަށްޓަކައި ޖިހާދު ކުރުމަށް

ހުޅަނގު އައްސޭރީގެ ރާމަﷲ އިން ރޮއިޓަރސް ދީފައިވާ ޚަބަރުގައި ބުނެފައިވަނީ ފަލަސްތީނުގެ މައްސަލަ ( ގައްޒާގައި ހިނގަމުންދާ ހަނގުރާމަވެސް ހިމެނޭގޮތުގައި ) ޙައްލުކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ ދޭތެރޭ ރައްޔިތުން ދެކޭގޮތް ބެލުމަށް ނެގި ވޯޓުގައި ޙަމާސްގެ ޖިހާދަށް ތާއީދު ކުރުމާއިއެކު އިސްރާއީލާ ދެކޮޅަށް ޖިހާދުކުރުމަށް އަނެއްކާވެސް ރައްޔިތުން ތާއީދު ކޮށްފިއެވެ. އިސްރާއީލު- ފަލަސްތީނު މުޖާހިދު ހަމާސްގެ ހަނގުރާމަ ފެށުނުތާ އަށެއްކަ މަސްދުވަސް ފަހުން ޕެލަސްޓީނިއަން ސެންޓަރ ފޯރ ޕޮލިސީ އެންޑް ސަރވޭ ރިސާރޗުން ގައްޒާއާއި […]
ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަށް ލިބުނު ޖަވާބުން ބްލިންކަން ކަންބޮޑުވީ ހަމާސްގެ ޖަވާބުން އިސްރާއީލުގެ ނޭއްގާނީ ޖަވާބު ތަކަކުނެއް ނޫން

ސީ އެން އެން ގެ އިއްޔެގެ ޚަބަރަށް ޙަވާލާދީ ރޮއިޓާރސްއިން އިބްރާހީމް އަލް އުމާރީ ބުނެފައިވާ ގޮތުގައި އެމެރިކާއިން ޔޫ. އެން. އަށް ހުށައަޅައިގެން ފާސްކުރި ގަރާރުގެ ދަށުން އެކި މަރުޙަލާތަކުގައި ކަންތައް ކުރަމުން ދާންޖެހޭގޮތަށް އެކުލަވާލަންޖެހޭ އެއްބަސްވުމަށް ޙަމާސްއިން ގިނަ ޝަރުތުތަކެއް ހުށައެޅުމުން ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ކަންބޮޑުވުން ހާމަކުރައްވައިފިއެވެ. އެހެނަސް މިވީ 8 މަސްދުވަހު އިސްރާޢީލުން ހިންގާ ގަތުލުއާންމްގައި އެމެރިކާއާއި މުޅިދުނިޔެ ކަހަލަގޮތަކަށް ހަނގުރާމަ ވަގުތީގޮތުން ނަމަވެސް ހުށްޓާލަން ނަތަންޔާހޫގެ ކިބައިން އެދިފައިވާ […]
ޔޫ. އެން. ގެ އަމުރަށްވެސް އިސްރާއީލު ބޯލަނބާނެ ގޮތެއްނުވި

އިސްރާއީލުގެ އެންމެ ބޮޑު ވާގިވެރިޔާ އެމެރިކާއިން ބޭނުންވާ ގޮތަށް އިސްރާއީލު-ހަމާސްގެ 8 މަސް ދުވަސްވީ ހަނގުރާމަހުއްޓުވުމުގެ އެންމެ ފަހުގެ ފިޔަވަޅަކަށް ޔޫ. އެން. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށްވެސް ކިޔަމަށް ނުވާނެކަމަށް ނަތަންޔާހޫ ބުނެފިއެވެ. އެގޮތުން ހަނގުރާމަ ނުހުއްޓާ ކުރިއަށް ގެންދާނެކަމަށްއިސްރާއީލުގެ ބޮޑުވަޒީރު ގަންދީ ހުވާކޮށްފައި ޢިއުލާން ވެސް ކޮށްފިއެވެ. އަދި އޭނާ ބުނެފައިވަނީ ޙަމާސްއާއި އެކު މަޝްވަރާގެ މޭޒަށް ދިއުމަކީ ބޭކާރު ކަމެއް ކަމަށެވެ. ޔޫ. އެން. ގައި ހުންނަ އިސްރާއީލުގެ ސަފީރު ރެއުޓް ޝަޕިރް ބެން-ނަފްތަލީ ހޯމަދުވަހުގެ ގަރާރާއި ބެހޭގޮތުން ވާހަކަދައްކަމުން ގޮތްދޫނުކޮށް ބުނަމުން ގެންދިޔައީގައްޒާއަކީ އިސްރާއީލަށް އޮތް ބިރަކަށް ވެގެން ނުވާނެ ކަމަށެވެ. […]
ޙަމާސް އާއި ޕެލަސްޓައިން އޮތޯރިޓީން ޔޫ.އެން. ގަރާރަށް މަރުޙަބާ ކިޔައިފި

ގާހިރާއިން މިއަދު ހެނދުނު ރޮއިޓާރސް އިން ދީފައިވާ ޚަބަރުތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އިސްރާއީލް-ގައްޒާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ޔޫ. އެން. އަށް ހުށައެޅި ގަރާރު ސެކިއުރިޓީ ކައުންސިލުން ފާސްކުރުމުން ޙަމާސްއާއި ޕެލަސްޓައިން އޮތޯރިޓީންވެސް (މަހުމޫދު އައްބަސް ފެކްޝަން) އެކަމަށް މަރްޙަބާކިޔާކަން ހާމަކުރި ޚަބަރެވެ. ހަމާސް އިން ބުނެފައިވަނީ އެ ގަރާރުގައި އެކަށައަޅާފައިވާގޮތަށް ކަންތައް ފުރިހަމަ ކުރުމަށްޓަކައި އިޚްތިޔާރުކުރެވޭ މެދުވެރިންނަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ. […]
ޔަމަނުގެ ސަރަހައްދުން ދެ ބޯޓަކަށް ޙަމަލާދީ ރޯކޮށްލައިފި

ޔަމަނު ކައިރިން ދަތުރުކުރަމުން ދިޔަ 2 ބޯޓަކަށް ޔަމަނުން ހަމަލާދީ ރޯކޮށްލައިފިއެވެ. އިނގިރޭސި ވިލާތުގެ މެރިޓައިމް އޭޖެންސީގެ ރިޕޯރޓުގައި ބުނެފައިވަނީ އެ ދެބޯޓަށް ޙަމަލާދީ ރޯކޮށްލާފައިވަނީ އަދަންގެ އިރު-ދެކުނުން 80 ވަރަކަށް މޭލު ކައިރިން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އިނގިރޭސި ވިލާތުގެ ސެކިއުރިޓީ ފާރމް އެމްބްރޭ އިންވެސް ވަނީ އެންޓިގުއާގެ ކާގޯ ބޯޓަކާއި ބާރބިއުޑާގެ ކާރގޯ ބޯޓަކަށް އަދަނުގެ އިރު-ދެކުނުން 83 މޭލު ކައިރިން ދަތުރުކޮށްފައި ދަނިކޮށް މިސައިލް ޙަމަލާ އަމާޒުވެ ރޯވެފައިވާކަން ކަށަވަރުކޮށް ދީފައެވެ. އޭރު ދެބޯޓުވެސް ދަތުރުކުރަމުން ދިޔައީ ހުޅަނގު-ދެކުނަށް ގަޑިއަކު 8 މޭލުގެ ދުވެލީގައެވެ. މިސައިލް […]