ފުދުންތެރިކަމާއި މިނިވަންކަމަށްޓަކައި ބިރުފަހަނާ ދާންޖެހޭނެ – ރައީސީ

އިސްލާމް އާބާދުން ބުދަދުވަހު މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ވަގުތު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެން އުޅުއްވާ އީރާނުގެ ރައީސް އަށް ޕާކިސްތާނުގެބޮޑުވަޒީ ވަރަށް ހޫނު މަރުޙަބާއެއް ކިޔުއްވައިފިއެވެ. ދެބޭފުޅުން ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށް ބިނާ ކުރައްވައި ނެރުއްވި ގުޅިފައިވާ ބަޔާނުގައި  އަފްގާނިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ސަބަބުން އެ ސަރަޙައްދަށާއި އަދި މުޅި ދުނިޔެއަށްވެސް ކުރިމަތި ވެފައިވާ ނުރައްކާތެރިކަމާއި ދެކޮޅަށް އިރާނާއި ޕާކިސްތާނުން ގުޅިގެން މަސައްކަތް ކުރަން ނިންމަވައިފިއެވެ. އީރާނާއި ޕާކިސްތާނުގުޅޭ ސަރަޙައްދުތަކަކީ އަމާންކަމާއި އެކުވެރިކަމުގެ ސަރަޙައްދަކަށް ހެދުމަށްވެސް ދެ ބޭފުޅުން ނިންމަވާފައިވާ ކަން […]

އިސްރާއީލުގެ ދިފާއުގައި ނިކުތް އަރަބި ގައުމުތަކުގެ އަސްލު

އީރާނުން އިސްރާއީލަށް ދިން ޙަމަލާ އެވަރަށްވެސްފޭލިކޮށްލެވުނީ އެމެރިކާއަށް އެހީތެރިވެ ދިން މެދުއިރުމަތީގެ ބައިވެރިންގެ މަދަދާއި އެކުގައިކަން ބައިޑްން ސަރުކާރުން ހާމަކޮށްފިއެވެ. މި އެއްބައިވުންތަކަށް ކިހާދުވަހަކު ދެމިއޮންނާނެކަން ޔަގީން ވާނީ އިސްރާއީލުން އީރާނަށް ދޭ ރައްދު ޙަމަލާއެއްގެ ފެންވަރުގެ މައްޗަށެވެ. އީރާނުގެ ޙަމަލާގައި ބައިވެރިވި ޖޯރޑަން އާއި އެމިރޭޓްސް އަދި ސަޢޫދީ އެރޭބިޔާގެ ރައްޔިތުންތިބީ އެ ގައުމުތަކުގެ ވެރިންނާއި އެކުގައި ކަމަށް ބުނެވޭކަށް ނެތެވެ.                                       […]

އިސްރާއީލުން އީރާނަށްދިން ހަމަލާ ބޮޑުބޭޒާރު ވުމަކަށް

ބައިނަލް އަގްވާމީ ސިޔާސީ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު އީރާނުން އިސްރާއީލަށް ދިންކަމަށްބުނާ ހަމަލާގެ ނަތީޖާއަކީ އީރާނަށް ބޮޑު ނަސްރެއް ލިބުމެވެ. އޭގެ ފަހުން މިހާރު ރައްދު ޙަމަލާއެއް ދިނުން ނުވަތަ ބަދަލު ހިފަން މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟            އިސްރާއީލުން އިސްފަހާނަށް ޙަމަލާދިނީ މި ބޭނުމުގައި ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އިސްރާއީލުން ދެނެއް އެހެން ޙަމަލާއެއް ދީފާނެކަމަކަށް ނުބެލެވެއެވެ. އިސްރާއީލުން އީރާނަށް ދިން ޙަމަލާގެ އެއްވެސް މަގްސަދެއް އޮތްނަމަ އެއީ އެމެރިކާއާއި އިސްރާއީލާއި އަދި އިނގިރޭސި […]

އިސްރާއީލުން އީރާނަށް އަރައިގަތުމުގެ ނަތީޖާއަކަށްވަނީ އިސްރާއީލު ނެތިދިއުން

އިސްރާއީލުން އީރާނުގެ ކިތަންމެ ކުޑަތަންކޮޅަކަށް އަރައިގެންފިނަމަވެސް އޭގެ ނަތީޖާއަކަށް ވެގެންދާނީ އިސްރާއީލު އެއްކޮށް ނެތިދިއުން ކަމުގައި އީރާނުގެ ރައީސް ވަޢުދުވެ ވަޑައިގެންފިއެވެ.   އީރާނުގެ ސިފައިންގެ އަހަރީ ޕެރޭޑެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ރައީސީ ވިދާޅުވީ އިރާނުން މިދިޔަ ހަފުތާ ނިމުނު ހިސާބުގައި އިސްރާއީލަށް ދިން ޙަމަލާއާއި ގުޅިގެން އިސްރާއީލުން ރައްދުގައި ޙަމަލާދޭނެކަމަށް ބެލެވޭ ކަމަށާއި އިސްރާއީލުން ދީފާނެ ކޮންމެ ޙަމަލާއެއްގެ ބަދަލު ދިނުމުގައި އީރާނުން ހުރަސް ނުކުރާނެ އެއްވެސް އިމެއް ނޯންނާނެ ކަމަށް އިންޒާރު ދެއްވިކަމަށް އިރްނާ އޭޖެންސީނަ ވަނީ ޚަބަރުދީފައެވެ. އިސްރާއީލުންވެސް ވަނީ […]

އީރާނުގެ ޙަމަލާތައް އަމާޒުކޮށްފާވަނީ  އިސްރާއީލުގެ މިލިޓްރީ ބޭސް ތަކަކަށް

އީރާނުން އިސްރާއީލަށް ދިން ހަމަލާގައި 9 ބެލިސްޓިކް މިސައިލެއް އިސްރާއީލުގެ ވަރުގަދަ އެއާރޑިފެންސްތައް ފޫ އަޅުވާލުމަށްފަހު އިސްރާއީލުގެ 2 މިލިޓްރީ ބޭސް އަކަށް އަމާޒުވިކަމަށް އިނގިރޭސި ވިލާތުގެ ދަ ޓެލިގްރާފުން އެމެރިކާގެ އޮފިޝަލުންނަށް ޙަވާލާދީ އިއްޔެ ހަވީރު ހާމަކޮށްފިއެވެ.                    އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ އެ މިސައިލްތައް އަމާޒުވި މިލިޓްރީ ބޭސްތަކަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. މީގެކުރިން އެމެރިކާއާއި އިސްރާއީލުން ބުނެފައިވަނީ އީރާނުން 300 ވަރަކަށް ޑްރޯން އާއި މިސައިލް […]

ދެރަ ނިކަމެތި މީހާއަށް ކުޑަ އިންސާފޭ ބުންނަޖެހެނީ މިހެންވީމާ

ހަތްދިހަ އަހަރު ވަންދެން ހުޅުވާލެވިފައިވާ ޖަލެއްގައި އެއްވެސް އިންސާފަކާ ނުލައި ގައުމެއްގެ ނަސްލު އެއްކޮށް ގަތުލު އާންމަކަށް ހުރަހޮޅިފައިވާއިރު އެއީ ޖަލުބަލަހައްޓާ ގައުމުގެ ދިފާއުގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމުގައި މުލައްދަނޑީގެ ބާރުހުރި ގައުމުތަކަކުން މުޅިދުނިޔެއިން ގަބޫލުކުރުން މިއޮތީ މަޖުބޫރު ކުރުވާފައެވެ.  ނަސްލު ނެތިކޮށްލުމަށްޓަކައި ގަތުލު އާންމަށް ހުރަހޮޅިފައިވާ ގައުމުން އިސް އުފުލާލިއަސް އެއީ އެބައިމީހުންގެ އިންފަހަނަޅާ ދެވުނީއެވެ. ނަތީޖާއަކަށް ވެގެންދަނީ ބޮލުގައި ބަޑި ޖައްސާފައި މަންޒަރު ބަލަން މަޖުބޫރު ކުރުމާއެކު މައިންބަފައިންނާއި ފިރިމީހާގެ ކުރިމަތީގައި އެތައްބަޔަކުވެގެން އަނބިމީހާ ހޮސްޕިޓަލެއްގެ […]

މެދުއިރުމަތީގެ ޙާލަތު އެންމެފަސް

އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލު އާންމު ހުއްޓުމާބެހޭ ގޮތުން އެމެރިކާގެ އެހީގައި އިސްރާއީލުން ތައްޔާރުކުރި އެއްބަސްވުން ޙަމާސް އިން ގަބޫލު ނުކުރާނެ ކަމަށްބުނެ މިދިޔަ ހުކުރުދުވަހު އެ އެއްބަސްވުމުގެ މީޑިއޭޓަރުން ކަމުގައިވާ މިސްރާއި ގަތަރަށް އަނބުރާ ފޮނުވާލައިފިއެވެ.  ޙަމާސް ގެ ފުރަތަމަ ޝަރުތަކީ އިސްރާއީލުން ޙަމަލާތައް ހުއްޓާލާފައި ގައްޒާއިން ފޭބުމެވެ. އެއްވެސް ވާހަކައެއް ދެއްކޭނީ އޭގެ ފަހުންކަމަށެވެ. އަހަރެމެންގެ ރައްޔިތުން ބޭނުންވާގޮތް އޮންނާނީ މާ ކުރިންވެސް ބުނެފައެވެ. އެއަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.  އެންމެ ފުރަތަމަ ޙަމަލާތައް ހުއްޓާލުމަށްފަހު އިސްރާއީލުގެ ހުރިހާ ސިފައިން ގައްޒާގެ ބިމުން ފައިބާށެވެ. […]

ނަމަނަމަ އިސްރާއީލަށް ޙަމަލާ ނުދޭތި – ބައިޑަން

އިސްރާއީލުން ދިމިޝްގުގައި ހުންނަ އީރާނުގެ ސަފީރު އޮފީހަށް ދިން ޙަމަލާގެ ބަދަލު އީރާނުން ހިފާނެކަންވަނީ އަންގާފައެވެ. އިސްރާއީލަށް ފިލާވަޅެއްދޭނެ ކަމަށްބުނެ އެފަދަ ޙަމަލާއެއް ދިނުމަށް އީރާނުން ތައްޔާރުވަމުންދާތާ ހަފްތާއެއްވީއެވެ. އެމެރިކާގެ ޖާސޫސީ އިދާރާއިންވެސް މިއަދު ބުނެފައިވަނީ ކުރިއަށް އޮތް 24 ގަަޑިއެއްހާއިރުގެ ތެރޭގައި އީރާނުން އިސްރާޢީލަށް ހަމަލާ ދޭނުމުގެ ހުރިހާ ތައްޔާރީތަކެއް  ވެއްޖެކަމަށެވެ. އެޚަބަރާއި ގުޅިގެން  އެކަން ނުކުރުމަށާއި އިސްރާއީލު ދިފާއުކުރުމަށްޓަކައި އެމެރިކާއިން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެކަން ރައީސް ބައިޑަން އީރާނަށް އިންޒާރު ދީފިކަމަށް ދާދި ދެންމެއަކު އޭ ބީ […]

އޮސްޓްރޭލިއާއިންވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރަނީ

އޮސްޓްރޭލިއާއިންވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރަން ނިންމާފައިވާކަމަށް އެގައުމުގެ ޚާރިޖީވަޒީރު ޕެނީ ވޮންގް އަށް ޙަވާލާދީ ރޮއިޓަރސް އިން ޚަބަރުދީފިއެވެ. އޮސްޓްރޭލިޔާގެ ސިޔާސަތު މިގޮތަށް ބަދަލު ކޮށްފައި މިވަނީ ބައިނަލް އަގްވާމީ އެހެން ގައުމުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރުމުގެ ބޭނުމުގައި ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެފައި ވެއެވެ. އެކަމަނާ ވިދާޅުވެފައިވަނީ އިސްރާއީލާއި ފަލަސްތީނުގެ ޒަމާންވީ ދެކޮޅުވެރިކަން 2 ދައުލަތެއް އުފެދިގެން މެނުވީ ޙައްލު ނުކުރެވޭނެ ކަމަށާއި އަދި އިސްރާއީލަށްވެސް ކުރިމަގުގައި އެންމެ ފައިދާހުރި ގޮތަކަށްވާނީ އަވަށްޓެރިންނާއި އެކުގައި ދިރިއުޅެން ދަސްކުރުމުން ކަމަށެވެ.   […]

އިސްރާއީލުގެ ހުރިހާ ސިފައިން ގައްޒާއިން ފައިބަނީކީއްވެގެން

އިސްރާއީލުގެ ސިފައިން ގައްޒާއަށް އަރައި އެ ޝަހަރު އެއްކޮށް ބިމާ ހަމަކުރުމަށްފަހު މިދިޔަ އާދިއްތަދުވަހު އެ ސަރަހައްދުން ފައިބަން ފަށައިފިއެވެ. އެންމެ ފަހުން ޚާން ޔޫނުސްގައި ހިންގި ޖަރީމާތަކަށްފަހު މިހާރު އެ ސިޓީގައި ތިބީ އިސްރާއީލު ސިފައިންގެ ހަމައެކަނި އެންމެ ބްރިގޭޑެކެވެ. ބައިނަލް އަގްވާމީ ފިއްތުންތަކާހުރެ މިއަހަރު ފެށުނީއްސުރެން އެހެން ގޮތެއް ނެތިގެން އެންމެފަހުން އިސްރާއީލަށް މަޖުބޫރުވެގެންދިޔައީ ގައްޒާގައި ތިބި ސިފައިން ބޭލުމަށެވެ. ޙަގީގަތުގައި އިސްރާއީލުން ކުރިމަތިލާން ޖެހުނު ބައިނަލް އަގްވާމީ ފިއްތުންތަކާހުރެ އެމީހުންގެ ބޯހަރު ކަމާއެކު އެކަމަށް އެއްބަސް ނުވެ ތިބެމެ ސިފައިންގެ […]