ޑޮލަރުގެ ހައްލު

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އިޤްތިޞާދުގައި އެމެރިކާ ޑޮލަރަކީ އެންމެ ބޮޑު މަޤާމެއް ހޯދާފައިވާ ނަގުދު ފައިސާއެވެ. އެގޮތުން އެއީ އިބުތިދާއީ ރިޒާވުގެ ނަގުދެވެ. އަދި ބައިނަލްއަގްވާމީ ވިޔަފާރި ހަމަޖެއްސުމަށް ބޭނުންކުރާ ބޮޑު އެއް ވަސީލަތެވެ. އަދި އެއީ މުދަލުގެ އަގު ކަނޑައެޅުމުގެ މިންކުރާއެވެ. އޭގެ ސަބަބު ވަރަށް ވެސް ގިނައެވެ. ނަމަވެސް ކުރުކޮށް ބުނާނަމަ އެއީ އެމެރިކާގެ އިޤްތިޞާދުގެ ވަރުގަދަކަމާއި، މާލީ މާކޭޓްތަކުގެ ފުންކަމާއި، ސިޔާސަތުތަކުގެ ހަމަޖެހުމުގެ ސަބަބުންކަމުގައި ބުނެވިދާނެއެވެ.ދިވެހި ރާއްޖެއަކީ މުއްސަދި ގައުމެއްގެ ގޮތުގައި ބޭރުފުށަށް ދެއްކިކަމުގައި ވިޔަސް ހަގީގަތަކީ ފަގީރު ގައުމެކެވެ. ފަގީރު ގައުމަކޭ މިދަންނަވަނީ ރައްޔަތުން ފަގީރުކަންމަތީ ދިރިއުޅޭ ވާހަކައެވެ. ސަރުކާރުގެ ސިޔާސަތު ހުންނަގޮތުން ފަގީރު ވަރަށްވުރެން ބޮޑަށް ރައްޔަތުން ތިބެނީ، ޚާއްސަކޮށް ޒުވާނުން ތިބެނީ ފަގީރުވެފައެވެ. ޒުވާނުންނަކަށް ކުރިއަރައިގެން ދާކަށެއް ފުރުސަތެއް ނޯވެއެވެ. ނުވަތަ ކިރިޔާ ވެސް އޮންނަ ފުރުސަތެއް ފެނިއްޖެއްޔާ އެ ފުރުސަތު ބޭނުންކުރަމުން ގެންދަނީ ސީދާ ސަރުކާރުންނެވެ. މިސާލަކަށް ބަލަމާ ހިނގާށެވެ. ފަރުދުންގެ ފިޔަފާރިއަށް އެސް.ޓީ.އޯ އޮންނަނީ ވަދެފައެވެ. އެތަނުން ނުގެންނަ އެއްވެސް މުދަލެއް ނުހުންނާނެއެވެ. އެންމެ ކުޑަވެގެން ފިޔާއާއި އަލުވިއާއި އޯރަންޖު ވެސް އިމްޕޯޓު ކުރާނެއެވެ. ރަނގަޅު ސަރުކާރުތަކުގެ ސިޔާސަތަކީ ފަރުދުންގެ ވިޔަފާރިތަކަށް އަތް ނުބޭނުމެވެ. އިޚުލާސްތެރި ސަރުކާރެއް ނަމަ އޮންނާނީ ރައްޔަތުންގެ ކުރިއެރުމަށާއި ތަނަވަސް ކަމަށް އެކަންތައް ދޫކޮށްލާފައެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ސިޔާސަތު އޮންނަނީ މުޅީން އިދިކޮޅަށެވެ. އެއީ ރައްޔަތުންނަށް ޚާއްސަކޮށް ޒުވާނުންނަށް ކުރިއެރުމުގެ ފުރުސަތު ނުދިނުމެވެ. ޒުވާނުން ބާރަ ގަނޑި އިރު މަސައްކަތްކުރުމުން ނޫނީ ގޭގޭ ކުލިއާއި، ކަރަންޓާއި،ފެން ބިލު ނުދެއްކޭގޮަތަށް ދިރިއުޅުން ފަރުމާކޮށްފައެވެ. އެހާލުގައި އުޅެންޖެހުމުން ދެން އިތުރަކަށް ސަރުކާރުގެ ސިޔާސަތާ ދޭތެރޭ ނުވަތަ ކުޑަވެގެން ތިމާގެ އަމިއްލަ ނަފުސުގެ ކުރިއެރުމާ ދޭތެރޭ ވެސް ވިސްނާކަށެއް ވަގުތެއްނޯއްނާނެއެވެ. ގެއަށް އައިސް ވަރުބަލިވެގެން ނިދުމަށް ފަހު ހޭލެވޭނީ އަނެއްދުވަހު މަސައްކަތު ނިކުންނާށެވެ. އެގޮތަށް ގޮސް އުމުރު ހުސްވެ ދަނީއެވެ. މީނޫންތޯ ހަގީގަތަކީ!!! އާދެ! ފަގީރު އަދި އިމްޕޯޓްކުރާ ގައުމުތަކަށް އެމެރިކާ ޑޮލަރުގެ ނިހާޔަތަށް މުހިންމުއެވެ. އެއީ ވިޔަފާރިއަށް ފައިނޭންސް ކުރުން ޖެހޭނީ ޑޮލަރުންކަމަށްވާތީއެވެ. މުދަލުގެ އަގު ކަނޑައެޅުމާއި ދައްކަންޖެހޭނީ ވެސް ޑޮލަރުންނެވެ. ބޭރުގެ ދަރަނިތައް ދެއްކުމުގެ އަސާސީ ފައިސާ ކަމުގައި ހަމަޖައްސަން ޖެހޭނީ ވެސް ޑޮލަރުންނެވެ. ދިވެހި ރާއްޖެއަކީ ވެސް އެފަދަ ގައުމެކެވެ. މިދަފަ ގައުމުތަކުގެ ސިޔާސަތަކީ ލިބޭ ޑޮލަރުތަކަށް ސަމާލުކަންދީގެން ރައްކާތެރިކަމާއެކު އެ ޚަރަދުކުރަމުން ގެންދިއުމެވެ. ރާއްޖެއަށް ދިމާވެފައިވާ އެންމެ ދަތި އެއް މައްސަލައަކީ ފަތުރުވެރިަކަމުގެ ވިޔަފާރިއެއް އޮންނައިރު ވެސް ޑޮލަރުގެ ކޮންޓުރޯލު ސަރުކާރަށް ގެއްލިފައިވުމެވެ. ސަރުކާރުގެ ރޭޓަކީ ފަނަރަ، ސާޅީސް ދޭކެވެ. ކަޅު ބާޒާރުގެ ރޭޓަކީ ނަވާރަ،ވިހި، ނުވަތަ އެކާވީސް ރުފިޔާ އެވެ. މިކަމުގެ ސަބަބަބުން މުދަލުގެ އަގު އުފުލިފައިވެއެވެ. އާދެ! ޑޮލަރުގެ ކޮންޓުރޯލު މިވަނީ ގެއްލިފައެވެ. ފަހެ ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބު ތައް ފަހަރެއްގައި ގިނަ ވެދާނެއެވެ. ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ބައެއް ސަބަބުތަކާއި އެކަމުގެ ހައްލު ދަންނަވާލާނަމެވެ. އެކެއް: އާއްމު ފަރުދުންނަށް ރާއްޖޭގެ ބޭންކުތަކުގައި ޑޮލަރު އެކައުންޓުތައް ހުޅުވުމުގެ ހުއްދަ ދެވިފައިއޮތުމެވެ. ކޮންމެ މީހެއްގެ އަތުގައި އޮންނަ ޑޮލަރު މުޖުތަމައަށް ނުވައްދާ ރައްކާކުރުމުގެ ފުރުސަތު އެއޮތީ ހުޅުވާލެވިފައެވެ. އެނގިގެންވިޔަސް ނުވަތަ ނޭގުމެއްގައިވިޔަސް އެކަން އެއޮތީ ޑޮލަރުގެ މާލީ ފަސާދައަށް ފުރުސަތު ލިބޭގޮތަށް މަގު ފަހިކޮށްދީފައެވެ. ރާއްޖެއަކީ ގާނޫނޫ އަސާސީސީއެއްގެ ދަށުން ވަކީ ނަގުދު ފައިސާއެއް ބޭނުންކުރަން ޖެހޭ ގައުމަކަށް ވާއިރު ޑޮލަރު އެކައުންޓުތައް ހުޅުވާލެއްޕުމުގެ ބޭނުމަކީ ފަހެ ކޮބާހެއްޔެވެ؟ ޑޮލަރު އެކުންޓުތައް ބޭނުންތަކުގައި ނުހުޅުވޭ ނަމަ ފަރުދުންނަށް ލިބޭ ޑޮލަރު މާރުނުކޮށް ފަރު ނުޖެހުނީސްއެވެ. ދޭއް: ކުންފުނިތަކަށް ރާއްޖޭގެ ބޭންކުތަކުގައި ޑޮލަރު އެކައުންޓުތައް ހުޅުވުމުގެ ހުއްދަ ދެވިފައިއޮތުމެވެ. ކުންފުނިތަކަށް ރާއްޖޭގެ ބޭންކުތަކުގައި ޑޮލަރު އެކައުންޓުނުހުޅުވޭ ނަމަ އެ ފަރާތްތަކަށް ލިބޭ ޑޮލަރު ރައްކާކުރަން މަޖުބޫރުވާނީ މާރުކުރުމަށްފަހު އޮންނަ ދިވެހި ރުފިޔާގެ އެކައުންޓެއްގައިއެވެ.ތިނެއް: ރާއްޖޭ ސަރަހައްދުގައި ޑޮލަރު ނެގޭ އޭ.ޓީ. އެމް. ތައް ބަހައްޓާފައި ހުރުމެވެ. ވިސްނަވާށެވެ. މީހަކަށް ލިބޭ ޑޮލަރު އެ މީހެއްގެ ޚާއްސަ އެކައުންޓެއްގައި ރައްކާކުރެވި އަދި ބޭނުން ވަގުތަކު އެ ނެގެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައސަފައިވާ ނަމަ ދެން ޑޮލަރުގެ ކަޅުބާޒާރުގެ ވާހަކަ ދައްކާނެ ފުރުސަތެއްއެބަވޭ ހެއްޔެވެ؟ މިތަނުގައި ގޯސްވަނީ ކަޅުބާޒާރުގައި އުޅޭ މީހުންތަ! ނުވަތަ އެކަމަށް މަގު ފަހިކޮށްދިން ސަރުކާރުތަ! ތިބާ ދަތުރުކުރި އޭޝިޔާގެ ކިތައް ގައުމުގައިތޯ ޑޮލަރު ނެގޭ އޭ.ޓީ. އެމް. ތައް ބަހައްޓާފައި ހުރީ؟! އެހެންވީއިރު ރާއްޖެ މިގެންގުޅެނީ ނަގުދު ފައިސާގެ ކޮން ސިޔާސަތެއްތޯ؟ ގާނޫނޫ އަސާސީ ބުނަނީ ރާއްޖޭގައި މުއާމަލާތްކުރާނެ ފައިސާއަކީ ދިވެހި ރުފިޔާކަމަށެވެ. ދެން ރާއްޖޭގެ އެތަން މިތަނުގައި ޑޮލަރު އޭ.ޓީ. އެމް. ތައް ބަހައްޓާގެން ސަރުކާރުން މިހިންގަނީ ކޮން މާލީ ފަސާދައެއްހެއްޔެވެ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނުވެސް މިކަމަށް ނޫނަކޭ ބުނާނެއެވެ. އާދެ! ކޮންމެއަކަސް ރާއްޖޭގެ މާލީ ނިޒާމު މިއޮތީ ޒުވާނުންގެ އަތްމަތީން ބީކޮށްގެންގޮސް ވަރަށް ދުރަށް ބަޔަކު ވަށްޓާފައެވެ. ވީމާ މިކަން ރަނގަޅު ކުރވޭތޯ ބަލަމާ ހިނގާށެވެ. އެގޮތުން ކުރަން ޖެހޭ ބައެއްކަންތައް ވިސްނަމާ ހިނގާށެވެ. އަޅުގަނޑު ގަބޫލުކުރާ ބައެއް ހައްލު ދަންނަވާލާނަމެވެ. އެކެއް: އާއްމު ފަރުދުންނަށް ރާއްޖޭގެ ބޭންކުތަކުގައި ޑޮލަރު އެކައުންޓުތައް ހުޅުވުމުގެ ދޮރު ބަންދުކުރުމެވެ. ނަމަވެސް އެމީހަކު މާރުކުރި އަދަދު އެމީހެއްގެ ދިވެހި ރުފިޔާގެ ހިސްޓުރީން އެނގޭ ގޮތަށް އޮތުމެވެ. އަދި އެމީހަކު ބޭރަށް ޓީ.ޓީ ހެދުމަށް ނުވަތަ ބޭރަށް ގެންދިއުމަށް ބޭނުންވުމުން ލިބޭ ނިޒާމެއް އޮތުމެވެ. ދޭއް: ކުންފުނިތަކަށް ރާއްޖޭގެ ބޭންކުތަކުގައި ޑޮލަރު އެކައުންޓުތައް ހުޅުވުމުގެ ދޮރު ބަންދުކުރުމެވެ. ނަމަވެސް އެކުންފުންޏަކުން މާރުކުރި އަދަދު އޭގެ ދިވެހި ރުފިޔާގެ ހިސްޓުރީން އެނގޭ ގޮތަށް އޮތުމެވެ. އަދި ޓީ.ޓީ ހެދުމަށް ނުވަތަ ބޭރަށް ގެންދިއުމަށް ބޭނުންވުމުން ލިބޭ ނިޒާމެއް އޮތުމެވެ. ތިނެއް: ރާއްޖޭ އެއްވެސް ސަރަހައްދެއްގައި ޑޮލަރު ނެގޭ އޭ.ޓީ. އެމް. ތައްނެތުމެވެ.ހަތަރެއް: ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓު ހައުސްތަކަށް ހެދޭ ބުކިންތަކު އޮލްއޮންލައިން ޕޭމަންޓު ގޭޓުވޭ ރާއްޖޭގެ ބޭންކު ( ބީ.އެމް.އެލް) ނުވަތަ ފިނޭންސް މެދުވެރިވެގެން ނޫނީ ނެހެދޭގޮތަކަށް ގާނޫނު ލާޒިމުކުރުމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް