ސިއްހީ ދާއިރާއަށް ބަދަލެއް

ޑޮކްޓަރުން ގެނައުމުގެ ސިޔާސަތު ބަދަލުކުރަން އެބަޖެހެވެ.މިއީ ވިސްނާލަން ޖެހިފައިވާ ކަމެކެވެ. ރާއްޖެއަށް ބޭރުން ގެންނަ ގިނަ ޑޮކްޓަރުންނަކީ އެކްސްޕީރިއަންސް މަދު މީހުންކަމަށް ވަރަށް ގިނަ ރައްޔިތުން ޝަކުވާކުރެއެވެ. މީގެ ބަދަލުގައި، ބޭރު ގައުމުތަކުން ”ރިޓަޔާ“ ވެފައި ތިބި ސީނިއާ، ތަޖުރިބާކާރު ޑޮކްޓަރުން ރާއްޖެ ގެނައުމުން ކިހިނެއް ވާނެ ހެއްޔެވެ؟ އެއިރުން އަލަށް ނިކުންނަ ދިވެހި ޑޮކްޓަރުންނަށް އެމީހުންގެ ބެލުމުގެ ދަށުގައި މަސައްކަތް ކޮށްގެން ރަނގަޅު ތަޖުރިބާއެއް ލިބި، ބަލިމީހުންނަށް ދެވޭ ޚިދުމަތް ދިހަގުނަ ރަނގަޅުވާނެކަމަށް ގަބޫލުކުރެވެއެވެ .އަޅުގަނޑުގެ […]
ރަސްމާލޭ ވޯޓަރފުރޮންޓް މެރީނާ މަޝްރޫޢުގެ ގެއްލުންތަކާއި ހުރި ބިރުވެރިކަން

މިއީ ކ. ފުށިދިއްގަރު ފަޅު ”ރަސްމާލެ“ ސަރުކާރުން ހިއްކުމަށް ފަހު ޔޫ.އޭ.އީ ގެ އީގަލް ހިލްސްއާ ޙަވާލުކޮށްގެން ހިންގާ 20 ބިލިއަން ޑޮލަރުގެ ”މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ“ (ރިވޭރާ) މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ރަސްމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ލަގްޒަރީ ހޮޓާތަކާއި، މެރީނާތަކާއި، ވިޔަފާރި މަރުކަޒުތަކުގެ އިތުރުން ދިވެހިންނަށް ޚާއްޞަ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ބިނާކުރުމަށް ވަނީ ރޭވިފައެވެ. އަދި ވިޔަފާރި އސޫލުން އެތަންތަން ގަނެ ވިއްކުމާއި ކުއްޔަށް ދިނުމުގެ މުޢާމަލާތް ހިނގާނެއެވެ. މި ލިޔުންކޮޅުގެ މައިގަނޑު […]
ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ދިނުމުން އުފެދޭނެ ސުވާލު؟

ހުއްދަ ކަމެއް ރަނގަޅު ނިޔަތެއްގައި ކުރިޔަސް ބައެއްފަހަރު ފިތުނައަކަށް ބަދަލުވެގެން ހިނގައިދެއެވެ. އެކަން އެގޮތަށް ގިނަފަހަރަށް ދިމާވަނީ އާދަކާދައާއި މީސްތަކުންގެ މިޒާޖާ ޚިލާފަށް ކުރެވޭތީއެވެ. ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ދިނުމަކީ އެޕާޓީއެއްގެ ގަވާއިދު ހުއްދަކުރާ ނަމަ އަދި އާއްމު މެމްބަރުން އެކަމަށް ރުހޭ ނަމަ އެއީ މައްސަލައެއް ނޫނެވެ. އެއީ ހުއްދަ ކަމެކެވެ. ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި އެއީ ރީތި އުސޫލަކަށް ނުވެ ހިނގައިދާނެއެވެ. ސަބަބެއްކަމުގައި އެމީހުން ދެކޭނީ:އެކެއް: އިންތިޚާބު ކުރުމުގެ ހައްގު ބަންދުވުން:ޑިމޮކްރެސީގެ […]
ސަރުކާރުގެ ސަބަބުން ސަރުކާރުގެ ޔުނިވަރުސިޓީތަކަށް ލިބިފައިވާ ބޮޑު ގެއްލުން (ދެވަނަ ބައި)

އެކަށީގެންވާ މިންވަރަށް ސަރުކާރުގެ ޔުނިވަރު ސިޓީތަކަށް ކިޔަވާ ކުދީން ނުލިބުމުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ޔުނިވަރު ސިޓީތަކުން ކެންޕޭންކުރެއެވެ. އަދި ކޮންމެ ޔުނިވަރުސިޓީއެއް ވެސް އެ ތަނެއްގައި ހުރި ރަނގަޅުކަންތައް ހުށަހަޅައެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އެކަށީގެންވާ އަދަދަކަށް ދަރިވަރުން ލިބުމުގެ މައްސަލައަކަށް ޙައްލެއް ނުލިބެއެވެ. ސަބަބަކީ ފަހެ ކޮބައިތޯއެވެ؟ ސަބަބު ވަރަށް ސާފެވެ.ގަސްތުގައި ކުރީގެ ބައެއް ސަރުކާރުތަކުން އެއޮތީ ގައުމުގެ ރަސްމީ ޔުނިވަރުސިޓީތައް ބަލިކަށިކޮށްފައެވެ. ކުދީން ސަރުކާރުގެ ޔުނިވަރުސިޓީތަކަށް ނުލިބޭގޮތަށް ރާނާ ސިމިންތިޖަހާ އޮމާންކޮށް […]
ސަރުކާރުގެ ސަބަބުން ސަރުކާރުގެ ޔުނިވަރުސިޓީތަކަށް ލިބިފައިވާ ބޮޑު ގެއްލުން

ސަރުކާރުގެ ސަބަބުން ސަރުކާރުގެ ޔުނިވަރުސިޓީތަކަށް ލިބިފައިވާ ބޮޑު އެއް ގެއްލުމަކީ އެކަށީގެންވާ މިންވަރަށް އެތަންތަނަށް ކިޔަވާ ކުދީން ނުލިބުމުގެ ގެއްލުމެވެ. އާދެ! އެކަށީގެންވާ މިންވަރަށް ކިޔަވާ ކުދީން ނުލިބޭކަމުގެ ކަންބޮޑުވުމަކީ މިފަހަކަށް އައިސް ސަރުކާރުގެ ޔުނިވަރުސިޓީތަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި މައްސަލެއެވެ. މިނުރައްކާތެރިކަމަކީ ވޭތުވެދިޔަ ބައެއް ސަރުކާރުތަކުން ގަސްތުގައި ކޮށްފައިއޮތް ނުބައި އަމަލެކެވެ. އެކަށީގެންވާ މިންވަރަށް ސަރުކާރުގެ ޔުނިވަރުސިޓީތަކަށް ކިޔަވާ ކުދީން ނުލިބުމުގެ ފަހަތުގައި ސަރުކާރުގެ ފާސިދު ސިޔާސަތެއްވެއެވެ. އެއީ ޕުރައިވެޓު ސެކުޓަރުތަކުގައި ކިޔަވާ ދަރިވަރުންނަށް ޓިއުޝަން […]
ޙިޖާމާ ޖެހުމަށް ވަކި ދުވަހެއް ކަނޑައެޅިފައި ވޭހެއްޔެވެ؟

ހިޖާމާއަކީ نبيއާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ބަސްފުޅުތަކުންނާއި އަމަލުފުޅުތަކުން އެކަމަށް ހިތްވަރު ދެއްވިފައިވާ ބޭސްފަރުވާއެކެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ލިބިގަންނަ އެންމެ ރަނގަޅު ފަރުވާއަކީ ހިޖާމާއެވެ. އަރަބި ބަހުން ވިދާޅުވެފައިވަނީ (إنَّ أمثَلَ ما تَداويتُم به الحِجامةُ)ގެ އިބާރަތުންނެވެ.ނަމަވެސް ހިޖާމާގެ ފަރުވާއަށް ދިމާވި އެއް މައްސަލައަކީ ހިޖާމާ ޖެހުމަށް އެކަލޭގެފާނު ދެއްވެވި ހިތްވަރުގެ ތެރެއަށް ވަރަށް ގިނަ ސައްޙަނޫން ޙަދީސްތައް މީސްތަކުން އަމިއްލައަށް އުފައްދައިގެން ވެއްދުމެވެ. ޚާއްސަކޮށް ހިޖާމާގެ ވަގުތުތަކާއި ދުވަސްތަކާ މެދުގައެވެ. […]
ޔުނިވަރުސިޓީތަކުގައި ކިޔަވާދޭނީ ބާކައުންސިލުން ބުނާގޮތަކަށް ހެއްޔެވެ؟

ޔުނިވަރުސިޓީތަކުގައި ކިޔަވާދެނީ އެޔުނިވަރުސިޓީއަކުން ކަނޑައަޅާ ކަރުކިއުލަމެއްގެ ދަށުން އެ ޔުނިވަރުސިޓީއަކުން ކަނޑައަޅާ ބަހަކުންނެވެ. އެއީ ގާނޫނުން ޔުނިވަރުސިޓީތަކަށް ލިބިފައިއޮންނަ މުސްތަގިއްލު އިލްމީ މިނިވަންކަމެއްގެ ސަބަބުންނެވެ. މީހަކު ރުހުނަސް އަދި ނުރުހުނަސް ޢިލްމީ ހަގީގަތް ބަޔާންކުރަން އުފެދިފައި އޮންނަ ހަމައެކަނި މުއައްސަސާއަކީ ޔުނިވަރުސިޓީ ތަކެވެ. އެހެންކަމުން ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ޔުނިވަރުސިޓީތައް ބަހައްޓަނީ މުސްތަގިއްލު މިނިވަން ތަނެއްގެގޮތުގައެވެ. އެގޮތުން ޝަރީޢާ އެންޑް ލޯގެ ފެކަލްޓީތަކުގައި ޝަރީޢާގެ މާއްދާތައް އަރަބި ބަހުން އަދި ބައެއް ހާލަތުތަކުގައި ދިވެހި […]
ޑޮލަރުގެ ހައްލު

ދުނިޔޭގެ އިޤްތިޞާދުގައި އެމެރިކާ ޑޮލަރަކީ އެންމެ ބޮޑު މަޤާމެއް ހޯދާފައިވާ ނަގުދު ފައިސާއެވެ. އެގޮތުން އެއީ އިބުތިދާއީ ރިޒާވުގެ ނަގުދެވެ. އަދި ބައިނަލްއަގްވާމީ ވިޔަފާރި ހަމަޖެއްސުމަށް ބޭނުންކުރާ ބޮޑު އެއް ވަސީލަތެވެ. އަދި އެއީ މުދަލުގެ އަގު ކަނޑައެޅުމުގެ މިންކުރާއެވެ. އޭގެ ސަބަބު ވަރަށް ވެސް ގިނައެވެ. ނަމަވެސް ކުރުކޮށް ބުނާނަމަ އެއީ އެމެރިކާގެ އިޤްތިޞާދުގެ ވަރުގަދަކަމާއި، މާލީ މާކޭޓްތަކުގެ ފުންކަމާއި، ސިޔާސަތުތަކުގެ ހަމަޖެހުމުގެ ސަބަބުންކަމުގައި ބުނެވިދާނެއެވެ.ދިވެހި ރާއްޖެއަކީ މުއްސަދި ގައުމެއްގެ ގޮތުގައި ބޭރުފުށަށް ދެއްކިކަމުގައި ވިޔަސް […]
ޔުނީފޯމަށް ގެނަސްފައިވާ ބަދަލުތަކަކީ ފައިދާއެއްނެތް އިސްރާފުގެ އަމަލެއް

ދާދި ފަހުން ސަރުކާރުން ޔުނީފޯމަށް ގެނަސްފައިވާ ބަދަލުތަކާމެދު ދީނީ ޝައިޚެއްގެ ވީޑިއޯއެއް ފެނުމުން އެވާހަކަ ދެއްކެވުމުގައި އެބޭކަލަކު ގެންގުޅުއްވި ދީނީ ޖަޒުބާތުގެ ސަބަބަބުން އަޅުގަނޑު ހީކުރީ ކުރީގެ ޔުނިފޯމުގައި ހަލާލަށްވުރެ ހަރާންކަންތައް ގިނަވާތީ ސަރުކާރުން ގެންނެވި ހަލާލު އިސްލާހަށް ތާއީދުކުރައްވައި ކީރިތިކުރެއްވީހެންނެވެ. އަދި ސިޔާސީ ބައެއް ބޭފުޅުން އެ އިސްލަހާމެދު ނުރުހިފައި ޓުއިޓުކުރައްވާފައިވާތީވެ މީގެ ހަގީތަކީ ކިބައިތޯ ބަލާލަންޖެހުނީއެވެ. އާދެ، ދިވެހި ރާއްޖެއަކީ މުސްލިމު ގައުމަކަށްވާތީވެ ޔުނިފޯމުގައި އައުރަ ނިވައިވޭތޯ ނުވަތަ ނުވޭތޯ ބަލަންޖެހެއެވެ. ޔުނިފޯމުގައި އައުރަ […]
ކުރީގެ ރައީސުންގެ ޚަރަދު ކަނޑާލަން މަޖިލީހުން ފާސްކުރި ގާނޫނައް ކަޅިއެއް

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ ބައެއް އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރު 10 ގަ އެވެ. ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ 175،000ރ. ގެ ފައިސާގެ އިނާޔަތާއި އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލައި އެ ބޭފުޅުން ދައުލަތުގެ އިތުރު މަގާމެއް […]