ޙިޖާމާ ޖެހުމަށް ވަކި ދުވަހެއް ކަނޑައެޅިފައި ވޭހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

ހިޖާމާއަކީ نبيއާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ބަސްފުޅުތަކުންނާއި އަމަލުފުޅުތަކުން އެކަމަށް ހިތްވަރު ދެއްވިފައިވާ ބޭސްފަރުވާއެކެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ލިބިގަންނަ އެންމެ ރަނގަޅު ފަރުވާއަކީ ހިޖާމާއެވެ. އަރަބި ބަހުން ވިދާޅުވެފައިވަނީ (إنَّ أمثَلَ ما تَداويتُم به الحِجامةُ)ގެ އިބާރަތުންނެވެ.ނަމަވެސް ހިޖާމާގެ ފަރުވާއަށް ދިމާވި އެއް މައްސަލައަކީ ހިޖާމާ ޖެހުމަށް އެކަލޭގެފާނު ދެއްވެވި ހިތްވަރުގެ ތެރެއަށް ވަރަށް ގިނަ ސައްޙަނޫން ޙަދީސްތައް މީސްތަކުން އަމިއްލައަށް އުފައްދައިގެން ވެއްދުމެވެ. ޚާއްސަކޮށް ހިޖާމާގެ ވަގުތުތަކާއި ދުވަސްތަކާ މެދުގައެވެ. އެފަދަ ޙަދީސްތަކާމެދު މީސްތަކުންގެ މެދުގައި ޚިޔާލު ތަފާތުވެ ވާހަކަ ދެއްކޭތީވެ އެ ޙަދީސުތަކުގެ ސައްޙަ ނުސައްޙަ ދަނެގަތުމަށް ޓަކައި ދިރާސާއެއް ކޮށްލީމެވެ.

ލިބުނު މުހިންމު ނަތީޖާތަކަކީ:

އެކެއް: ހިޖާމާ ޖެހުމަށް އިރުޝާދު ދެވިފައިވާކަން ސުންނަތުން ސާބިތުވެއެވެ.އަދި އެއީ ފަރުވާގެ ވައްތަރެއްކަން ސުންނަތުން ސާބިތުވެއެވެ.

ދޭއް: ޢިލްމުވެރީންގެ ގިނަ ބޭކަލުންތަކެއްގެ ނިންމެވުމަކީ ހިޖާމާ ޖެހުމުގެ ވަގުތު ކަނޑައެޅިފައިވާ ޙަދީސެއް ސައްޙަ މަގަކުން ވާރިދުވެފައި ވުނާކަމަށެވެ. އޭގެ ތެރޭގައި ޢަބުދުއްރަޙުމާނު ބުނި މަހުދީ އާއި އަލްޢަޤީލީ އާއި އައްޝައުކާނީ ފަދަ ބޭކަލުން ފާހަގަ ކޮށްލެވެއެވެ.

ތިނެއް: ހިޖާމާގެ ވަގުތާއި ދުވަސްތައް ކަނޑައެޅިފައިވާ ޙަދީސުތައްވަރުންއަޅައި ތަޙުގީގު ކުރުމުން ހާމަވެގެން ދިޔައިީ އޭގައި ވަނީ ޟަޢީފު ނުވަތަ ވަރަށް ބަލިކަށި ނުވަތަ މަޢުޟޫޢު ޙަދީސްތައްކަމެވެ.

ހަތަރެއް: ހިޖާމާ ޖެހުމުގެ ވަގުތު ކަނޑައަޅުން ބިނާވެފައިވަނީ ޑޮކުޓަރުންނާއި ހިޖާމާ ޖެހުމުގެ އަހުލުވެރީންގެ އިޚުތިޔާރުގެ މައްޗަށެވެ. އެއީ ހުއްދަކަމެކެވެ. އެކަން ބިނާވަނީ މީސްތަކުންގެ އާދަކާދައިގެ މައްޗަށެވެ.     

އިލްތިމާސަކީ:

އެކެއް: ހިޖާމާ ޖެހުމުގެ ސުންނަތަށް މީހުން ހޭލުންތެރި ކުރުމަށް ބޭނުންވާ ޢިލްމީ ދިރާސާތައް ދިވެހި ބަހުން ލިޔެ އާއްމުކުރުމަށް އިލްތިމާސުކުރަމެވެ.

ދޭއް: ޙިޖާމާ ޖެހުމުގެ ވަގުތު ކަނޑައެޅުމުގައި ބަލިކަށި ނުވަތަ ވަރަށް ވަރަށް ބަލިކަށި ނުވަތަ މަޢުޟޫޢުގެ ދަރަޖައިގެ ޙަދީސް ތަކަށް އަމަލު ނުކުރުމަށް ޓަކައި ބެނުންވާ ޢިލްމީ ދިރާސާތައް ދިވެހި ބަހުން ލިޔެ އާއްމު ކުރުމަށް އިލްތިމާސް ކުރަމެވެ.

ތިނެއް: ހިޖާމާގެ މައުޟޫޢު ދިވެހި ދަރިވަރުންގެ ދިރާސާތަކަށް ވެއްދުމަށް އިލްތިމާސް ކުރަމެވެ.

އިރުތަށް ދެނެގަތުމަށް ބޭނުންފުޅުނަމަ ތިރީގައިއެވާ ލިންކު ބޭނުންކޮށްގެން އިތުރަށް ވިދާޅުވެލައްވާށެވެ.

https://islamhouse.com/dv/books/2846656

Loading

Leave a Reply

ފަހުގެ އަޕްޑޭޓް